Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ސިޓީ އާއި ލިވަޕޫލް މެޗު އެއްވަރު، އާސެނަލް އަށް ފުރުޞަތު ފަހިވެއްޖެ!

މެޗު އެއްވަރުވީ 1-1 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 25 ނޮވެމްބަރު 2023 | ހޮނިހިރު 16:07
ޕްރިމިއަރ ލީގުގައި 50 ވަނަ ލަނޑު ޖެހުމަށްފަހު ހާލަންޑް؛ ފޮޓޯ-ރޮއިޓަރސް

ޕްރިމިއަރ ލީގުގައި 50 ވަނަ ލަނޑު ޖެހުމަށްފަހު ހާލަންޑް؛ ފޮޓޯ-ރޮއިޓަރސް

އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެންމެ ކުރީގައި އޮތް ދެޓީމްގެ މެޗު އެއްވަރުވެ, އާސެނަލް އަށް ފުރުޞަތު ފަހިވެއްޖެއެވެ.

އެއްވަނާގައި އޮތް ޗެމްޕިއަން މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް ސިޓީގެ، އިއްތިހާދު ސްޓޭޑިއަމްގައި ވާދަކުރި މެޗު އެއްވަރުވީ 1-1 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ސިޓީއަށް ކުރިހޯދައިދިނީ ހާލަންޑެވެ. އޭނާ ލަނޑު ޖެހީ ޑިފެންޑަރ ނަތަން އަކޭ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. މިއީ ހާލަންޑް ޕްރިމިއަރ ލީގުގައި ޖެހި 50 ވަނަ ގޯލެވެ. މިއާއެކު ހާލަންޑް ވެފައިވަނީ ޕްރިމިއަރ ލީގުގައި އެންމެ އަވަހަށް 50 ގޯލް ހަމަކުރި ކުޅުންތެރިޔާ އަށެވެ. އޭނާ 50 ގޯލް ހަމަކުރީ 48 މެޗުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ އެލެގްޒެންޑަރ އާނޯލްޑެވެ. މެޗުގައި ސިޓީން އިތުރު ލަނޑެއް ޖެހި ނަމަވެސް ބަލައިނުގަތީ ރުބެން ޑިއާޒް ލަނޑު ޖެހުމުގެ ކުރިން އެލިސަން އަށް ފައުލް ކުރުމުންނެވެ.

މެޗުން މޮޅުވެ ލިވަޕޫލް އެއްވަނާގައި އޮތީ 13 މެޗުން 29 ޕޮއިންޓާއެކުއެވެ. ދެވަނާގައި ލިވަޕޫލް އޮތީ 28 ޕޮއިންޓާއެކު އެވެ. ތިންވަނާގައި އާސެނަލް އޮތީ 12 މެޗުން 27 ޕޮއިންޓާއެކުއެވެ. އެހެންކަމުން މެޗު ހަމަކުރާއިރު އެއްވަނަ އަށް ޖެހިލުމުގެ ފުރުޞަތު އާސެނަލް އަށް އެބައޮތެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު