Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފިކޭޝަން 2024

ފްރާންސް އިން ގިބްރޯލްޓާ ކޮޅަށް ލަނޑު ފުންޏެއް

ގިބްރޯލްޓާއާ ދެކޮޅަށް ކުޅުނު މެޗުން، ފްރާންސް ވަނީ 14 ލަނޑުގެ މޮޅެއް ހޯދައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ނޮވެމްބަރު 2023 | އާދީއްތަ 04:57
މެޗުގައި ލަނޑު ޖެހުމަށްފަހު ފްރާންސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ފްރާންސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ގިބްރޯލްޓާއާ ދެކޮޅަށް ކުޅުނު މެޗުން، ފްރާންސް 14 ލަނޑުގެ މޮޅެއް ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ، ގިބްރޯލްޓާއާ ދެކޮޅަށް ނުކުތްއިރު ވެސް ފްރާންސް ވަނީ އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ފްރާންސް އިން ހަތް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވެސް ވަނީ ހަތް ލަނޑު ޖަހައިފަ އެވެ.

ފުރަތަމަ ހާފުގައި ފްރާންސްގެ ލަނޑުތައް ޖެހީ މާކަސް ތުރަމް، ވަރޭން ޒެއިރް އެމެރީ، ކީލިއަން އެމްބާޕޭ، ޖޮނަތަން ކްލައުސް، ކިންގްސްލީ ކޯމަން އަދި ޔޫސުފް ފޮފާނާ އެވެ. އަނެއް ލަނޑަކީ ގިބްރޯލްޓާގެ އީތަން ސަންޓޯސް އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ. ދެ ވަނަ ހާފުގައި ފްރާންސްގެ ލަނޑުތައް ޖެހީ، އެޑްރިއަން ރާބިއޮޓް، ކޯމަން، އޮސްމާން ޑެމްބެލޭ، އެމްބާޕޭ އަދި އޮލީވިއޭ ޖިރޫޑް އެވެ. މީގެ ތެރެއިން އެމްބާޕޭ އަދި ޖިރޫޑް ވަނީ ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖެހި ލަނޑާއެކު، އެމްބާޕޭ ވަނީ ހެޓްރިކް ހަމަކޮށްފަ އެވެ.

ކޮލިފިކޭޝަންގައި ފްރާންސް ހިމެނޭ ގްރޫޕް ބީގެ އެއް ވަނައިގައި އެ ޓީމު އޮތީ މިހާތަނަށް ކުޅުނު ހަތް މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓު ހޯދައިގެންނެވެ. ކޮލިފިކޭޝަންގައި ފްރާންސްގެ ފަހު މެޗުގައި ނުކުންނާނީ ގްރީސްއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު