Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިފައިންނާ ފުލުހުން

ސިފައިންނާ ފުލުހުންގެ މުސާރަ ބޮޑުކުރާ އޮނިގަނޑު އެކުލަވާލައިފި

16 ނޮވެމްބަރު 2023 | ބުރާސްފަތި 14:05

ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މީގެ ކުރިން ވަނީ ބަދަލު ގެނެސްފައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 16 ނޮވެމްބަރު 2023 | ބުރާސްފަތި 14:05
ސިފައިން

ސިފައިން

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސިފައިންނާ ފުލުހުންގެ މުސާރަ ބޮޑުކުރުމަށް، މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާ ތަކަށް ފޮނުވައިފި އެވެ.

އެކަން ފާހަގަ ކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާނު މުހައްމަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް މިހާރު ވަނީ ފޮނުވާފައިވާ ކަމަށެވެ.

ރައީސް އެފަދައިން ވައުދުވެ ވަޑައިގަންނަވައިފައި ވަނީ ރިޔާސީ އިންތިހާބުގެ "އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ބ. ތުޅާދޫއަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ރައީސް އެދުވަހު ވިދާޅުވީ ޕޭހާމަނައިޒޭޝަންގެ ދަށުން ދައުލަތުގައި މަސައްކަތް ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށާއި، އޭގެ ތެރޭގައި ދެން ކުރަން ނިންމާފައި ހުރި ދާއިރާތަކަކީ ސިފައިންނާއި ފުލުހުންނާއި، ޖުޑިޝަރީއާއި، ކަސްޓަމްސް، އިމިގްރޭޝަން، ކަރެކްޝަންސް އަދި ސިވިލްސަރވިސްގައި ހިމެނޭ އެހެނިހެން މުވައްޒަފުންނާއި، އިމާމުންނާއި މުދިމުން، ކައުންސިލްގައި މަސައްކަތް ކުރާ ސިވިލްސަރވަންޓުން ކަމަށެވެ.

އެގޮތުން 2024 ވަނަ އަހަރަށް ފާސްކުރާ ބަޖެޓުގައި ޖަނަވަރީމަހުން ފެށިގެން އެ ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް އެދުވަހު ވިދާޅުވި އެވެ.

ފުލުހުންނާ ސިފައިންނަށް އިޝާރަތްކުރައްވައި ވާހަކަ ދައްކަވަމުން ރައީސް އެދުވަހު ވިދާޅުވީ ފުލުހުންގެ ކޮންސްޓަބަލްގެ މިހާރު މުސާރައަކީ 11،000 ރުފިޔާ ކަމަށާއި، ގެނެވޭ ބަދަލާއެކު 15،400 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށާއި، އެވްރެޖްކޮށް ކޮންމެ މީހެއްގެ މުސާރަ 40 އިންސައްތައިގެ އިތުރުވުމެއް އަންނާނެ ކަމަށެވެ.

އަދި ސިފައިންގެ ޕްރައިވެޓަކަށް މިހާރު ލިބެނީ 11،000 ރުފިޔާ ކަމަށާއި، ބޮޑުވުމާއެކީގައި 16،100 ރުފިޔާއަށް ބަދަލުވެގެންދާނެކަމަށް ރައީސް އެދުވަހު ވިދާޅުވިއެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މީގެ ކުރިން ވަނީ ބަދަލު ގެނެސްފަ އެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް