Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މުއިއްޒުގެ ވެރިކަން

ވެރިކަމަށް ހަފުތާއެއް، އިސްތިއުފާއަށް ގޮވަން ފެށީ އަމިއްލަ ކޯލިޝަނުން!

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އާއްމުކޮށް ވެރިކަމާ ހަވާލުވާ ދުވަސްވަރު އެ ވެރިކަމަކާ މެދު ހިތްހަމަނުޖެހިގެން ވާހަކަދައްކަނީ އެއިރެއްގައި އިދިކޮޅުގައި ތިބޭ ބައެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2023 | ހުކުރު 12:00
ރައީސް މުއިއްޒު އާއި ނައިބު ރައީސް އަދި ރައީސްގެ އެޑްވައިޒަރު އަބްދުއްރަހީމް

ރައީސް މުއިއްޒު އާއި ނައިބު ރައީސް އަދި ރައީސްގެ އެޑްވައިޒަރު އަބްދުއްރަހީމް

ޕީޕީއެމް އާއި ޕީއެންސީއަކީ އެކައްޗެއް ކަމަށް ދައްކައިގެން މާކަގިނަ ދުވަހަކު އުޅޭކަށް ބޭނުމެއް ނުވިއެވެ. ބާރު ލިބުނުގޮތަށް ކުލަވަރު ދައްކަން ފަށައިފިއެވެ. އިންތިޚާބުގެ ތެރޭގައްޔާއި އިންތިޚާބަށްފަހު އެ ދެ ޕާޓީގެ ގުޅުމުގައި ރެނދުލާން ފަށައިފިއޭ އެތައް ބަޔަކު ބުނުމުން ވެސް ރައްޔިތުންނަށް އޮޅުވާލުމަށް ބުނަމުންދިޔައީ ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށެވެ. އޭރު އަދި ހުވާނުކުރެއްވޭތީ ކަމަށް ވެސް ވެދާނެއެވެ. ރަސްމީކޮށް ވެރިކަމުގެ ބާރު ލިބުމާއެކު ދެ ޕާޓީގެ ގުޅުން މިވަނީ ފުނޑުފުނޑުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީގެ ލީޑަރު ކަމަށް ބުނަމުންދިޔަ އަބްދުﷲ ޔާމީން ވިއްކައިގެން ކަމާމެދު ދެކޮޅު ހަދާނެ މީހަކު ނުހުންނާނެއެވެ. ހުރިހާ ޕޯސްޓަރެއްގެ ކުރީގައި އެމަނިކުފާނުގެ ފޮޓޯއެވެ. ރައްޔިތުންނާ މުޚާތަބު ކުރެއްވި ކޮންމެ ފަހަރަކު އެމަނިކުފާނު މިނިވަންކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް މިއީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް ކަމަށް އެމަނިކުފާނަށް އިންތިޚާބުގައި ތާއީދު ކުރި ފަރާތްތައް ވެސް ހިމެނޭހެން އެތައް ބަޔަކު މިއަދު ދަނީ ބުނަމުންނެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އާއްމުކޮށް ވެރިކަމާ ހަވާލުވާ ދުވަސްވަރު އެ ވެރިކަމަކާ މެދު ހިތްހަމަނުޖެހިގެން ވާހަކަދައްކަނީ އެއިރެއްގައި އިދިކޮޅުގައި އޮންނަ ޕާޓީއެއް ނުވަތަ އިދިކޮޅުގެ ސަޕޯޓަރުންނެވެ. މިއަދު އިިދިކޮޅު ފަރާތްތަކަށްވުރެ ކުރިން ވެރިކަމާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރަން ފެށީ ވެރިކަން ގެނައުމަށް މަސައްކަތް ކުރި ފަރާތްތަކުންނެވެ. އެންމެފަހުން އަމިއްލަ ކޯލިޝަނުގައި ހިމެނޭ މެމްބަރުން މިވަނީ މުއިއްޒު ވެރިކަމަށް ވަޑައިގަތީ އޮޅުވާލައިގެން ކަމަށްބުނެ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވަން ފަށައިފައެވެ. ވެރިކަމަށް ވަޑައިގެން ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ޔާމީނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް ވިދާޅުވީ ވެރިކަމަށް ހޮވިވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ޔާމީންގެ ފޯނަށް ޖަވާބުނުދެއްވާ ކަމަށެވެ.

ބާރު ހޯދަން ދެ ރައީސުންގެ ޖެހުނު މައްސަލަތަކާއެކު ޔާމީން މިވަނީ ޕީޕީއެމާ ވަކިވެވަޑައިގެން އައު ޕާޓީއެއް އުފައްދަން ނިންމަވާފައެވެ. އެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކޮނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވާ ގޮތުގައި މި ސަރުކާރުގައި އެޅި "ވައިރަހަކީ" ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ. އެގޮތުން، މުޅި ސަރުކާރު ހައިޖެކްކުރައްވައި އޭނާ ނުރުހޭ އެއްވެސް މީހަކަށް ވަޒީފާ ނުދީ މެމްބަރުން އެކަހެރިކޮށް، އަމިއްލަ އާއިލީ މީހުންނަށް މަގާމުދޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުގައި އަބްދުއްރަހީމުގެ އާއިލީ ބޭފުޅުން އެކި މަގާމުތަކުގައި ގިނަކަން ފާހަގަކޮށް ފާއިތުވި ހަފުތާ ތެރޭގައި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑުވެސް ކިޔައިފައެވެ.

މުއިއްޒު ހޮވުމަށް ޕީޕީއެމްގައި ތިބެގެން މަސައްކަތް ކުރި ބައެއް މެމްބަރުން ވެސް ބުނަނީ ވެރިކަން ލިބިވަޑައިގަތުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތައް ހަނދުމަފުޅު ނެތިއްޖެ ކަމަށެވެ. ޔާމީން މިނިވަންކުރުމަކީ އެމަނިކުފާނު ވެރިކަމަށް ގެނައުމުގެ ބޮޑު ސަބަބަކަށްވާއިރު އެކަން ކުރެއްވުމުގެ ބަދަލުގައި ޕީޕީއެމް އާއި ޕީއެންސީއަށް ވެސް އަތްގަދަކުރައްވައި ޔާމީން އެކަހެރިކުރުމަކީ އެމަނިކުފާނުގެ ވެރިކަމަށް އޮތް އިތުބާރު ގެއްލުނު ކަމެއް ކަމަށް އެ މެމްބަރުން ދަނީ ބުނަމުންނެވެ. އެހެންވެ އިސްތިއުފާ ދިނުމަށް ވަނީ ގޮވާލައިފައެވެ.

ރައީސް މުއިއްޒުއަކީ ތަޖުރިބާ ކުރެވިފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ކޯލިޝަނަކާއެކު ވެރިކަން ނުކުރެވޭނެ ކަމަށް މިހާރު އިދިކޮޅުގައި ތިބި ފަރާތްތަކުން އޭރު ދިޔައީ ބުނަމުންނެވެ. އެ މަންޒަރު ފެންނަން މާގިނަ ދުވަހެއް ނުނެގިއެވެ. ކޯލިޝަން ރޫޅުނީއެވެ.

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވައި އަދި ސަރުކާރު ވެސް ރަނގަޅަށް އެކުލަވައިނުލެވެއެވެ. އެމަނިކުފާނު ހޮވުމަށް އިންތިޚާބުގައި މަސައްކަތްކޮށް ވޯޓުލި މީހުން މިއަދު އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާއިރު މިވެރިކަމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނީ ކޮންކޮން މަންޒަރުތަކެއް ކަމާމެދު މިހާރު ސުވާލު އުފެދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިކަމަށް އެންމެ ބޮޑު ފުރައްސާރަކުރި، ޝަހީބަށްވެސް އެވޯޑެއް: ލަދުވެތި މަންޒަރެއް!

ނޫސްވެރިކަމަށް އެންމެ ބޮޑު ފުރައްސާރަކުރި، ޝަހީބަށްވެސް އެވޯޑެއް: ލަދުވެތި މަންޒަރެއް!

12 ޑިސެމްބަރު 2018
ރައީސް ސޯލިހްގެ ވެރިކަމަށް ހަފްތާއެއް: ރައްޔިތުންގެ ހިޔާލު ދެކަފިވެފައި!

ރައީސް ސޯލިހްގެ ވެރިކަމަށް ހަފްތާއެއް: ރައްޔިތުންގެ ހިޔާލު ދެކަފިވެފައި!

24 ނޮވެމްބަރު 2018
ފައިސަލްގެ ވަފާތެރިކަމާއި، ތެދުވެރިކަމަށް ދާއިރާގެ ރައްޔިތުން ހެކިވޭ!

ފައިސަލްގެ ވަފާތެރިކަމާއި، ތެދުވެރިކަމަށް ދާއިރާގެ ރައްޔިތުން ހެކިވޭ!

20 ޖުލައި 2018
ރާއްޖޭގެ ދަރަނި: ގޮވަން ކައިރިވެފައިވާ ބޮން

ރާއްޖޭގެ ދަރަނި: ގޮވަން ކައިރިވެފައިވާ ބޮން

02 ޖުލައި 2018
ގާސިމް: އެންމެން ވެރިކަމަށް ގެންނެވި، މިފަހަރު ރަނގަޅީ ކޮން ގޮތެއް؟

ގާސިމް: އެންމެން ވެރިކަމަށް ގެންނެވި، މިފަހަރު ރަނގަޅީ ކޮން ގޮތެއް؟

20 ޖޫން 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު