Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔައުޤޫބުގެ ތުހުމަތުތަކެއް ރައީސާއި ސަރުކާރަށް

ރައީސް މުއިއްޒުގެ ކޮއްކޯފުޅަކު ޔާމީންގެ ޙުކުމަށް ނުފޫޒު ފޯރުވަން މަސައްކަތްކުރައްވާފައިވޭ - މެންބަރު ޔައުޤޫބް

28 ނޮވެމްބަރު 2023 | އަންގާރަ 09:28

ފްލެޓް އަތުލުމުގެ މަަސައްކަތް ސަރުކާރުން ކުރަނީ އޭސީސީގެ ބޮލުގައި އަޅުވައިގެން ކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 ނޮވެމްބަރު 2023 | އަންގާރަ 09:28
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ

ހައިކޯޓުގައި މިހާރު ކުރިއަށްދާ އާރަށު ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ޙުކުމް ކުރުމަށް ބާރުއެޅުމަށް ދެ ފަހަރެއްގެ މަތީން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅަކު މަސައްކަތް ކުރައްވާފައިވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.

މެންބަރު ޔައުޤޫބް މިފަދައިން ވިދާޅުވީ އަންގާރަ ދުވަހު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔައުޤޫބް ވަނީ މިނިވަން މުއައްސަސާތައް މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ސެކްޝަންތަކުގެ ގޮތުގައިކަމަށް ވިދާޅުވެފައެވެ. އަދި ނިމިދިޔަ ހަފްތާގައި ދެ ފަހަރެއް މަތިން ރައީސް މުޢިއްޒުގެ ކޮއްކޯފުޅަކު، ރައީސް އޮފީހުގެ ވަޒީރަކު މެދުވެރިކުރައްވައިގެން ކޯޓުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޔައުޤޫބް އެއްވެސް ބޭފުޅެއްގެ ނަންފުޅު ހާމައެއް ނުކުރައްވައެވެ. އަދި މިފަދަ ތުހުމަތުތަކެއް މެންބަރު ޔައުޤޫބް ކުރައްވާފައިވާއިރު، ވަޒީރުންގެ ފެންވަރުގައި ރައީސްގެ ތިމާގެ ބޭފުޅުން އެބަތިއްބެވިއެވެ.

Advertisement - newsAdvertisement

މެންބަރު ޔައުޤޫބުގެ މި ވާހަކަފުޅާ ގުޅޭ އިތުރު ތަފްސީލް ހޯދުމަށް އޭނާއަށް ގުޅުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބްގެ ވާހަކަފުޅުގައި އޭސީސީއިން މަސައްކަތް ކުރަނީ ސަރުކާރާ ގުޅިގެން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ސަރުކާރަށް ހޯދައިދިނުމަށްކަމަށް ވެސް ވިދާޅުވިއެވެ. ޔައުޤޫބް ވިދާޅުވީ ކުރީ ސަރުކާރުން ދީފައިވާ ފްލެޓުތައް ނުދީ ވަނީ އެ ތަންތަން ބޭނުން ބަޔަކަށް ދިނުމަށް މަގުފަހިކުރުމަށް ކަމަށެވެ. އަދި އެކަން ބޭނުން ކުރާނީ މި ސަރުކާރުގެ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އޭސީސީއާ ގުޅިގެން ގޯތިތަކާއި ފްލެޓުތައް އަތުލީ ސަރުކާރުން ނޫން ކަމަށް އާއްމުންނަށް ދައްކަން ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ މަަސައްކަތް ކުރަނީ އޭސީސީގެ ބޮލުގައި އަޅުވައިގެން ކަމަށް ޔައުޤޫބް ވިދާޅުވިއެވެ.

މި ސަރުކާރުގެ ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ނިމިިދޔަ ސަރުކާރުން ދިން ގޯތިތަކާއި ފްލެޓުތައް އެގޮތަށް ނުދެވޭނެ ކަމަށް ވިދާޅުވި ކަމަށާއި އޭގެ ފަހުން މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅުދެއްކެވީ ތަފާތުކޮށް ކަމަށް ޔައުޤޫބް ވިދާޅުވިއެވެ. އެކި ފަހަރު އެކިގޮތަށް ވާހަކަފުޅު ދައްކަވާކަމާއި މިނިސްޓަރު އިތުރުފުޅުހައްދަވާކަން މިހާރު ހާމަވެފައިވާ ކަމަށް ވެސް ޔައުޤޫބް ވިދާޅުވިއެވެ. އެހެންކަމުން އޭނާ އަށް އެމްޑީޕީގެ މެންބަރުން އިތުބާރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް މެންބަރު ޔައުޤޫބް ވިދާޅުވިއެވެ.

މީގެއިތުރުން ޔައުޤޫބް ވަނީ ހައުސިންގ މިނިސްޓަރަށް އޮތް އިތުބާރު ދެ ފަހަރެއްގެ މަތިން އާއްމުންނަށް ގެއްލިފައިވާ ކަމަށާއި އޭނާ އަށް ރުހުންދޭން ދަތިކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރަކީ މިނިސްޓަރު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ކަމަށާއި ދެވަނަ ފަހަރަކީ މަޖިލީހުގެ ކޮމިޓީގައި އޭނާ ވާހަކަދެއްކެވި ގޮތް ކަމަށް ވެސް ޔައުޤޫބް ވިދާޅުވިއެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲރައްޔިތުންގެ މަޖިލިސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް