Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖެ-ޕާކިސްތާން

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ރާއްޖެ ވަޑައިގެންފި

އެކި ދާއިރާތަކުން އެއްބާރުން ދިނުމާބެހޭ އެއްބަސްވުންތަކުގައި ދެގައުމުގެ ވެރިން ސޮއިކުރައްވާނެ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 25 ޖުލައި 2017 | އަންގާރަ 09:14
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވަނީ

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވަނީ

ދިވެހިރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ދައުވަތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފް އަންގާރަ ދުވަހު ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބޮޑުވަޒީރު ރާއްޖެ އަށް ކުރައްވާ މި މިދަތުރުފުޅާ ބެހޭގޮތުން ޕާކިސްތާނުގެ ޚަރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު ރަސްމީ ވާހަކަތައް ކުރިއަށްދާނެ ކަމަށެވެ. އަދި ރަސްމީ ވާހަކަތަކަށް ފަހު އެކި ތަފާތު ދާއިރާތަކުން އެއްބާރުލުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށެވެ.

ޕާކިސްތާނުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދިވެހިރާއްޖެ އާއި ޕާކިސްތާނުގެ ގުޅުމަށް އިސްކަންދޭ ކަމަށާއި ދެ ގައުމުގެ ގުޅުން ބިނާވެފައި ވަނީ ރަހްމަތްތެރިކަމާއި އިހްތިރާމާއި އަދި ދެ ގައުމުން ވެސް ބަލައިގަންނަ ކަންކަމުގެ މައްޗަށް ކަމަށެވެ.

މީގެ އިތުރަށް ބަޔާނުގައި ބުނީ ބޮޑުވަޒީރު ޝަރީފްގެ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށާއި، އޭގެ ތެރޭގައި ސިޔާސީ، އިގްތިސާދީ، ސަލާމަތީ، ތައުލީމީ އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ ކަމަށެވެ. ބަޔާުނުގައި ދެގައުމުން ކަންކަން ގުޅިގެން ކުރާ މިންވަރުގެ މައްޗަށް ވެސް އަލިއަޅުވާލާފައި ވެއެވެ. މިކަމާ ބެހޭގޮތުން ބަޔާނުގައި ބުނީ ދެގައުމާ ގުޅުން ހުރި ސަރަހައްދީ އަދި ބައިނަލްއަގްވާމި މައްސަލަތަކުގައި ދެގައުމުން ވަރަށް ގާތުން ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފް ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ދިވެހި ސަރުކާރުން ވެސް ވަނީ ބަޔާނެއް ނެރެފަައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ޖުލައި މަހުގެ 25ވާ އަންގާރަ ދުވަހުން ފެށިގެން ޖުލައިމަހުގެ 27ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނަވާޒް ޝަރީފް ކުރައްވާ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރާ ދެބޭފުޅުން ބައްދަލުކުރައްވައި، ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށެވެ. އަދި ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ. ރައީސް އޮފީހުގެ ބަޔާނުގައި އިތުރަށް ބުނީ ދިވެހިރާއްޖެ އާއި ޕާކިސްތާނަކީ ޒަމާނުއްސުރެ ރަހުމަތްތެރިކަމުގެ ގުޅުންތައް ދަމަހައްޓައި، ދީނީ އަދި ސަޤާފީ ގޮތުން މައިގަނޑު އެއްއުސޫލުތަކެއް ގަބޫލުކުރާ ދެޤައުމު ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޕާކިސްތާނުން ވަނީ ރާއްޖެ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް އެހީއަކީ ޕާކިސްތާން ސަރުކާރުގެ ހިލޭ އެހީގައި އަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިމާރާތެވެ. މީގެ ދެއަހަރެއްހާ ދުވަސް ކުރިން ރައްޔިތުން މަޖިލީހުގެ އިމާރާތް މަރާމާތު ކުރުމަށް ޕާކިސްތާން ސަރުކާރުން ދެ މިލިއަން ޑޮލަރުގެ އެހީ ވެސް ދިނެވެ. މީގެ އިތުރުން ޕާކިސްތާނު ސަރުކާރާ ގުޅިގެން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމުކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް މިއަހަރުގެ މެއި މަހު ހެލްތު މިނިސްޓަރުއިބްރާހީމް ނާޒިމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އެކި އެހީތައް ޕާކިސްތާނުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ނިމިދިޔަ ދެއަހަރުވެސް ރައީސް ޔާމިން ވަނީ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ދައުވަތު އަރުއްވާފައެވެ. އެހެން ނަމަވެސް އެކިސަބަބުތަކާ ހެދި ބޮޑުވަޒީރު ޝަރީފަށް ވަނީ ވަޑައިނުގެންނެވިފައެވެ. ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ ޖުލައި 26، 1966ގައެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނު ވަނީ 2015 ވަނަ އަހަރު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެެވެ. އެ ދަތުރުފުޅުގައި ރައީސް ޔާމީނާއި ބޮޑުވަޒީރު ޝަރީފު ވަނީ އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު އޮންނާނީ ރައީސް އޮފީހުން ބުނި ގޮތުގައި، ޖުލައި 26 ވަނަ ދުވަހުގެ ރޭ 9:00 ގައި ގަލޮޅު ރަސްމީ ދަނޑުގަ އެވެ. ރައީސް ޔާމީންގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުން އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ޖުލައި 26ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައި ގައުމާ މުހާތަބު ކުރައްވާ ގޮތަށް ވަނީ ނިންމަވައިފަ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު