Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޤައުމާ މުޚާޠަބުކުރެއްވުން

އޮމާންކަމާއެކު ވެރިކަން ބަދަލުވީ މިފަހަރު، މީގެކުރިން ވޯޓުން ނުވިއްޔާ ދަނީ ކޯޓަށް، ނުވަތަ މަގުމައްޗަށް: ރައީސް ޞާލިޙު

11 ނޮވެމްބަރު 2023 | ހޮނިހިރު 05:42

ކޮވިޑް-19އަކީ އެމަނިކުފާނުގެ ޙަޔާތްޕުޅުގެ އިމްތިޙާނެއްކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ނޮވެމްބަރު 2023 | ހޮނިހިރު 05:42
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

އޮމާންކަމާއެކު ވެރިކަން ބަދަލުވީ ހަމައެކަނި މިފަހަރު ކަމަށާއި، މީގެކުރިން ވޯޓުން ނުވިއްޔާ ކޯޓާއި މަގުމަތިން އެކަން ކުރަން އުޅެފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދިވެހި ޖުމްހޫރީ ނިޒާމަށް 55 ފުރުމާ ގުޅިގެން ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، މީގެ 5 އަހަރުކުރިން ރާއްޖޭގެ ރައްޔިތުން އެ މަޤާމަށް އެމަނިކުފާނު އިންތިޚާބުކުރީ ސަަބަބުތަކެއް އޮވެގެންކަމަށާއި، ރައްޔިތުންގެ އުއްމީދުތަކެއް އޮތްކަމަށެވެ. އޭގެތެރޭގައި އަމާންކަމާއި ހަމަޖެހުން ޤައުމުގައި ޤާއިމުކޮށް، މިނިވަން ސިޔާސީ މާޙައުލެއް ޤާއިމު ކުރުމާއި، އަސާސީ ޚިދުމަތްތައް ތަރައްޤީކޮށްދިނުން ފަދަ ކަންކަން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް އަމާންކަމާއެކު ވެރިކަން ބަދަލުވާ މަންޒަރު ދެކެން ރައްޔިތުން ބޭނުންވާނެކަމަށެވެ.

ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ، އަސާސީ ޚިދުމަތްތައް ހުރިހާ ރައްޔިތުންނަށް ފަހިވެގެން މެނުވީ ފުރިހަމަ ޖުމްހޫރިއްޔާއެއް ޤާއިމު ނުވާނެކަމަށެވެ. މި ނިމިގެން ދިޔަ 5 އަހަރު އެ މަގަށް މަސައްކަތް ކުރެވިފައިވާކަން ރައީސްގެ ވާހަަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙު ވަނީ އެކަމުގެ ބައެއް މިސާލުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ބާރުތައް އެއްތަނަކަށް ޖަމާކޮށްގެން ކުރިނާރާކަން ރާއްޖޭގެ ތާރީޚުން ހެކިދޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ ތަރައްޤީއަށްވެސް އެޅޭ ހުރަހެއް ކަމަށެވެ

ރައީސް ވަނީ، މިދިޔަ 5 އަހަރުގެ ބައެއް ކާމިޔާބީތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އޭގެ ތެރޭގައި އެކި ރޮނގުރޮނގުން ސަރުކާރަށް ހޯދިފައިވާ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަން ފަދަ ބޮޑެތި ގޮންޖެހުންތައް މި ވެރިކަމުގައި ކުރިމަތިވެފައި ވާކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާޑާއި، ބޭހާއި ޚިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ގޮތަކަށް ޤައުމުގެ ކަންކަން އިންތިޒާމުކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ކޮވިޑް-19އަކީ އެމަނިކުފާނުގެ ޙަޔާތްޕުޅުގެ އިމްތިޙާނެއްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ އެންމެ ގިނަ ރޭ އަވަހާރަފުޅު ނުލެއްޕެވި ދިޔަ ސަަބަބުކަމުގައި ވިދާޅުވެފައެވެ.

ރައީސް ޞާލިޙު ވަނީ ދިވެހި ފުދުންތެރިކަން އިތުރުކުރުމާއި، އިޤްތިޞާދު ފުޅާކުރުމަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި، މިހާރު ފެށިފައިވާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.

އޭގެ ތެރޭގައި އެއާޕޯޓުތައް ތަރައްޤީކުރުމާއި، ފަތުރުވެރިކަމާއި މަސްވެރިކަން ފުޅާކުރުން ހިމެނެއެވެ.

ރައީސް ވިދާޅުވީ، ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުމުގެ ބާރު ކޯޓުތަކަށްވެސް ލިއްބައިދީފައި ވާނެކަމަށާއި، އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށް، ފަރުދީގޮތުން ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ސަރުކާރަށް ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުން ހިއްޕަވާފައި ވާނެކަމަށެވެ.

ރައީސް ވަނީ ސަރުކާރުގެ އިދާރާތަކާއި، ސަލާމަތީ ބާރުތަކާއި، ނޫސްވެރިންނާއި، ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކުރައްވައި، އަލަށް އިންތިޚާބުވި ސަރުކާރަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ގާސިމް ހައްޔަރުކުރުމަކީ އަމިއްލަފުޅު ވެރިކަން ހަތިމްކުރެއްވުން: އަމީން

07 އެޕްރީލު 2017
ގާސިމް ހައްޔަރުކުރުމަކީ އަމިއްލަފުޅު ވެރިކަން ހަތިމްކުރެއްވުން: އަމީން
04 އެޕްރީލު 2017

ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން

04 އެޕްރީލު 2017
ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން
01 އެޕްރީލު 2017

ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު

01 އެޕްރީލު 2017
ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު
31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
17 މާރިޗު 2017

އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް

17 މާރިޗު 2017
އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް