Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން

ހަތިޔާރާއެކު އިންޑިއާ ސިފައިން ތިބިތޯ ކުރި ސުވާލު "ރެލެވެންޓް" އެއް ނުވި!

އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2023 | ހޯމަ 03:59
ޑރ.މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުން

ޑރ.މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުން

މިހާރު ވެރިކަމުގައި ހުންނެވި ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރު އެމަނިކުފާނާއި އެ މަނިކުފާނު ނިސްބަތްވާ ޕްރޮގްރެސިވް ކޯލިޝަނުން އެންމެ ބޮޑަށް ވިއްކި އެއްޗަކީ ޤައުމުގެ އިސްތިޤުލާލު ގެއްލޭކަމުގެ ވާހަކައެވެ. އިންޑިއާ ސިފައިންގެ ވާހަކައެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާހުން ގުނާލެވޭ ވާހަކަ އާއި ބަރު ހަތިޔާރާއެކު ރާއްޖޭގައި އެމީހުން ފޯރިމަރާކަމުގެ ތުހުމަތު މި ބޭފުޅުން ގެންދެވީ އޭރު ކުރައްވަމުންނެވެ. ވެރިކަމާއި ހަމައަށް ވަޑައިގަތުމުގައި ހަރުފަތަކަށް ހެއްދެވީވެސް މި ދަންނަވާ ތުހުމަތުތަކެވެ.

ކަން މިހެން އޮތުމާއެކު ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލުމަކީ އައު ސަރުކާރުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. އެންމެ ފަލަކޮށް ކެމްޕެއިން ބެނާތަކާއި ޕޯޑިއަމްތަކުގައި ސުރުހީ އެޅުއްވީ ވެސް ހަމަ އެ ވާހަކައިންނެވެ. ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި ޑޯނިއާ ފްލައިޓުތައް ބަލަހައްޓާށާއި އެކިއެކި ކަންކަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި ތިބުމުގެ ފަހަތުގައި ސިއްރިއްޔާތުގައި ކަންތައްތަކެއް ހިނގާކަމަށް ކުރަމުން އައި ތުހުމަތުތަކަކީ ވެރިކަން ބަދަލުކުރުމަށް އެ ބޭފުޅުން ގެންގުޅުއްވި ރޭވުންތެރި އުކުޅެވެ.

ވެރިކަމަށް ވަޑައިގެން ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރައި އެގައުމަށް ގެންގޮސްދެއްވުމަށް އިންޑިއާގެ ސަރުކާރުގައި ރަސްމީގޮތުން ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. އެހެންނަމަވެސް މި މައްސަލައިގައި ކުރިން ދެއްކެވި ހަރުކަށި ވާހަކަތައް މަޑުމަޑުން ބަދަލުވެ ޑިޕްލޮމަސީ އާއި މަސަލަސްކަމާއި މަސްލަހަތުގެ ރާގު އެ ވާހަކަތަކުން އިވެން ފަށައިފިއެވެ.

އޭރު ވިދާޅުވީ "ވަގުތުން ވަގުތަށް" ފޮނުވާލައްވަން ޖެހޭ ވާހަކައެވެ. އެންމެ ހިނދުކޮޅަކު ވެސް މި ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބެގެން ނުވާނެ ކަމުގެ ވާހަކައެވެ. ވިދާޅުވީ އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށެވެ. މިއީ މިއަދު މި ސަރުކާރުގެ އިސް މަޤާމުތަކަށް ވަޑައިގެން ތިއްބެވި ބޭފުޅުން އޭރު ދެއްކެވި ވާހަކަތަކެވެ. އެކަމަކު ވެރިކަމަށް އައުމުން މިފަދަކަންކަން ކުރެވެނީ ހަމަތަކަކާއި އުސޫލުތަކެއްގެ މަތިންކަން ހަނދާންވެއްޖެއެވެ. ސިޔާސީ މޭޒުގައި މި ބޭފުޅުން ތިއްބެވި އިދިކޮޅު ފަޅިން ނެއްޓި، ސަރުކާރު ފަޅިއަށް އައުމާ އެކު މަޝްވަރާކޮށްގެން ނޫނީ މިފަދަ ކަންކަން ނުކުރެވޭނެކަން ވެސް ޤަބޫލުކުރެވިއްޖެއެވެ. އަދި އެއީ ވެރިއަކަށް ހުންނަ ބޭފުޅަކު ހިތަށް އެރުމުން ވަގުތުން ވަގުތަށް ނިންމާލެވޭ ކަމެއް ނޫންކަން ވެސް މިއަދު އެނގުނު ކަހަލައެވެ.

ކޮންމެއަކަސް ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ގާއިމްވެ އެބަތިބި ކަމަށާއި، ބައިލެޓްރަލް 100ށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ވަރަށް އަވަހަށް އިންޑިއާ ސިފައިން ތިބި އަދަދު ހާމަކުރި ވާހަކައިގެ ކްރެޑިޓް ވެސް ނަގައިފިއެވެ. ތެދެކެވެ. އެ އަދަދު މި ސަރުކާރުން ހާމަކޮށްފިއެވެ. އެކަމަކު އެއީ އައު އަދަދުތަކެއްތޯ އެވެ. އެއީ ސިއްރުކޮށްފައި އޮތް އަދަދުތަކެއް ފަޅާއަރުވާލުން ކަމަށް ބަޔަކު ދައްކަން އުޅުނަސް ކަން އޮތީ އެހެންނެއް ނޫނެވެ. 13 ނޮވެންބަރު 2021ގައި ބޭއްވި ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވަނީ ހެލިކޮޕްޓަރު އަދި ޑޯނިއާ ބެލެހެއްޓުމަށް 75 ސިފައިން އެބަތިބިކަމަށެވެ. އެ އަދަދުތަކާއި ސަރުކާރުން ދެއްވި އަދަދާއި ހުރީ 2 މީހުންގެ ފަރަގެވެ. އެ ދެ މީހުންނަކީ ހެލިކޮޕްޓަރުތަކުގެ މެއިންޓެނެންސްގައި މަސައްކަތް ކުރާ ދެ މީހުންނެވެ.

އިންޑިއާ އިން ހަދިޔާކުރި ދެ ހެލިކޮޕްޓަރު އަދި ޑޯނިއާގެ މަތިންދާބޯޓުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު 661 މެޑިކަލް އިވެކުއޭޝަން، ސަވައިލަންސް 220 މަސައްކަތް، އަދި ސަރޗް މިޝަންގެ 100 އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންނަަމަވެސް އެ ފައިދާތަކަށް ނުބަލާ އިންޑިއާ ސިފައިން ފޮނުވާލަން ޖެހޭ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ. އަދި ރާއްޖޭގައި ތިބި އިންޑިޔާގެ އަސްކަރީ މީހުންގެ ހަގީގީ އަދަދަށް ފޯކަސް ނުކުރާ ކަމަށާއި، ރާއްޖޭގައި އެއްގޮތަކަށްވެސް، އެއްވެސް މީހަކު ތިބެން ބޭނުން ނުވާކަމަށް ބުނެއެވެ. މި ޤައުމުގައި ސިއްހީ ޚިދުމަތް ދިނުމަށް ވެސް އިންޑިއާ ސިފައިން އެބަ ތިއްބެވެ. އެ ޑޮކްޓަރުން ވެސް ތި ބުނާ ބީދައިން އަނބުރާ ފޮނުވާލަންވީތޯއެވެ؟ އެ ބޭފުޅުން މެދުވެރިކޮށް ސިއްހީ ފަރުވާ ހޯދާ މީހުންނަށް ފަރުވާލެއް ނެތްތޯއެވެ؟ އެއީ ވެސް އާއްމު ރައްޔިތު މީހާ ބޭނުންވާ ގޮތްތޯއެވެ؟

އެންމެ ފަހުން ދައްކަން މި ބޭއްވީ އެންމެ މުހިންމު ވާހަކައެވެ. މި އިންޑިއާ ސިފައިންނަކީ ނިމިދިޔަ ސަރުކާރުގައި ގެނައި ސިފައިންތޯ ނޫންތޯ ކުރާ ސުވާލަށް އަދި ސާފު ޖަވާބެއް ނެތެވެ. އަނެއްކާ އެންމެ މޮޅުކަމަކީ ބަރު ހަތިޔާރާއި އެކު އިންޑިއާ ސިފައިން ތިބިކަމަށް ބުނެ ކުރި ތުހުމަތުގެ ސައްހަކަން ދެއްކުމަށް ދިފާއެއް ނެތުމެވެ. އެކަމާއި މެދު ނޫސްވެރިން ކުރި ސުވާލުވެސް ވީ "އިރެލެވެންޓް"އެވެ. އެކަމަކު އިއްޔެ ވެރިކަަމަށް ވަޑައިގަތީ އެ ވިދާޅުވާ އިރިލެވެންޓް ތުހުމަތުތަކުގެ އަލީގައެވެ. ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ރައްޔިތުން ޖަޒުބާތުގައި ޖެއްސެވީވެސް އެ ވާހަކަފުޅުންނެވެ. އެކަމަކު ބަދަލުވި ސިޔާސީ ފަޅި އާއެކު އެ ވާހަކަފުޅުގެ ރެލެވެންސީ ވެސް ބަދަލުވީ ނޫންތޯއެވެ. އަދި މިކަހަލަ ކިތައް "އިރެލެވެންޓް" ކަންތަކާ ލައިގަންނަނާނެބާއޭ ހިތަށް އަރައެވެ. ރެލެވެންސީ އަދި މުހިންމު ވުމާއި ނުވުން ބިނާވަނީ އޭރެއްގައި ސިޔާސީ ގޮތުން ފައިދާވާ ގޮތަކަށް ތޯއްޗެކެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއިންޑިއާ އައުޓްމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު