Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަޕްލިމެންޓްރީ ބަޖެޓް

ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް މާދަމާ ފަށާ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި

ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތަށް ކޮމިޓީގައި ހޭދަކުރާނީ 2 ދުވަސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2023 | އަންގާރަ 06:12
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތް ވަނީ ފާސްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތް ވަނީ ފާސްކޮށްފައި

ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ބުދަ ދުވަހު ފަށާ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފިއެވެ.

މިއަހަރަށް އިތުރަށް 6.509 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ފިނޭންސުން ލަފާކޮށް މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅީ އޮކްޓޯބަރު 18 ވަނަ ދުވަހުއެވެ. ސަޕްލިމަންޓްރީ ބަޖެޓުގައި މައިގަނޑުގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅާފައިވަނީ، ޕީއެސްއައިޕީއާއި އާސަންދަ އަދި ސަބްސިޑީއަށް ކުރާ ޚަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަނަށެވެ.

އެގޮތުން، ސަބްސިޑީއަށް 1.85 ބިލިއަން ރުފިޔާ އިތުރަށް ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު އާސަންދައަށް 1.26 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.78 ބިލިއަން ރުފިޔާ އިތުރަށް ހޭދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެނޫން ޚަރަދުތައްވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ޚަރަދު ކުޑަކުރުމަށް ރާވާފައިވާ ގިނަ ފިޔަވަޅުތައް ރާވާފައިވާ ގޮތަށް ތަންފީޒުވެފައި ނުވާކަމަށެވެ. އެހެންކަމުން، އެކަންކަމުން ލިބޭނެ ކަމަށް އަންދާޒާކުރާ ސޭވިންގް މިހާރު ދަށްވެފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ބުދަ ދުވަހު ކުރިއަށް ގެންގޮސް، އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް 5 މިނެޓް އަދި ރިޕޯޓަށް 2 މިނެޓް ދެއްވުމަށްފަހުގައި، ކޮމިޓީގެ 2 ދުވަހުގެ މަސައްކަތް ހިންގުމަށްފަހުގައި ކޮމިޓީ ރިޕޯޓުގެ މަރުހަލާ ނިންމާ ބަޖެޓް ފާސްކުރުމަށް ހުށަހެޅީ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲއެވެ. މި ހުށަހެޅުމަށް ތާއިދު ކޮށްފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސްކުރުން އެއްދުވަހަށް ކުރިއަށް ގެންގޮސް އެ ބަހުސްގައި އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް 5 މިނެޓުގެ ފުރުސަތެއް ދީ، ބަހުސައްފަހު ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ފޮނުވާ، ކޮމިޓީގައި ދެދުވަހުގެ މަސައްކަތް ހިނގުމަށްފަހުގައި ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރަން އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް 2 މިނެޓުގެ ފުރުސަތެއް ދިނުމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހަޅުއްވާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ތާއިދުކުރެއްވި ހުށަހެޅުމާއި ގުޅޭގޮތުން ނެގުނު ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ވަނީ އެގޮތަށް ފާސްކޮށްފައެވެ.

މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 38 މެންބަރުންނެވެ. އެހެންކަމުން ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި މި މަސައްކަތް ހިމަނާ ސަޕްލިމެޓްރީ ބަޖެޓުގެ ބަހުސް ފެށުމަށް ވަނީ ހިމަނާފައެވެ.

ސަޕްލިމެންޓްރީ ބަޖެޓްރައްޔިތުންގެ މަޖިލިސްފިނޭންސް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު