Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިޚާބު

ޤާނޫނުގައި މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު ދިމާވަނީ ރަމަޟާން މަހަށް، އީސީން އެދެނީ އެކަން ބަދަލުކޮށްދިނުމަށް

މަޖިލިސް އިންތިޚާބާއި މެދު ޚިޔާލު ހޯދުމަށް ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރަން ވެސް ވަނީ ހަމަޖެހިފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ނޮވެމްބަރު 2023 | އަންގާރަ 09:45
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އީސީން ބައިވެރިވަނީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އީސީން ބައިވެރިވަނީ

ޤާނޫނުގައި މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު ދިމާވަނީ ރަމަޟާން މަހުގެ ތެރެއިން ދުވަހެއް ކަމަށް ވާތީ އެކަން ބަދަލުކުރެވޭނެ ގޮތެއް އޮތްތޯ ބަލާދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ޤާނޫނާއި އެއްގޮތަށް އެ އިންތިޚާބު ބާއްވާނަމަ، އިންތިޚާބު ބާއްވަން ޖެހެނީ 30 މާރޗްގައި ކަަމަށެވެ. އަދި އެއީ ރަމަޟާން މަސް ކަމަށް ވުމާއެކު އެކަން ވެގެންދާނީ އާއްމުންނަށް ވަރަށް ބޮޑު ތަކުލީފަކާއި ކުރިމަތިލާން ޖެހޭނެ ކަމަކަށް ކަމަށް ފުއާދު ވިދާޅުވިއެވެ. އެހެންކަމުން އެއީ އިލެކްޝަންސް ކޮމިޝަންގެ ކަންބޮޑުވުމެއް ކަމަށާއި އެ ވާހަކަ ކުރިން ވެސް ކަމާއި ގުޅުން ހުރި އިދާރާތަކާއި ހިއްސާކޮށްފައިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އެގޮތުން އެކަމާއި ގުޅުން ހުރި ނުރަސްމީ މަޝްވަރާތައް މީގެ ކުރިން ވެސް ކުރިއަށް ގެންދަވާފައިވާކަން ފުއާދު ފާހަގަކުރެއްވިއެވެ.

ފުއާދު ވަނީ ގާނޫނުގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބާއްވާ ނަމަ އެ ތާރީޚު ދިމާވަނީ ރަމަޟާން މަހުގެ ފަހު 10 އަށް ވުރެ ކުޑަ ތަންކޮޅެއް ކުރީގެ ތާރީޚަކަށް ކަމަށް ވެސް ވިދާޅުވެފައެވެ. ރަމަޟާން މަހުގެ ތެރޭގައި ކެމްޕެއިން ކުރަން އުނދަގޫވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެެހެންކަމުން އެއީ ޕާޓީތަކަށް ވެސް ދިމާވާނެ ގޮންޖެހުމެއް ކަމަށް ފުއާދު ވިދާޅުވިއެވެ. ހަމައެހެންމެ އީސީގެ ސްޓާފުންނަށް ވެސް އެ ދުވަސްކޮޅު މަސައްކަތް ކުރަން އުނދަނގޫވާނެ ކަން ފުއާދު ފާހަގަކުރެއްވިއެވެ. އަދި ވަގުތީ ސްޓާފުން ހޯދުމަށް ވަކިން ބޮޑަށް ގޮންޖެހުންތައް ދިމާވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

އެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އީސީގެ ނާއިބުރައީސް އިސްމާއީލް ހަބީބް ވަނީ ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ބަލައިގެން އިންތިހާބަށް ތައްޔާރުވާ ނަމަ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލެވޭނީ ޖެނުއަރީ 30ގައި ކަމަށް ވިދާޅުވެފައވެެ. އަދި ކެނޑިޑޭޓުންނަށް ދޭންޖެހޭ 14 ދުވަހުގެ މުއްދަތު ދިނުމަށް ފަހު ކެންޑިޑޭޓު ނަމްބަރު ތަރުތީބު ކުރުމުގެ ކަންތައް ކުރިއަށްގެންގޮސް ލިސްޓު ތަރުތީބުކޮށް އިއުލާނުކުރެވޭނީ ފެބްރުއަރީ 17 ވަނަ ދުވަހު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އިންތިހާބު ބޭއްވޭނެ އެންމެ ފަހު ތާރީހެއް ކަމަށް އޭނާ ވިދާޅުވީ މާޗް 30، 2024 ކަމަށާއި އެ ދުވަސް ދިމާވަނީ ރަމަޟާން މަހުގެ 20 ވަނަ ދުވަހަށް ކަމަށް ހަބީބު ވިދާޅުވިއެވެ. އެއީ އިންތިޚާބާއި ގުޅުން ހުރި މަސައްކަތަކަށް ދިމާވާނެ ގޮންޖެހުމެއްކަން ހަބީބް ވަނީ ފާހަގަކުރައްވާފައެވެ.

އީސީން އިތުރަށް ބުނީ ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ. ޤާނޫނު ބުނާ ގޮތުން މަޖިލިސް އިންތިހާބާ ގުޅޭ އެންމެހާ ކަންތައްތައް ނިންމަންޖެހޭ އެންމެ ފަހު ތާރީޚަކީ އޭޕްރީލް 28، 2024 އެވެ.

މަޖިލިސް އިންތިޚާބާއި މެދު ޚިޔާލު ހޯދުމަށް އީސީއިން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން ވެސް ވަނީ ހަމަޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަންރައްޔިތުންގެ މަޖިލިސްމިނިވަން މުއައްސަސާތަކުގެ ކޮމިޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު