Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝެންގެން ވިސާ

ޝެންގެން ގައުމުތަކަށް އީ-ވިސާއަށް އެދެވޭ ގޮތް ހަދަނީ

ޝެންގެން ވިސާއަކީ ޔޫރަޕުގެ 25 ގައުމެއް ހިމެނޭ، ޝެންގެން ސަރަހައްދަށް ދަތުރުކުރުމަށް ނަގާ ވިސާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ނޮވެމްބަރު 2023 | އަންގާރަ 14:12
ބްރަސްލްްސްގައި ހުންނަ، ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަން ހެޑްކުއާޓަރ

ބްރަސްލްްސްގައި ހުންނަ، ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަން ހެޑްކުއާޓަރ

ޝެންގެން ސަރަހައްދުގައި ހިމެނޭ ގައުމުތަކަށް ދާ ދިވެހިންނަށް އީ-ވިސާއަށް އެދެވޭ ގޮތް ހަދަން ނިންމައިފިއެވެ.

މި ބަދަލު އަންނާނެކަމަށް ފޮޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އަންގާރަ ދުވަހު ވިދާޅުވީ، ޝެންގެން ސަރަހައްދަށް ވިސާ ނެގުމަށް އޮންލައިންކޮށް އެދެވޭނެގޮތަށް، ވިސާއާބެހޭ އައު ގަވާއިދުތަކެއް ފާސްކުރުމަށް ޔޫރަޕިއަން ކައުންސިލުން ނިންމުމާ ގުޅިގެންނެވެ. އެ ނިންމުމަށް އެމަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ، މި ނިޒާމު ފެށުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަވުމުން، ޝެންގެން ވިސާއަށް އެދޭ ދިވެހިންނަށް އީ-ވިސާ ލިބޭނެ މަގުފަހިވެގެންދާނެ ކަމަށެވެ. އެހެންވެ، ޔޫރަޕިއަން ކައުންސިލަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޔޫރަޕިއަން ކައުންސިލުގެ މި ނިންމުމާއެކު، އިދާރީ ތައްޔާރީތަކަށްފަހު އެކަން ތަންފީޒުކުރެވޭނެ ތާރީޚެއް އިއުލާންކުރާނެއެވެ. މި އިންތިޒާމު ހަމަޖެހިގެން ދިއުމުން، ޝެންގެން ވިސާ ހޯދުމަށް ދިވެހިން ބޭރުގެ އެއްވެސް ގައުމަކަށް ދާން ނުޖެހޭނެކަމަށާއި ރާއްޖޭގައި ތިބެގެން އޮންލައިންކޮށް ވިސާއަށް އެދެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޝެންގެން ވިސާއަކީ ޔޫރަޕުގެ 25 ގައުމެއް ހިމެނޭ ޝެންގެން ސަރަހައްދަށް ދަތުރުކުރުމަށް ނަގާ ވިސާއެކެވެ. މި ވިސާއާއެކު، އެ ސަރަހައްދުގެ އެއް ގައުމަކަށް ވިސާއާއެކު ވަނުމަށްފަހު، 90 ދުވަހުގެ ތެރޭގައި އެ ސަރަހައްދުގެ ހުރިހާ ގައުމަކަށްވެސް ބޯޑަރު ކޮންޓްރޯލަކާނުލައި ވަދެވޭނެއެވެ.

ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ޔޫރަޕިއަން ޔޫނިއަންއާއެކު ފޮރިން މިނިސްޓްރީން ވަނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެ މިނިސްޓްރީން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ކުރިން ވިސާ ނެގުމަކާނުލައި، ދިވެހި ޕާސްޕޯޓުގައި 101 ގައުމަކަށް ދަތުރުކުރެވެއެވެ. މިއީ މި ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓެކެވެ.

ޝެންގަން ވިސާ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2023

ރާއްޖޭގައި ތިބެގެން ފްރާންސް، ސްޕެއިން އަދި ޕޯޗުގަލްގެ ޝެންގެން ވިސާ ނެގޭ ގޮތް ހަދައިފި

14 ނޮވެމްބަރު 2023
ރާއްޖޭގައި ތިބެގެން ފްރާންސް، ސްޕެއިން އަދި ޕޯޗުގަލްގެ ޝެންގެން ވިސާ ނެގޭ ގޮތް ހަދައިފި
07 ޑިސެމްބަރު 2022

ޝެންގެން ވިސާގެ ލުއިތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

07 ޑިސެމްބަރު 2022
ޝެންގެން ވިސާގެ ލުއިތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
24 ފެބުރުއަރީ 2017

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

24 ފެބުރުއަރީ 2017
ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު