Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝެންގެން ވިސާ

ޝެންގެން ވިސާގެ ލުއިތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އިޓަލީއާއި، ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ރާއްޖެއިން ބާއްވާ ގުޅުން މުހިއްމު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2022 | ބުދަ 08:00
ޝެންގެން ވިސާގެ ލުއިތަކާއި ގުޅޭގޮތުން މަޝްވަރާކުރުން

ޝެންގެން ވިސާގެ ލުއިތަކާއި ގުޅޭގޮތުން މަޝްވަރާކުރުން

ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމުގައި މިހާރަށް ވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

އިލެކްޓޯރަލް ކެމްޕެއިން ބިޑް ކޮމިޓީގެ ރައީސް ޑރ ގައެޓާނޯ ކަސްޓެލިނީ ކަރިއަލްއާ ބުދަ ދުވަހު މިނިސްޓަރު ވަނީ ބައްދަލު ކުރައްވާފައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމުގައި މިހާރަށް ވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މިއީ ޑރ ގައެޓޯނާ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ އިޓަލީއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ރާއްޖެއިން ބާއްވާ ގުޅުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަތުމުގައި އިޓަލީގެ ބައިވެރިވުން އޮތް މިންވަރަށްވެސް މިނިސްޓަރު ވަނީ އަލިއަޅުވާލައްވާފައެވެ.

މިނިސްޓަރު ވަނީ ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމުގައި މިހާރަށް ވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށާއި، ރާއްޖެއިން ބާނާ މަހަށް ޔޫރަޕްގެ މާކެޓްގައި ފުރުސަތުތައް ފަހިކޮށް ދިނުމުގެ ގޮތުން، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ނުވަތަ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އިޓަލީވިލާތުން ޝެންގެން ވިސާ ރާއްޖެއިން ލިބޭނެ ގޮތް ހަމަޖެއްސެވުމުން ރާއްޖެއިން ޔޫރަޕުގެ ފަސް ގަޢުމެއްގެ ޝެންގެން ވިސާ ލިބިގެން ދާނެއެވެ. އެއީ ޖަރުމަނުވިލާތާއި ޗެކްރިޕަބްލިކު، އޮސްޓަރިޔާއާއި ހަންގޭރީ އަދި އެންމެ ފަހުން ހަމަޖެހުނު އިޓަލީ ވިލާތެވެ.

އޭގެ އިތުރުން، ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހި ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ޚަލީލުއާއި، ޖޮއިންޓް ސެކެޓަރީ މަރިޔަމް މިފްދާ ނައީމްގެ އިތުރުން، އެސިސްޓެންޑް ޑިރެކްޓަރ މުހައްމަދު ޝައްފާއު އިބްރާހިމްއާއި، އެސިސްޓެންޑް ޑިރެކްޓަރ އައިޝަތު ރަޔަހީން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޑރ ގައެޓޯނާގެ އަރިހުގައި އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރީތާ ޖޫލިއާނާގެ އިތުރުން، އޮނަރަރީ ކޮންސުލް ރިޕްރެޒެންޓޭޓިވް އޮފް އިޓަލީ އިން މޯލްޑިވްސް، ޖޯޖިއާ މަރާޒީ ބައިވެރިވެވަޑައިގެންފައިވެއެވެ.

ޝެންގަން ވިސާޚާރިޖީ ވުޒާރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު