Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގެ ހޮސްޕިޓަލުތައް

ޣައްޒާގެ 35 ހޮސްޕިޓަލުތަކުގެ ތެރެއިން، ޚިދުމަތް ދެވެނީ 9 ހޮސްޕިޓަލުން

16 ނޮވެމްބަރު 2023 | ބުރާސްފަތި 14:09

އައްޝިފާ ހޮސްޕިޓަލުން އެކަނި ވެސް، ތެޔޮ ނުލިބުމުގެ ސަބަބުން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދުވަސް ނުފުރާ ތިން ކުދިންނާއެކު 40 މީހަކު މަރުވެފައިވޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 16 ނޮވެމްބަރު 2023 | ބުރާސްފަތި 14:09
އައް_ޝިފާ ހޮސްޕިޓަލް

އައް_ޝިފާ ހޮސްޕިޓަލް

ޣައްޒާގައި ހުންނަ 35 ހޮސްޕިޓަލުގެ ތެރެއިން، ކުޑަކޮށް ނަމަވެސް ޚިދުމަތް ދެވޭ ވަރުވަނީ އެންމެ ނުވަ ހޮސްޕިޓަލުން ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ރިޕޯޓުކުރަމުން އަލް-ޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުން، 35 ހޮސްޕިޓަލުގެ ތެރެއިން 9 ހޮސްޕިޓަލު ކުޑަކޮށް ނަމަވެސް މަސައްކަތް ކުރާއިރު، ދެން ހުރި ހުރިހާ ހޮސްޕިޓަލުތަކެއް ވަނީ ޚިދުމަތް ނުދެވޭ ވަރަށް ހަލާކުވެފައި އެވެ.

އެގޮތުން ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އައްޝިފާ ހޮސްޕިޓަލުން އެކަނި ވެސް، ތެޔޮ ނުލިބުމުގެ ސަބަބުން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދުވަސް ނުފުރާ ތިން ކުދިންނާއެކު 40 މީހަކު މަރުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެގޮތުން އެ ހޮސްޕިޓަލުގެ ބޭރުން އިޒްރޭލުގެ ޑްރޯންތަކުން އެ ހޮސްޕިޓަލް ގައި ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށް ބަޑި ޖެހުމުގެ ސަބަބުން، އެ ހޮސްޕިޓަލުތަކުގެ ޑިޕާޓްމަންޓްތަކާއި އިމާރާތްތަކުގެ މެދުގައި މެޑިކަލް ޓީމުތަކަށް ހިނގާ ބިނގާވެ އުޅެން ދަތިވެ، އެހީތެރިކަން ފޯރުކޮށްދޭން ވެސް ދަތިވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، އެ ހޮސްޕިޓަލުން އެކަނި ވެސް މަރުވި މީހުންގެ ތެރޭގައި މެޑިކަލް ސްޓާފުންގެ 202 މީހަކާއި ސިވިލް ޑިފެންސްގެ 26 މީހަކު ހިމެނެ އެވެ. އަދި 200 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިން ވަނީ ޒަހަމްވެފަ އެވެ.

އެގޮތުން މުޅި ޣައްޒާގެ ޖުމްލަ އަދަދުތަކުން އެ މިނިސްޓްރީން ބުނި ގޮތުގައި، ބުދަ ދުވަހުގެ ނިޔަލަށް ފަލަސްތީނުން މަރުވި މީހުންގެ އަދަދު 11،470 އަށް އަރާފައިވާއިރު އޭގެ ތެރެއިން 4،407 މީހުންނަކީ ކުޑަކުދިންނެވެ. އަދި 29،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އަދި ބުދަ ދުވަހުގެ ނިޔަލަށް ޣައްޒާގެ އާންމުންގެ 3،640 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ އިރު، އޭގެ ތެރޭގައި 1،770 ކުޑަކުދިން ވެސް ހިމެނެ އެވެ.

މީގެ އިތުރުން، ޣައްޒާގެ ހައުސިން ޔުނިޓްތަކުގެ 58 އިންސައްތަ ހަލާކުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2017

ރޮހިންޖާ ރެފިއުޖީންނަށް ފޯނުގެ ޚިދުމަތް ދިނުން ބަންގްލަދޭޝް ސަރުކާރުން މަނާ ކޮށްފި

24 ސެޕްޓެމްބަރު 2017
ރޮހިންޖާ ރެފިއުޖީންނަށް ފޯނުގެ ޚިދުމަތް ދިނުން ބަންގްލަދޭޝް ސަރުކާރުން މަނާ ކޮށްފި
12 ސެޕްޓެމްބަރު 2017

ތޫފާން އިރްމާ: ފްލޮރިޑާ ސްޓޭޓުގެ 6.5 މިލިއަން ގެތަކުގައި ކަރަންޓްގެ ޚިދުމަތް ނެތް

12 ސެޕްޓެމްބަރު 2017
ތޫފާން އިރްމާ: ފްލޮރިޑާ ސްޓޭޓުގެ 6.5 މިލިއަން ގެތަކުގައި ކަރަންޓްގެ ޚިދުމަތް ނެތް
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
30 އޯގަސްޓު 2017

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ
30 ޖޫން 2017

ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި

30 ޖޫން 2017
ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި
08 ޖޫން 2017

ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ

08 ޖޫން 2017
ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
04 އެޕްރީލު 2017

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް