Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޕީއޭ

އިރުވައި މޫސުމުގައި ހިޖުރަ ކުރާ ދޫނިތައް ނުހިފަން އީޕީއޭއިން ހަނދާންކޮށްދީފި

10 ނޮވެމްބަރު 2023 | ހުކުރު 06:29

ގުދުރަތީ މާހައުލުގައި ދިރިއުޅޭ ދޫނިތަކަށް ކާންނުދިނުމަށް އިލްތިމާސްކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 ނޮވެމްބަރު 2023 | ހުކުރު 06:29
ގުޑުގުޑާ ދޫނިތައް ހދ. ކުޅުދުއްފުށި ކުޅީގައި

ގުޑުގުޑާ ދޫނިތައް ހދ. ކުޅުދުއްފުށި ކުޅީގައި

އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ނުހިފުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހަނދާންކޮށްދީފިއެވެ.

އެ އިދާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުގެ އިރުވައި މޫސުމާ ދިމާކޮށް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ކަމަށެވެ. މިގޮތަށް ހިޖުރަކުރާ ދޫނިތަކަކީ ރާއްޖޭގެ "ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާ ބެހޭ ގާނޫނު" ގެ ދަށުން ހެދިފައިވާ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދު" ގެ ދަށުން ހިމާޔަތް ކުރެވިފައިވާ ދިރުންތައް ކަމަށާއި އެފަދަ ދޫނިތައް ހިފައި އެތަކެތި ގެންގުޅުމަކީ މަނާ ކަމެއް ކަމަށް އީޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

އީޕީއޭއިން ބުނި ގޮތުގައި ރާއްޖޭގައި ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މޫސުމާ ގުޅިގެން ރާއްޖެއަށް ހިޖުރަކުރާ ބާވަތްތަކުގެ ދޫންޏެވެ. އެހެންވެ އެތަކެތި ރައްކާތެރިކުރުމަކީ ރާއްޖޭގެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ގުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަން އެ އިދާރާއިން ފާހަގަކުރެއެވެ.

އިރުވައި މޫސުމާ ގުޅިގެން ރާއްޖެއަށް ތަފާތު ބާވަތްތަކުގެ ދޫނި ހިޖުރަކުރާއިރު މި ދުވަސްވަރާ ދިމާކޮށް އެފަދަ ދޫނިތައް، ވިޔަފާރީގެ ބޭނުމަށާއި މުނިފޫހިފިލުވުމަށް ހިފާ ގެންގުޅޭކަން ފާހަގަކުރެވޭ ކަމަށް އީޕީއޭއިން ބުނެއެވެ. އެ އިދާރާއިން މިހެން ބުނެފައިވާއިރު ރާއްޖެއަށް އައި ގުޑުގުޑާ ދޫނިތަކެއް ވެސް ހިފައި އޭގެ ވިޔަފާރި ކުރުމާއި ގެންގުޅުން ފަދަ ކަންކަން މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. މިފަދަ އަމަލުތަކުން ދުރުވެ، ހެދިފައިވާ ގާނޫނާއި ގަވާއިދުތަކަށް އެންމެންވެސް އަމަލުކުރުމަށް އީޕީއޭއިން ބާރު އަޅައެވެ.

ގަވާއިދާ ޚިލާފަށް ދޫނިތައް ހިފައި، ގެންގުޅޭ ފަރާތެއް އެނގޭނަމަ އީޕީއޭ (7980379 ނުވަތަ secretriate@epa.gov.mv) އާ އެ މައުލޫމާތު ހިއްސާ ކުރުމަށް އެ އެޖެންސީއިން އެދެއެވެ.

ހިޖުރަ ކުރާ ދޫނިތަކުގެ އިތުރުން ބަލިވެފައިވާ ނުވަތަ އަނިޔާވެފައިވާ އަތްމަތީ ދޫންޏެއް ފެނިއްޖެނަމަ އަމަލު ކުރަންވީ ގޮތް ވެސް އީޕީއޭއިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ދޫނީގެ ހާލަތު ބެލުމަށް ކައިރިއަށްގޮސް އުދުހޭތޯ ޔަގީން ކުރުމަށާއި އެ ދޫނި ބަލިކަން ފާހަގަކުރެވޭނަމަ ދޫނީގެ ފޮޓޯއާއި ފެނުނު ތަނުގެ މައުލޫމާތު އީޕީއޭގެ ހޮޓްލައިން 7980379 އާ ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

ގުދުރަތީ މާހައުލުގައި ދިރިއުޅޭ ދޫނިތަކަށް ކާންނުދިނުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެފަދަ ދޫނިތަކަށް ކާންދިނުމަކީ އެތަކެތީގެ ގުދުރަތީ ސިފަތަކަށް ނުވަތަ އިންސްޓިކްޓަށް ބަދަލު އައިސް އިންސާނުންގެ ފަރާތުން ޖެހޭ ބަލިތަކަށް ހުށަހެޅިގެންދާ ކަމެއް ކަން އެ އިދާރާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން އެފަދަ ދޫނިތައް ހިފައި އޮޅުކޮށްގެން ގެންގުޅުމަކީ އެ ދޫނިތަކުގެ އާބާދީއަށް އޭގެން ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަން ވެސް އީޕީއޭއިން ފާހަގަކުރެއެެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2020

ހިޖުރަކުރާ ދޫނިތައް ހިފާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

23 އޮކްޓޯބަރު 2020
ހިޖުރަކުރާ ދޫނިތައް ހިފާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ
05 ޖޫން 2020

ހިޖުރަވެރިންގެ ހައްގުތައް ކަށަވަރުކުރުމާއި ގުޅޭ ހާއްސަ ވެބިނަރއެއް ބާއްވަނީ

05 ޖޫން 2020
ހިޖުރަވެރިންގެ ހައްގުތައް ކަށަވަރުކުރުމާއި ގުޅޭ ހާއްސަ ވެބިނަރއެއް ބާއްވަނީ
15 ޖެނުއަރީ 2020

އެޖެންޑާ19 ރަށަށް: ތިލަދުންމަތީ "އިރުވައި ކޮންފަރެންސް" ނިންމާލައިފި

15 ޖެނުއަރީ 2020
އެޖެންޑާ19 ރަށަށް: ތިލަދުންމަތީ "އިރުވައި ކޮންފަރެންސް" ނިންމާލައިފި
15 ޖެނުއަރީ 2020

ތިލަދުންމަތީ "އިރުވައި ކޮންފަރެންސް" ފަށައިފި

15 ޖެނުއަރީ 2020
ތިލަދުންމަތީ "އިރުވައި ކޮންފަރެންސް" ފަށައިފި
12 ޖެނުއަރީ 2020

މިއަހަރުގެ ހޫނު މޫސުމުގައިވެސް ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދެވޭނެ: މިނިސްޓްރީ

12 ޖެނުއަރީ 2020
މިއަހަރުގެ ހޫނު މޫސުމުގައިވެސް ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދެވޭނެ: މިނިސްޓްރީ
30 އޯގަސްޓު 2019

ހިޖުރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅަކީ، އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަން: ރައީސް

30 އޯގަސްޓު 2019
ހިޖުރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅަކީ، އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަން: ރައީސް
11 ޖުލައި 2019

ހިޖުރަކުރުމާއި ބެހޭ ސިޔާސަތެއް އެކުލަވާލަނީ

11 ޖުލައި 2019
ހިޖުރަކުރުމާއި ބެހޭ ސިޔާސަތެއް އެކުލަވާލަނީ
03 މާރިޗު 2019

އޭދަފުއްޓަށް މީހުން ހިޖުރަ ކުރިތާ 50 އަހަރު ފުރޭ ރަންޔޫބިލް ފާހަގަ ކުރުން

03 މާރިޗު 2019
އޭދަފުއްޓަށް މީހުން ހިޖުރަ ކުރިތާ 50 އަހަރު ފުރޭ ރަންޔޫބިލް ފާހަގަ ކުރުން
25 މެއި 2018

ހުޅަނގު މޫސުމުގައި ފޯކާއިދޫ އޮނޑިފަހަރު މިލަންދޫއަށް

25 މެއި 2018
ހުޅަނގު މޫސުމުގައި ފޯކާއިދޫ އޮނޑިފަހަރު މިލަންދޫއަށް
24 ސެޕްޓެމްބަރު 2017

ބަނގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޖާ މުސްލިމުންގެ އަދަދު 436000 އަށް އަރައިފި :އދ

24 ސެޕްޓެމްބަރު 2017
ބަނގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޖާ މުސްލިމުންގެ އަދަދު 436000 އަށް އަރައިފި :އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް