Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާތައް ހިންގުން

މީޑިއާތަކަށް ޚާއްޞަ ވިލެޖަކާއި މީޑިއާ ކްލަބެއް މާލެ ސަރަހައްދުގައި ތަރައްޤީކުރަނީ

މީޑިއާއަށް އޮތް މާލީ ދަތިކަން ހައްލު ކޮށްދެއްވުމުގެ ގޮތުން މީޑިއާތަކަށް ބަޖެޓެއް ކަނޑައަޅުއްވާނެ ކަަމަށް ވެސް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2023 | އަންގާރަ 04:05
ނޫސްވެރިން

ނޫސްވެރިން

މީޑިއާ ހިންގަން ޚާއްޞަ ވިލެޖަކާއި މީޑިއާ ކްލަބެއް މާލެ ސަރަހައްދުގައި ތަރައްޤީކުރައްވަން ނިންމަވާފައިވާ ކަމަށް އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެކަން ހާމަަކުރެއްވީހޯމަ ދުވަހުގެ ރޭ ނޫސްވެރިންނަށް ޚާއްސަކޮށްގެން ސެންޓަރުގައި ބޭއްވި"ނޫސްވެރިންގެ ގުލްޒާރު" ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޚާއްސަ މީޑިއާ ކްލަބެއްވެސް ޤާއިމްކޮށްދެއްވާނެ ކަމަށެވެ. މީޑިއާތައް ހިންގުމަށް ބޮޑު ހޭދައެއް ކުރަންޖެހޭކަން ފާހަގަކުރައްވާ މުއިއްޒު ވަނީ އެކަމަށް ވެސް ހައްލު ހޯއްދަވާދެއްވާނެ ކަަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މީގެއިތުރުން މީޑީއާތަކަށް ޚާއްސަކޮށްގެން ސަރަހައްދުން އެކަށީގެންވާ ފެސިލިޓީއެއް ގާއިމްކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީޑިއާތަކުން މިހާރު މަސައްކަތް ކުރަމުން ދަނީ ތަންތަން ކުއްޔަށް ހިފައިގެންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެއީ ވަގުތުން ވަގުތަށް ހައްލުކުރެވޭނެ ކަމެއްނޫން ކަަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ ނޫސްވެރިންގެ ހުނަރާއި ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކޮށްދެއްވާނެކަން ވިދާޅުވެފައެވެ.

ނޫސްވެރިންނަށް ޚާއްސަކޮށްގެން އެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ހިލޭ ސްކޮލަޝިޕްތަކެއް ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ މީޑިއާއަށް އޮތް މާލީ ދަތިކަން ހައްލު ކޮށްދެއްވުމުގެ ގޮތުން މީޑިއާތަކަށް ބަޖެޓެއް ކަނޑައަޅުއްވާނެ ކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު