Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަސް މަތީ ޑިނގާ މަސްވެރިކަން

'އަސް މަތީ' ޑިނގާ މަސްވެރިކަންވެސް ޝިކާރައަކަށް!

9 ނޮވެމްބަރު 2023 | ބުރާސްފަތި 06:40

އަސް މަތީ ޑިނގާ މަސްވެރިކަމަކީ އެތައް ޤަރުނެއް ޘަޤާފަތެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 9 ނޮވެމްބަރު 2023 | ބުރާސްފަތި 06:40
މިދިޔަ އަހަރުތަކުގައި އިންސާނީ ޢަމަލުތައް ހުރި ގޮތުގެ ސަބަބުން ދުނިޔެ ހޫނުވަމުން ދާ އިރު، އެ ހޫނުގެ 90 ޕަސެންޓް ދަމައިގެންފައި ވަނީ ދުނިޔޭގެ ކަނޑުތަކަށް

މިދިޔަ އަހަރުތަކުގައި އިންސާނީ ޢަމަލުތައް ހުރި ގޮތުގެ ސަބަބުން ދުނިޔެ ހޫނުވަމުން ދާ އިރު، އެ ހޫނުގެ 90 ޕަސެންޓް ދަމައިގެންފައި ވަނީ ދުނިޔޭގެ ކަނޑުތަކަށް

ބެލްޖިއަމްގެ ހުޅަނގަށް ފިނިމޫސުމުގެ ދުވަސްތަކުން ދުވަހެކެވެ. ގުންތާ ވޭންބްލާ، ގޮނޑުދޮށުގައި އަސް ދުއްވަމުން ގޮސް، ދިޔަވަރު ހިކިފައި އޮތް މޫދަށް ފައިބައިގެން ދިޔައެވެ.

ގަދަ ވަޔާއި ފިނިން ސަލާމަތްވުމަށް ވޭންބްލާ ލައިގެން ހުރި ރީނދޫކުލައިގެ ކޯޓުގެ ސަބަބުން، ރާޅުގަނޑުގެ ތެރެއިން އޭނާގެ ހަރަކާތްތައް ސާފުކޮށް ދުރަށް ފެނެއެވެ. ރާޅުގަނޑު ތެރޭގައި އަސްދުއްވަމުން ދިޔައިރު، އެ އަހުގެ ފައިގައި އައްސާފައި އޮތް ޗޭނުގަނޑު، އަޑިގައި ދެމެމުން ދިޔައެވެ. މޫދު އަޑީގެ ވެލިގަނޑުގައި ޗޭނުގަނޑު ކޭއްތެމުން ދާ ވަގުތު އެ އުފެދޭ ކުދިކުދި ލޮޅުންތަކާއެކު، މަތިމައްޗަށް ޑިނގާތައް ފުމެން ފަށައެވެ. ޑިނގާ ފުންމައިގެން އަރާ ދިމާއަށް ވާ ގޮތަށް، ވޭންބްލާ ވަނީ ދާގަނޑެއްވެސް ޢަމާޒުކޮށްފައެވެ.

ސިފަކޮށްދެވޭތޯ މަސައްކަތް ކުރަމުން މި ދަނީ އައްސޭރިފަށުގެ އަވަށެއް ކަމަށް ވާ އޫސްދަންކެރްކޭގައި، އަސް މަތީ މަސްވެރިކަން ކުރަމުންދާ ގޮތުގެ ވާހަކައެވެ. އޫސްދަންކެރްކޭ އަކީ މިއަދު މުޅި ދުނިޔެއަށް ބެލި ކަމުގައި ވީ ނަމަވެސް، އަސް މަތީގައި ޑިނގާ މަސްވެރިކަން އަދިވެސް ކުރާ ހަމަ އެކަނި މަންޒިލެވެ. އަސް މަތީ ޑިނގާ މަސްވެރިކަމަކީ، ތާރީޚާއި ޘަޤާފަތާ ބެހޭ އދގެ އިދާރާ (ޔުނެސްކޯ)އިން ބަލައިގެންފައި ވާ ތަރިކައެކެވެ. އަސް މަތީ ޑިނގާ މަސްވެރިކަމަކީ އެތައް ޤަރުނެއް ޘަޤާފަތެކެވެ.

ބެލްޖިއަމްގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ މަސްވެރިންނާއި ރަށްވެހިންނަކީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ސަރަޙައްދުގެ ކަނޑުތަކަށް ފޯރަމުން ދާ ނޭދެވޭ އަސަރުތައް އެންމެ ގާތުން ދެކެމުން ދާ މީހުންނެވެ.

މިދިޔަ އަހަރުތަކުގައި އިންސާނީ ޢަމަލުތައް ހުރި ގޮތުގެ ސަބަބުން ދުނިޔެ ހޫނުވަމުން ދާ އިރު، އެ ހޫނުގެ 90 ޕަސެންޓް ދަމައިގެންފައި ވަނީ ދުނިޔޭގެ ކަނޑުތަކަށެވެ. ބެލްޖިއަމް އޮންނަ ނޯތު ސީ ސަރަޙައްދަށް ބަލާއިރު، ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން، 1991 ވަނަ އަހަރު ފަށައިގެން، ކޮންމެ 10 އަހަރަކުން ވަނީ، 0.3 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ.

ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އުފުލުމުގެ ނަތީޖާއަކަށް ވަނީ، ޒަމާނުއްސުރެ އަސް މަތީގައި މަސްވެރިކަން ކުރަމުން ދިޔަ އެތައް ބަޔަކަށް އެކަމުގެ ހިތްދަތިކަމާ ކުރިމަތިލާން ޖެހުމެވެ. ޒަމާނުއްސުރެ އެކަން ކުރަމުން އައި ދުވަސްވަރަށްވެސް ބަދަލުތަކެއް އައުމެވެ.

އާދަޔާ ޚިލާފު ގިނައިން މަސް ބޭނުމާއި، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ނަތީޖާއެއްގެ ގޮތުން ނޯތު ސީ ސަރަޙައްދުގެ ޤުދުރަތީ ދިރުންތައް ވަރަށް ބޮޑަށް ހީނަރުވެފައި ވާ ކަމަށް ސައެންސްވެރިންވެސް ވަނީ ފާހަގަ ކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2018

ކިތަންމެ މިލިއަން ޑޮލަރެއް ހުށަހެޅިއަސް ދަރިފުޅު ޝިކާގޯގެ ފޮޓޯއެއް ނުވިއްކާނަން: ކިމް އާއި ކާންޔޭ

22 ޖެނުއަރީ 2018
ކިތަންމެ މިލިއަން ޑޮލަރެއް ހުށަހެޅިއަސް ދަރިފުޅު ޝިކާގޯގެ ފޮޓޯއެއް ނުވިއްކާނަން: ކިމް އާއި ކާންޔޭ
28 ޑިސެމްބަރު 2017

މިއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ނޫން، މިއީ އަސްލު ފުލުހެއްގެ ޙަރަކާތްތައް!

28 ޑިސެމްބަރު 2017
މިއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ނޫން، މިއީ އަސްލު ފުލުހެއްގެ ޙަރަކާތްތައް!
27 ޑިސެމްބަރު 2017

ގަބޫލުކުރިއަސް ނުކުރިއަސް ޕްރިޔަންކާއަކީ ދުނިޔޭގެ އެއްވަނަ: ސުނީތާ

27 ޑިސެމްބަރު 2017
ގަބޫލުކުރިއަސް ނުކުރިއަސް ޕްރިޔަންކާއަކީ ދުނިޔޭގެ އެއްވަނަ: ސުނީތާ
30 އޯގަސްޓު 2017

މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި

30 އޯގަސްޓު 2017
މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި
07 މެއި 2017

ހަޖަމު ނުވި ނަތީޖާއިން ރައްޔިތުންގެ މޫނުމަތީގައި "ތަފާލެއް"!

07 މެއި 2017
ހަޖަމު ނުވި ނަތީޖާއިން ރައްޔިތުންގެ މޫނުމަތީގައި "ތަފާލެއް"!
04 މެއި 2017

"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ

04 މެއި 2017
"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ
17 އެޕްރީލު 2017

"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް

17 އެޕްރީލު 2017
"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް
10 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

10 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
26 ޖެނުއަރީ 2017

މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން

26 ޖެނުއަރީ 2017
މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން
16 ޖެނުއަރީ 2017

އާތިފް އަސްލަމް އަންހެން ފޭންއަކަށް ހިމާޔަތް ދީފި

16 ޖެނުއަރީ 2017
އާތިފް އަސްލަމް އަންހެން ފޭންއަކަށް ހިމާޔަތް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް