Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ސަލްސާ އާމިރު

އާމިރު އަކީ ދިވެހި ރާއްޖޭގެ ކުޅިވަރުގައި، ޚާއްސަކޮށް ފުޓުބޯޅައިގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ނޮވެމްބަރު 2023 | އަންގާރަ 00:52
ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި އިބްރާހީމް އާމިރު އަށް، ރައީސުލްޖުމްޙޫރިއްޔާ މަގާމުގެ ލިޔުން ހަވާލު ކުރައްވަނީ

ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި އިބްރާހީމް އާމިރު އަށް، ރައީސުލްޖުމްޙޫރިއްޔާ މަގާމުގެ ލިޔުން ހަވާލު ކުރައްވަނީ

އައު ސަރުކާރުން އުފެއްދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އިބްރާހީމް އާމިރު (ސަލްސާ) ހަމަޖައްސަވައިފި އެވެ.

އެ މަގާމަށް އާމިރު އައްޔަން ކުރައްވާފައި ވަނީ ހޯމަ ދުވަހު، ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އާމިރު އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އެ މަގާމަށް އާމިރު އައްޔަން ކުރައްވާފައިވާއިރު، ކުޅިވަރު ވަޒީރަކަށް އައްޔަން ކުރައްވާފައި ވަނީ ޢަބްދުﷲ ރާފިޢު އެވެ.

އާމިރު އަކީ ދިވެހި ރާއްޖޭގެ ކުޅިވަރުގައި، ޚާއްސަކޮށް ފުޓުބޯޅައިގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އާމިރު ވަނީ، 2008 ވަނަ އަހަރު އެކުލަވާލި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންޓަރިމް ކޮމެޓީގެ ވައިސް ޗެއާމަންކަން އަދާކުރައްވާފަ އެވެ. އޭގެ އިތުރުން، ޤައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ މެނޭޖަރުކަމާއި، 2013 ވަނަ އަހަރު އޮތް މަހިންދަ ރާޖްޕަކްސާގެ ޗެމްޕިއަންކަން ހޯދި ޓީމުގެ މެނޭޖަރުކަން ކުރެއްވި އެވެ. ހަމައެއާއެކު، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑު މެންބަރުކަން ވެސް އާމިރު އަދާކުރެއްވި އެވެ. މީގެ އިތުރުން އާމިރު އަކީ ކުލަބު ވެލެންސިއާ އަށް ކުޅުނު ކުޅުންތެރިޔެކެވެ.

ކުޅިވަރުގެ އިތުރުން އާމިރު އަކީ ވިޔަފާރީގައި ވެސް މަސައްކަތް ކުރައްވަމުން އަންނަ ފަރާތެކެވެ. އެގޮތުން އާމިރު އަކީ ސަލްސާ އިންވެސްޓުމަންޓުގެ ޗެއާމަން އެވެ. މިފަހުން އާމިރު އިސްކޮށް ހުންނަވާ ވަނީ، ސޭވް އެފްއޭމްގެ ނަމުގައި ޚާއްސަ ޙަރަކާތެއް ފައްޓަވައިފަ އެވެ. އެއީ އެފްއޭއެމްގެ ހިންގުމުގައި ގިނަގުނަ މައްސަލަތަކެއް ދިމާވެ، އެ އިދާރާ ބަނގުރޫޓުވާން ކައިރިވެ، ފުޓުބޯޅައިގެ ފޯރި ދަށްވަމުން ދާތީ، އެކަންކަމަށް ޙައްލު ހޯދުގެ މަޤްސަދުގައި ފެއްޓެވި ޙަރަކާތެކެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިބްރާހީމް އާމިރު (ސަލްސާ)

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

27 ނޮވެމްބަރު 2025
މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި
04 އޮކްޓޯބަރު 2025

ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

04 އޮކްޓޯބަރު 2025
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް
15 ސެޕްޓެމްބަރު 2025

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

15 ސެޕްޓެމްބަރު 2025
ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް
03 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި

03 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި
17 ޖުލައި 2025

ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި

17 ޖުލައި 2025
ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު