Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަމީންގެ މައްޗަށްކޮށްފައިވާ ޓެރަރިޒަމްގެ ހުކުމް

އަމީންގެ މައްޗަށްކޮށްފައިވާ ޓެރަރިޒަމްގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފި

އެއީ ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކަށް ބަލައި، އެންމެ އިންސާފުވެރި ގޮތަކަށް ކުރެވިފައިވާ ހުކުމެއްކަމަށް ނުފެންނަކަމަށް އާއިލާއިން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2023 | ބުރާސްފަތި 14:13
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ޓެރަރިމް މަނާކުރުމުގެ ގާނޫނުގެ ދަށުން، މުހައްމަދު އަމީންގެ މައްޗަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުންކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފިއެވެ.

އަމީންގެ އާއިލާއާއި ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 23 އޮކްޓޯބަރ 2019ގައި މުހައްމަދު އަމީން ހައްޔަރުކުރެވި، ދިގު މުއްދަތަކަށް ބަންދުގައި ބަހައްޓައިގެން 4 އަހަރަށް ދިގުދަންމައިގެން ކުރިއަށްގެންދިޔަ ޝަރީއަތަކަށްފަހު، ނޮވެމްބަރު 8 2023ގައި އޭނާގެ މައްޗަށް މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާކަމަށް ނިންމައި 27 އަހަރު ޖަލުގައި ބަންދުކުރުމަށް ކުރި ހުކުމަކީ، ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކަށް ބަލައި، އެންމެ އިންސާފުވެރި ގޮތަކަށް ކުރެވިފައިވާ ހުކުމެއްކަމަށް އާއިލާއަށް ނުފެންނަ ކަމަށެވެ.

Advertisement - newsAdvertisement

އެ ބަޔާނުގައި ބުނެފައިވަނީ، މުޅި މައްސަލަ ބިނާކޮށްފައިވަނީ ހ. މޫންލައިޓް ވެލީ އަލީ ޝަފީއުއާ ގުޅުވައިގެން ކަމަށެވެ. އަލީ ޝަފީއުގެ އާއިލާއިން ހާމަކޮށްފައިވާގޮތުން، އޭނާއަށް ބިރުދައްކައި، އަނިޔާކޮށްގެން ބަޔާން ނަގާފައިވާކަމަށާއި، މި މައްސަލަ އެޗްއާރްސީއެމްގައި ފައިލްކޮށް، އަދި އަލީ ޝަފީއުގެ އޯޑިއޯ ބަޔާނެއްވެސް އެޗްއާރްސީއެމްގައި ވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭނާ ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ. ވީމާ ސަރުކާރުން މިކަމުގައި ހައްލެއް ނުގެނެސްދީ، އަލީ ޝަފީއު މީޑިއާތަކަށް ހިއްސާކޮށްފައިވާ ބަސްތީގަތުންތައް އަމީންގެ ފަރާތުން ކޯޓަށް ހުށަހެޅިނަމަވެސް، ކްރިމިނަލް ކޯޓުން މައްސަލަ ނިންމީ އެ ކަންކަމަށް ރިއާޔަތްނުކޮށް ކަމަށެވެ. އެއީ އާއިލާއިން ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

އާއިލާއަށް އެ މައްސަލައާމެދު ފާހަގަކުރެވޭ ބޭއިންސާފު ކަންކަން ހުރިކަމަށް ވަނީ ބުނެފައެވެ. އެގޮތުން ހައްޔަރުކުރުމަށްފަހު، ދައުލަތުގެ އެދުމާއެކު ދިގު މުއްދަތެއް ތަހުގީގުގައި ހޭދަކުރިކަމަށް ވަނީ ބުނެފައެވެ. އެ މުއްދަތުގައި އަމީން ހުރީ ބަންދުގައި ކަމަށާއި، ޝަރީއަތުގެ މަރުހަލާގައިވެސް ދައުލަތުން މައްސަލަ ދިގުދަންމަން މަަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައި ވެއެވެ. އަދި ކްރިމިނަލް ކޯޓުން އެކުލަވާލި ތާވަލާ އެއްގޮތަށް ޝަރީއަތްވެސް ގެންދެވިފައި ނުވާކަމަށް އާއިލާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ގިނަ ފަހަރު އެ މައްސަލަ ތާވަލްކޮށްފައި ހުރީ ސިޔާސީގޮތުން ރާއްޖޭގެ މަސްރަހު ހަލަބޮލިވުމުން، އެކަން އަނބުރާލުމަށް ކަމަށް އާއިލާއިން ތުހުމަތުކުރެެއެވެ. މީގެ އިތުރުން، މައްސަލައިގެ ހެކި ހުށަހެޅުމުގެ މަރުހަލާ ނިމި، ހުލާސާ ބަޔާން އިއްވާ މަރުހަލާއަށް ދިއުމަށްފަހުވެސް، ދައުލަތުގެ ފަރާތުން ނުފޫޒު ފޯރުވައި، އިތުރު ހެކިން ގެނެސްފައިވާކަމަށް އާއިލާއިން ބުނެއެވެ. އަދި ހެތްކާބެހޭ އާ ގާނޫނު ތަންފީޒުކުރެވެންދެން މައްސަލަ ދިގުދަންމައި، އެއަށް އަމަލުކުރަން ފެށުމުން އެކަމުގެ ނާޖާއިޒް ފައިދާ ދައުލަތަށް ލިބުނުކަމަށް ވަނީ ބުނެފައެވެ.

ހެތްކާބެހޭގޮތުން ދެކެވުުނު ވާހަކާގައި ދިފާއުން ބަޔާންކުރި އެއްވެސް ކަމަކަށް ރިއާޔަތް ނުކުރެވި، އޭގެ ގާނޫނީ ސަބަބު ހާމަނުކުރެވޭ ކަމަށާއި، ދިފާއުން ހުށަހެޅި ކިތާބީ ހެކި ވަޒަން ނުކުރެވުނު ސަބަބުވެސް ނުނިންމޭކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ހެތްކާބެހޭގޮތުން ދިފާއުގައި އެތައް ގަޑިއިރެއް ވަންދެން އެތައްކަމެއް ފާހަގަކޮށް ވާހަކަދައްކާފައި ވާއިރު، ހުކުމް އިއްވުމުގައި ހަމައެކަނި އަމީންގެ ފަރާތުން އިންކާރުކުރިކަން ފިޔަވައި އެހެން ކަމެއް ފާހަގަކޮށްފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދައުލަތުން ބޭނުންވާ ގޮތަށް މައްސަލަ ކުރިއަށްގެންދަން ބާރު ފޯރުވިކަމަށެވެ. މައްސަލަ ބައްލަވަމުން ގެންދެވި ގާޒީގެ ސުލޫކީ މައްސަލަތައް ނަގައި ބިރު ދެއްކުމުގެ އަމަލުތައްވެސް ދައުލަތުގެ ފަރާތުން ހިންގާފައިވާކަމަށާއި، މައްސަލަ ނިމުމާއި ގާތްވެފައި ވަނިކޮށް މައްސަލާގައި ހައްސާސް ނިންމުންތަކެއް ބޭއިންސާފުން ނިންމުމަށްފަހު، މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ މައްސަލައިން ތަނާޒަލުވެވަޑައިގަތް ކަމަށް ބުނެފައިވެއެވެ. އޭގެ ފަހުން އައްޔަންކުރި ގާޒީ، ދައުލަތުގެ ނުފޫޒާއެކު ރިޓަޔަރކުރައްވާފައި ވާކަމަށް ބުނެފައިވެއެވެ.

2023ގެ ޖެނުއަރީގައި ޚުލާސާ ބަޔާން އިއްވަން ހަމަޖެހުނުނަމަވެސް އެ ކަން އިންތިހާއަށް ލަސްކުރި ކަމަށާއި، ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅުނު ކަމަށް އޭނާގެ ފަރާތުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު