ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 13:32
ހުތުބާ އިއްވުން
ހުތުބާ އިއްވުން
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ގިޔާމަތް ދުވަހުން އިންސާނާ އަށް އަމާންކަން ލިބޭނީ އިންސާނާގެ ހިތް ރަނގަޅުކުރެވުނު މިންވަރަކުން - ޚުތުބާ
 
ހިތް އިސްލާހުކުރަން ވާނީ އެނާގެ ދުނިޔެ އާއި އާޚިރަތް ރަނގަޅުކޮށްދޭ މަންހަޖާއި އެއްގޮތަށް ކަމަށް ހުތުބާގައި ވަނީ ބުނެފައި
 
ހިތަށް އެ ނަން ކިޔުނީ ފުރޮޅޭލެއް ބޮޑުކަމުން ކަމަށާއި ހާލަތު ބަދަލުވާ ގޮތް އަވަސްވުމުން ކަމަށް ބުނެފައިވޭ
 
ފިތުނަ ފަސާދައިން ހިތް ހިމާޔަތްކޮށް، ހިތް ރައްކާކުރުމާއި ތެދު މަގުގައި ހިތް ދެމެހެއްޓުމުގެ މުހިންމުކަން ޚުތުބާގައި ހަނދާންކޮށްދީފަވޭ

ގިޔާމަތް ދުވަހުން އިންސާނާ އަށް އަމާންކަން ލިބޭނީ އިންސާނާގެ ހިތް ރަނގަޅުކުރެވުނު މިންވަރަކުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ސަލާމަތްވެގެންވާ ހިތް" މި މައުޞޫޢު އަށް ތައްޔާރުކޮށްފައިވާ ޚުތުބާގައި ބުނެފައި ވަނީ އީމާންކަމުން ފުރިގެންވާ ހިތަކަށް މެނުވީ މި ދުނިޔޭގައި ރަނގަޅު ހަޔާތެއް ނުލިބޭނެ ކަމަށެެވެ. އަދި އާޚިރަތް ދުވަހުން މަތިވެރި މަޤާމެއް ލިބޭނީ ވެސް ހިތް ރަނގަޅުވެގެން ކަމަށެވެ. ޚުތުބާގައި ބުނީ ކުފުރާއި ފާސިގުކަމުން ފުރިފައިވާ ހިތެއްގެ ވެރިއަކަށް ލިބޭނީ މާތްﷲ ގެ ކޯފާ އާއި މީސްތަކުންގެ ރުޅިވެރިކަން ކަމަށެވެ.

މީގެއިތުރުން އިންސާނާ ހައްދަވާފައި ވަނީ މާއްދީ ހަށިގަނޑާއި، ރޫހާނީ ފުރާނަ އާއި އެކުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އިންސާނާ އަށް މި ހަޔާތުގައި އޭނާގެ ދައުރު އަދާކުރެވޭނީ ރޫހާނީ ބަޔަށް އިސްކަންދީ އެބައި ފުރިހަަމަކޮށްގެން ކަމުން، އެކަން ކުރުމަށް ޓަކައި އިންސާނާ އަށް ބޭނުންވާ ލަގަނަކީ އޭނާގެ ހިތް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. މާތްﷲ ގެ ފޮތުގައި ވެސް ހިތްތަކުގެ ހާލަތުތައް ބަޔާންކުރައްވާއިވާ ކަމަށާއި އޭގެ ތެރެއިން އެއް ހާލަތަކީ ސަލާމަތުންވާ ހިތް ކަމަށް ޚުތުބާގައި ވެއެވެ. އޭގެ މާނައަކީ ކުފުރުގެ އެއްވެސް ކިލަނބުކަމެއް ނެތް، ނިފާގުގެ އެއްވެސް އަސަރެއް ނެތް، ޝަހުވަތްތަކާއި، ފުދުންތަކުން އެއްކިބާވެފައިވާ ހިތެއް ކަމުގައި ބުނެފައިވެއެވެ.

ހިތްތަކުގެ އަނެއް ހާލަތަކީ މާތްﷲ އަށް ކާފިރުވެ، މާތްﷲގެ ބަސްފުޅަސް އުރެދުމުގެ މަތީގައި މަރުވި ހިތެވެ. އަދި ތިން ވަނަ ހާލަތަކީ ބަލިމަޑުކަމުގެ ހާލަތުގައިވާ ހިތް ކަމަށް ވަނީ ބުނެފައެވެ. އެއީ އީމާންކަން މަތީ ސާބިތު ނުވެވި މުނާފިގުކަން އެ ހިތުގައި އެނބުރޭ ހިތެވެ. މުށްވަރެއްހާ ކުޑަ ބިންކޮޅުގައި އީމާންކަމުގެ ގަސް އިންދާ މަތިވެރި އަހުލާގުގެ ކާދުން އެ ގަހަށް ކާންދީ އިހުލާސްތެރިކަމުން ފެންދީ ހައްދައިފި ނަމަ، އެ ގަހުގައި އަލާ މޭވާ ފޮނިވާނެ ކަމަށް ޚުތުބާގައިވެއެވެ. އަދި ބަސްތަކާއި އަމަލު ރިވެތިވާނެ ކަމަށާއި އެއާއި ޚިލާފަށް ބިމުގައި ކުފުރުގެ ގަސްއިންދާ އުރެދުންތެރިކަމުގެ ފެނުން ފެންދީފި ނަމަ އެ ގަހުގައި އަލާނެ މޭވާ އަކީ ނުބައި އަމަލުތައް ކަމަށް ވަނީ ބުނެފައެވެ. އެ ގަސް ވާނީ ޖަހަންނަމައިގެ ދަރަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެެ. އެ ދަރުން އެންމެ ފުރަތަމަ އަނދާނީ އެ ގަސް އިންދާ މީހާގެ އަތް ކަމަށް ވެސް ވަނީ ބުނެފައެވެ.

ޚުތުބާގައި އިތުރަށް ބުނެފައި ވަނީ ހިތަށް އަރަބި ބަހުން ކިޔާ ނަމުގެ މާނައަކީ ފުރޮޅުން ކަމަށެވެ. ހިތަށް އެ ނަން ކިޔުނީ ފުރޮޅޭލެއް ބޮޑުކަމުން ކަމަށާއި ހާލަތު ބަދަލުވާ ގޮތް އަވަސްވުމުން ކަމަށް ބުނެފައިވެއެވެ. އެހެންކަމުން ހިތް ރައްކާތެރިކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށާއި ކޮންމެ އިންސާނަކު ވެސް އޭނާގެ ނިމުން ހެޔޮ އަމަލުތަކުން ނިންމާލެވޭތޯ ގަދަ އަޅާ މަސައްކަތްކުރަން ވާނެ ކަމަށް ވަނީ ބުނެފައެވެ.

މިއީ އިސްލާމީ ރިވެތި އަހުލާގު ކަމަށާއި އީމާންކަމުން ބަބުޅާ ހިތްތަކަކީ މި ބިންމަތީގަ ނަސީބުވެރިން ކަމަށް ވަނީ ބުނެފައެވެ. އެއީ އާޚިރަތުގެ ބާއްޖަވެރިން ކަމަށާއި އެ މީހުންނަކީ އިސްލާމްދީން ތަމްސީލްކުރާ ހެޔޮ ނަމޫނާތައް ކަމަށް ވަނީ ބުނެފައެވެ. އެތެރެފުށާއި ބޭރު ފުށް އެއްގޮތް ކަމަކީ އީމާންކަމައި އަމަލު އެއްގޮތްވުން ކަމަށް ސިފަކޮށް ޚުތުބާގައި ބުނެފައި ވަނީ އެއީ މި ބިންމަތީގައި ހިނގާ އުޅޭ ސުވަރުގޭގެ އަހުލުވެރިން ކަމަށެވެ. އެ ހިތް އިސްލާހުކުރަން ވާނީ އެނާގެ ދުނިޔެ އާއި އާޚިރަތް ރަނގަޅުކޮށްދޭ މަންހަޖާއި އެއްގޮތަށް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ފިތުނަ ފަސާދައިން ހިތް ހިމާޔަތްކޮށް، ހިތް ރައްކާކުރުމާއި ތެދު މަގުގައި ހިތް ދެމެހެއްޓުމުގެ މުހިންމުކަން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
ފިކުރީ ހަނގުރާމާގައި ޒުވާނުންގެ ސިކުނޑިއަށް ކަލަކު ވޮޑިގެންނުވާކަން ވިސްނައިދިނުމަށް ދަނީ މަސައްކަތްކުރަމުން: ޚުތުބާ
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
މިގައުމުގައި ހެޔޮލަފާ މުޖްތަމައެއް ބިނާކުރުމަށް މިވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައި: ޚުތުބާ
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ރަމަޟާން މަހު ހަޔާތަށް ބޮޑުބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ، ދެވަނަ ފަހަރަށް މިފަދަ ފުރުސަތެއް ނުލިބިދާނެ: ޚުތުބާ