Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާއިން 6 ގައުމަކަށް ފްރީ ވިސާ ދިނުން

ޗައިނާއިން އަޖުމަ ބެލުމުގެ ގޮތުން 6 ގައުމަކަށް ވިސާ ފްރީ ކޮށްދީފި

ވިސާއުސޫލަށް މިގެނެވުނު ބަދަލަކީ ޗައިނާއަށް އަންނަމުންދާ "ހައިކޮލިޓީ" ތަރައްގީ ދުނިޔެއަށް ތައާރަފްކޮށް އެކަން ޕްރޮމޯޓް ކުރުމަށް ގެނެވުނު ބަދަލެއް ކަމަށް ސަރުކާރުން ބުނޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 24 ނޮވެމްބަރު 2023 | ހުކުރު 15:21
ޗައިނާ ގެ ބޮޑުފާރު މަތީ ތިބި ޓުއަރިސްޓުންތަކެއް

ޗައިނާ ގެ ބޮޑުފާރު މަތީ ތިބި ޓުއަރިސްޓުންތަކެއް

އަޖުމަ ބެލުމުގެ ގޮތުން ޗައިނާއިން 6 ގައުމެއްގެ ރައްޔިތުންނަށް ވިސާ ފްރީ ކޮށްދީފައިވާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މިގޮތުން ފްރީ ވިސާލިބޭނެ ހަ ގައުމަކީ ފްރާންސް، ޖަރމަނީ، އިޓަލީ، ނެދަލަންޑްސް، ސްޕެއިން އަދި މެލޭޝިޔާއެވެ. މިނިންމުމަށް އަމަލު ކުރެވޭނީ އެއްއަހަރު ދުވަހުގެ މުއްދަތަށް ކަމަށްވެސް އެމިނިސްޓްރީ އިން ބުނެފައިވެއެވެ.

ޗައިނާގެ ވިސާ ގަވާއިދަށް އަލަށް ގެނެވުނު ބަދަލާއެކު ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން އަންނައަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ދެންނެވުނު 6 ގައުމުގެ އޯޑިނަރީ ޕާސްޕޯޓް ހޯލްޑަރުންނަށް ވިސާނެތި 15 ދުވަހުގެ މުއްދަތަށް ވިޔަފާރި ނުވަތަ އެނޫންވެސް ބޭނުންތަކަށް ޗައިނާއަށް ދަތުރު ކުރެވޭނެއެވެ.

ވިސާއުސޫލަށް މިގެނެވުނު ބަދަލަކީ ޗައިނާއަށް އަންނަމުންދާ "ހައިކޮލިޓީ" ތަރައްގީ ދުނިޔެއަށް ތައާރަފްކޮށް އެކަން ޕްރޮމޯޓް ކުރުމަށް ގެނެވުނު ބަދަލެއް ކަމަށް ސަރުކާރުގެ ތަރުޖަމާން ހުކުރު ދުވަހު ބުނެފައިވެއެވެ.

ޗައިނާގެ ވިސާ ޤަވާއިދު މިހާރު އޮތް ގޮތުން ޗައިނާއަށް ދަތުރުކުރާ ގާތްގަޑަކަށް އެންމެންހެން ވިސާ ނަގަން ޖެހެއެވެ. ވިސާ ނުނަގާ މިވަގުތު ޗައިނާއަށް ވަދެވޭ ފަރާތްތަކުގެތެރޭގައި ވިޔަފާރި، ޓުއަރިޒަމް ނުވަތަ އާއިލާ މެމްބަރުންނަށް ޒިޔާރަތް ކުރުމަށްދާ ސިންގަޕޫރު އަދި ބުރޫނާއީގެ ރައްޔިތުން ހިމެނެއެވެ. އެމީހުންނަށްވެސް ދެވެނީ 15 ދުވަހުގެ ފްރީ ވިސާއެވެ.

ކޮވިޑް 19 އާގުޅިގެން 2020 ގެ މާރޗް މަހުން ފެށިގެން ޗައިނާއޮތީ ވަރަށް ބޮޑަށް ބަންދު ކޮށްފައެވެ. އަދި އާންމުކޮށް ވިސާ ދޫކުރަން ފެށީ މިއަހަރުގެ މާރޗް މަހުއެވެ. ކޮވިޑް 19ގެ ކުރިން ޗައިނާ އަކީ ވަރަށް ގިނަ އަދަދަކަށް ޓުއަރިސްޓުން ޒިޔާރަތް ކުރަމުން އައި ގައުމެކެވެ.       

އިތުރަށް ކިޔާލަން

25 މެއި 2017

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި

25 މެއި 2017
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
03 މެއި 2017

އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

03 މެއި 2017
އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
09 މާރިޗު 2017

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު