Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެފްއޭއެމަށް ލިބޭ ފައިސާ އަމިއްލަ ފަރާތްތަކަށް ޖަމާވާކަމުގެ ހެކި އެބަ ހުރި: ފުލުހުން

އެ ތަހުގީގަކީ ސީދާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، އެ އިދާރާގެ އިސްވެރިންގެ މައްޗަށް ފަރުދީ ގޮތުން ކުރެވޭ ޖިނާއީ ތަހުގީގެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2023 | އަންގާރަ 00:40
ފުލުހުން އެފްއޭއެމް ބަަލައި ފާސް ކުރި ވަގުތު އެ އިދާރާގެ ރައީސް ބައްސާމް އެ ސަރަހައްދުގައި

ފުލުހުން އެފްއޭއެމް ބަަލައި ފާސް ކުރި ވަގުތު އެ އިދާރާގެ ރައީސް ބައްސާމް އެ ސަރަހައްދުގައި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެކޮޅަށް ދިވެހި ފުލުހުން ކުރިއަށް ގެންދަ ތަހުގީގުގައި، އެ އިދާރާ އަށް ލިބެމުން އަންނަ ފައިސާ އަމިއްލަ އެކައުންޓުތަކަށް ޖަމާވާ ކަމުގެ ހެކި ފެންނަން ހުރި ކަމަށް، ފުލުހުން ބުނެފި އެވެ.

އެފްއޭއެމްގެ މާލީ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ އޮކްޓޫބަރު އެ އިދާރާ އަށް ވަދެ، ބަލައި ފާސް ކުރުން ކުރިއަށް ގެންގޮސްފަ އެވެ. އެއަށްފަހު ތަހުގީގަށް ބޭނުންވާ ބައެއް ސާމާނު ފުލުހުން ވަނީ ގެންގޮސްފަ އެވެ.

އެކަމާ ގުޅިގެން މީޑިއާ ތަކަށް ފުލުހުން ބުނީ، އެ އިދާރާ އިން ކުރިއަށް ގެންދާ ތަހުގީގަކީ އެފްއޭއެމްގެ މައްޗަށް ހިންގާ ތަހުގީގެއް ނޫން ކަމަށެވެ. އަދި އެ ތަހުގީގަކީ ސީދާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، އެ އިދާރާގެ އިސްވެރިންގެ މައްޗަށް ފަރުދީ ގޮތުން ކުރެވޭ ޖިނާއީ ތަހުގީގެއް ކަމަށެވެ. މީގެ އިތުރުން އެފްއޭއެމަށް ފުލުހުން ވަދެ ބަލައި ފާސް ކުރަން ޖެހުނީ އެތަނުގައި ހުރި ލިޔެ ކިޔުންތަކާއި، ޑިޖިޓަލް ވަސީލަތްތަކުގައި އެ މައްސަލަތަކާއި ގުޅޭ ހެކި ގަރީނާ ލިބެން ހުރި ކަމަށް ޤަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތައް ހުރުމުން، ތަހުގީގު ބޭނުމަށް އެ ގަރީނާ ހޯދުމަށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ތަހުގީގުގައި މިހާތަނަށް ކުރެވުނު މަސައްކަތުގައި އެފްއޭއެމަށް ބޭރުގެ ބައެއް އިދާރާތަކުން ލިބޭ ފައިސާ، އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން އެނގޭ ސާފު ހެކި އެފްއޭއެމްގެ ބޭންކު ސްޓޭޓެމަންޓުން ފެންނަން ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެހެންކަމުން، އެފްއޭއެމްގެ މާލީ މުއާމަލާތްތަކަށް ތަފްސީލީ ގޮތެއްގައި ބަލަން ޖެހޭނެތީ، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ލަފަޔާއެކު، އެފްއޭއެމްގެ ޚާއްސަ އޯޑިޓެއް ހެދުމަށް އޮޑިޓަރ ޖެރަނަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަނެއްކޮޅުން، ބޭރުގެ އިދާރާތަކުން އެފްއޭއެމަށް ލިބުނު ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ގޮތް، ބޭންކު ސްޓޭޓްމަންޓުތަކުން ސާފުކޮށް ފެންނަން ހުރުމާއެކު، އެ މުއާމަލާތްތަކާއި ގުޅޭ ތަހުގީގުގެ ބައިގައި ވަކިން ދައުވާ ކުރުމާމެދު ޕީޖީ އޮފީހާއެކު ފުލުހުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން އެފްއޭއެމުން ވެސް ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އެފްއޭއެމުން ވަނީ އެ އިދާރާއާ ދެކޮޅަށް ކުރާ ތުހުމަތުތައް ދޮގު ކޮށްފަ އެވެ. އަދި އެ އިދާރާ އަށް އެއްވެސް ގޮތަކުން ލިބެމުން އަންނަ ފައިސާ އަކަށް، އެ އިދާރާގެ އެއްވެސް އިސްވެރިޔަކު އަދި މުވައްޒަފަކު ވެސް ޚިޔާނާތްތްތެރިވެފައި ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު