Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ ސިފައިން ރާއްޖޭގައި ތިބުން

އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާގެ އެއްބާރުލުން ލިބޭނެ، މަސައްކަތް ކުރިއަށް ދާނީ އޮމާންކޮށް- ފިރުޒުލް

އިންޑިޔާގެ ސަރުކާރުގައި ރަސްމީގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނީ ހޮނިހިރު ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 ނޮވެމްބަރު 2023 | ހޯމަ 03:08
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް

އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގައި އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އެ ޤައުމުން ބުނެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ފިރުޒުލް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަން ރަސްމީ ސިފައެއްގައި އެހީއަށް އެދުމުން އެކަމަށް އިންޑިއާ ސަރުކާރުން މަރުޙަބާ ކިޔާފައިވާ ކަމަށެވެ. އެހެންކަމުން އިންޑިއާ ސިފައިން އަނބުރާ ފޮނުވާލެއްވުމުގެ މަސައްކަތްތައް ކާމިޔާބުކަމާއި އޮމާންކަމާ އެކު ކުރިއަށް ގެންދެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް ފިރުޒުލް ވިދާޅުވިއެވެ. ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ގާއިމްވެ އެބަތިބި ކަމަށާއި، ބައިލެޓްރަލް 100ށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ. އަދި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލެވޭނެ ތާރީހެއް އެނގޭނީ އެއްބަސްވުންތައް ދިރާސާކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދަވާނީ ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން މަޝްވަރާގެ މަތިން ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރައި އެގައުމަށް ގެންގޮސްދެއްވުމަށް އިންޑިޔާގެ ސަރުކާރުގައި ރަސްމީގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނީ ހޮނިހިރު ދުވަހުއެވެ. ރައީސް މިފަދައިން އެދިވަޑައިގެންނެވީ އިންޑިއާގެ މިނިސްޓަރ އޮފް އާތް ސައިންސެސް ކިރެން ރިޖިޖޫއާއެކު ރައީސް މުއިއްޒު ހޮނިހިރު ދުވަހު ބޭއްވެވި ޚާއްސަ ބައްދަލުކުރެއްވުމުގައެވެ.

ފިރުޒުލް އަބްދުﷲ އިންޑިއާ އައުޓް

އިތުރަށް ކިޔާލަން

18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
30 އޮކްޓޯބަރު 2024

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
13 އޮކްޓޯބަރު 2024

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ- ހަނިމާދޫ ކައުސިލްގެ ނައިބު

13 އޮކްޓޯބަރު 2024
ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ-  ހަނިމާދޫ ކައުސިލްގެ ނައިބު
09 އޮކްޓޯބަރު 2024

ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

09 އޮކްޓޯބަރު 2024
ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު