Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޮރިން މިނިސްޓްރީ

ރާއްޖޭގައި ތިބެގެން ފްރާންސް، ސްޕެއިން އަދި ޕޯޗުގަލްގެ ޝެންގެން ވިސާ ނެގޭ ގޮތް ހަދައިފި

ވީއެފްއެސް މާލެ ހުޅުވީ 1 މާރިޗު 2020ގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2023 | އަންގާރަ 00:27
ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ

ފްރާންސް، ސްޕެއިން އަދި ޕޯޗުގަލްއަށް ދާ ދިވެހިންނަށް މާލެއިން ޝެންގެން ވިސާ ނެގޭނެ ގޮތް ފޮރިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ޝެންގެން ވިސާއަކީ ޔޫރަޕުގެ 25 ގައުމެއް ހިމެނޭ ޝެންގެން ސަރަހައްދަށް ދަތުރުކުރުމަށް ނަގާ ވިސާއެކެވެ. މި ވިސާއާއެކު އެ ސަރަހައްދުގެ އެއް ގައުމަކަށް ވިސާއާ އެކު ވަނުމަށް ފަހު، 90 ދުވަހުގެ ތެރޭގައި އެ ސަރަހައްދުގެ ހުރިހާ ގައުމަކަށްވެސް ބޯޑަރު ކޮންޓްރޯލަކާ ނުލައި ވަދެވޭނެއެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީން އާދީއްތަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެވޭ އިންތިޒާމު ހަމަޖެއްސުމަށް ހުޅުވި ވީއެފްއެސް ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރު (ވީއެފްއެސް މާލެ) ގެ ސަބަބުން ޝެންގެން ވިސާ ހޯދުމަށް މީގެ ކުރިން އުފުލާންޖެހުނު ތަކުލީފުތައް ނައްތާލެވި، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދިޔަކަމަށް ދެކޭ ކަމަށެވެ. ވީއެފްއެސް މާލެ ހުޅުވީ 1 މާރިޗު 2020ގައެވެ.

ވީއެފްއެސް މާލެ ސެންޓަރުން ޔޫރަޕުގެ ގިނަ ޤައުމުތަކަކަށް ޝެންގެން ވިސާއަށް ރާއްޖެއިން އެޕްލައިކުރުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ. މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް ޝެންގަން ޒޯނުގައި ހިމެނޭ ގައުމުތަކުގެ ޚާރިޖީ ވުޒާރާތަކާއެކު ކުރެވުނު ކާމިޔާބު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ވީއެފްއެސް މާލެ ވިސާ ސެންޓަރާ ރަސްމީކޮށް ސްވިޓްޒަލެންޑުން 21 އޮގަސްޓު 2023ގައި ގުޅިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސްވިޒަލެންޑުން ވީއެފްއެސް މާލެ ސެންޓަރާ ގުޅުމުން އެ ސެންޓަރު މެދުވެރިކޮށް ސްވިޒެލެންޑާއި ޕޮލެންޑާއި ލަގްޒެމްބަރގް އަދި ސްލޮވީނިއާ ޝެންގެން ވިސާއަށް އެދި ހުށަހެޅޭނެއެވެ.

މީގެ އިތުރުން އާދީއްތަ ދުވަހުން ފެށިގެން ފްރާންސާއި ސްޕެއިން އަދި ޕޯޗުގަލްގެ ޝެންގެން ވިސާއަށް ވެސް އެ ސެންޓަރު މެދުވެރިކޮށް ހުށަހެޅޭ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ވީއެފްއެސް މާލެ ސެންޓަރު ހުޅުވުމުގެ ކުރިން ދިވެހިން، ޝެންގެން ވިސާ ނަގަން ޖެހެނީ އަވަށްޓެރި ސްރީލަންކާ އަށް ނުވަތަ އިންޑިއާއަށެވެ.

ފޮރިން މިނިސްޓްރީޝެންގަން ވިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

14 އޮކްޓޯބަރު 2025
ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

23 ސެޕްޓެމްބަރު 2025
ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި

ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި

22 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު