Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޚިދުމަތް ޖަމިއްޔާ

ޚިދުމަތް ޖަމިއްޔާއިން ދިވެހިންގެ ފަރާތުން ޣައްޒާ އާއި މޮރޮކޯއަށް އެހީ ފޯރުކޮށްދެނީ

ހާލުގައި ޖެހިފައިވާ އާއިލާތަކަށް ވަނީ ކާބޯތަކެއްޗާއި ފައިސާގެ އެހީ ފޯރުކޮށްދީފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2023 | ބުދަ 02:38
ޚިދުމަތް ޖަމިއްޔާއިން ތުރުކީގެ ޖަމިއްޔާއަކާ ގުޅިގެން ފަލަސްތީނަށް އެހީ ފޯރުކޮށްދެނީ

ޚިދުމަތް ޖަމިއްޔާއިން ތުރުކީގެ ޖަމިއްޔާއަކާ ގުޅިގެން ފަލަސްތީނަށް އެހީ ފޯރުކޮށްދެނީ

މޮރޮކޯ އާއި ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިވެހިންގެ ފަރާތުން، ޚިދުމަތް ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެ ޖަމިއްޔާއިން މި އެހީތަށް ފޯރުކޮށްދެމުން ދަނީ އެކި އެހެނިހެން ޖަމިއްޔާތަކާ ގުޅިގެންނެވެ. އެގޮތުން އެ ޖަމިއްޔާއިން ވަނީ ތުރުކީގެ "ޗާންސޫޔޫ" މެދުވެރިކޮށް ޣައްޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ހޮޓްމީލް ޕެކް ހަދިޔާކޮށްފައެވެ. އަދި ޝިފާ ހޮސްޕިޓަލަށް ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ވެސް ހަދިޔާ ކޮށްފައިވާއިރު މިދާދު ފަލަސްތީނާ ގުޅިގެން އެ ޖަމިއްޔާއިން ވަނީ ޣައްޒާގެ އާއިލާތަކަށް ފައިސާގެ އެހީވެސް ފޯރުކޮށްދީފައެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ދުވަހަކަށްފަހު ދުވަހެއް ވަރުގަދަކުރަމުންދާއިރު މީގެ ސަބަބުން ޣައްޒާގެ ހާލަތު ދަނީ ގޯސްވަމުންނެވެ. ހުއްޓުމެއްނެތި މިސްކިތްތަކަށާއި ސްކޫލްތަކާއި ހޮސްޕިޓަލުތަކަށް އިސްރާއީލުން ދަނީ ބޮން އަޅަމުންނެވެ.

ޚިދުމަތް ޖަމިއްޔާގެ ޖެނެރަލް ސެކެރެޓްރީ އަހްމަދު ފައިސަލް ވީދާޅުވި ގޮތުގައި ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތް ދެ ގުނައަށް އިތުރުވެފައިވާއިރު އެހެން ޖަމިއްޔާތަކާ ގުޅިގެން އެ ޖަމިއްުޔާއިން ދަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އުފާވެރި ޚަބަރުތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވެސް ޚިދުމަތް ޖަމިއްޔާއިން ދަނީ އެހީތެރިވަމުންނެވެ. އެގޮތުން މި ހަފުތާގެ ތެރޭގައި އެ ޖަމިއްޔާގެ މަންދޫބުން ވަނީ މޮރޮކޯއަށް ގޮސް ބިންހެލުމުގައި ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ ފަރާތްތައް ދިރިއުޅެމުންދާ ހަ ޞަރަހައްދަކަށް އެހީގެ ތަކެތި ބަހާފައެވެ. މީގެ ތެރޭގައި މިއީ ފިނިމޫސުން ކަމަށްވުމުން ފިނިން ރައްކާތެރިވުމަށް ބޭނުންވާނެ ފިނި ހެދުމާއި ރަޖާއާއި ނިދާ ގޮދަޑި ހިމެނެއެވެ.

މީގެ އިތުރުން ކާބޯތަކެއްޗާއި ފައިސާގެ އެހީވެސް އެ ސަރަހައްދުގައި ތިބި އާއިލާތަކަށް ވަނީ ފޯރުކޮށްދީފައެވެ. މޮރޮކޯއިން އެހީގެ ތަކެތި ބެހި ސަރަހައްދުތަކަކީ އަސްނީ, އަޣްބަލޫ, މައުލާ އިބްރާހީމް, އަނާނީ, ތިނިރިތް, ތުފްޚާތް، ތަމްގްންސްއެވެ.

ޚިދުމަތް ޖަމިއްޔާ މެދުވެރިކޮށް ޣައްޒާ އާއި މޮރޮކޯގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް މި އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

ޚިދުމަތް- ބީއެމްއެލް އިސްލާމިކް

ރުފިޔާ-  7770000141499 

ޑޮލަރު-   7770000129942

ޚިދުމަތް ޖަމިއްޔާޣައްޒާމޮރޮކޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު