Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކައުންސިލް އިންތިޚާބު

ހަޖަމު ނުވި ނަތީޖާއިން ރައްޔިތުންގެ މޫނުމަތީގައި "ތަފާލެއް"!

އާސަންދައިގެ ޚިދުމަތް ކަނޑާލީ ކުއްލިއަކަށް ރޭގެ ވަގުތެއްގައި

ރާއްޖެ އެމްވީ | 7 މެއި 2017 | އާދީއްތަ 16:25
ހުސްނުވާ އާސަންދަ

ހުސްނުވާ އާސަންދަ

ލޯކަލް ކައުންސިލް އިންތިހާބުގައި، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ނޫނެކޭ ބުނުމާއެކު، އެންމެ އަވަހަށް ސަރުކާރުން ކުރި ކަމަކީ އާސަންދައިގެ ހިދުމަތް ކަނޑާލައިފި އެވެ. ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ހެލްތު އިންޝިއަރެންސް ސްކީމް، އާސަންދައިގެ ހިދުމަތް، އަމިއްލަ ތަންތަނުން ދިނުން މެދު ކަނޑާލިކަން އެންގީ ހޮނިހިރު ދުވަހުގެ ރޭ 23:22 ހާއިރު އެވެ. އެ ސާކިއުލާގައި ބުނެފައިވަނީ އާސަންދަ ސްކީމް ހިންގުމުގެ އުސޫލްތައް މުރާޖައާ ކުރަމުންދާތީ، 2017 ވަނަ އަހަރުގެ އެއްބަސްވުން އެކުލަވާލެވެންދެން ނުވަތަ އެހެން ގޮތަކަށް ކުންފުނިން އަންގަންދެން، 2016 ވަނަ އަހަރު އެކުލަވާލެވިފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށެވެ.

އާސަންދަ އިން ބުނީ އެ އެންގުމުގައި ބަޔާންކުރެވުނު ފަދައިން، ސްކީމްގެ ދަށުން ދެވޭ ޚިދުމަތްތައް އިތުރަށް މުރާޖައާ ކުރުމާއި ގުޅޭ ގޮތުން، އާސަންދަ ސްކީމްގެ މެނޭޖްމެންޓް ބޯޑުން ނިންމާފައި ވަނީ ދައުލަތުގެ ސިއްޚީ ޚިދުމަތް ދޭ މަރުކަޒުތަކުގައި އިންޕޭޝަންޓް، އައުޓް ޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭޝަންސް އަދި ސްކޭން ކުރުމުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް އެއްވެސް އަގަކާއި ނުލާ ފޯރުކޮށްދެމުން ގެންދާތީ ސިއްޚީ ޚިދުމަތް ދޭ އަމިއްލަ މަރުކަޒުތަކުން އެ ޚިދުމަތްތަކަށް ކުރަމުންދިޔަ ޚަރަދު އުނިކުރުމަށް ކަމަށެވެ.

ކުއްލި މި ބަދަލު ގެނައީ އިއްތިފާގުން ނަމަވެސް، ލޯކަލް ކައުންސިލްގެ އިންތިހާބުގެ ވޯޓްގެ ނަތީޖާއިން ސަރުކާރު ބޮޑު ބައްޔަކުން ބަލިވުމަށް ފަހު އެވެ. އެހެންވެ، މިއީ ހެޔޮ ނިޔަތުގައި ކުރިކަމަކަށް ވުރެ ބޮޑަށް ރައްޔިތުންގެ މޫނުމަތީގައި ޖެހި "ތަފާލެއް" ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ.

އާސަންދައިގެ ހިދުމަތް ހޯދުމަށް ގެނައި ބަދަލާއެކު، ހޮނިހިރު ދުވަހުގެ 00:00 އިން ފެށިގެން އަމިއްލަ އެއްވެސް ކްލިނިކަކުން، ހޮސްޕިޓަލަކުން ނުވަތަ ބޭސް ވިއްކާ ފިހާރައަކުން ވެސް ހިދުމަތެއް ނުލިބޭނެ އެވެ.

ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރީ ޕީޕީއެމް ކަމަށް ބުނެ އެކަން ހާމަކުރަން ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރަށް ޖަވާބު ނުދެއްވުނު ސުވާލަކަށްވީ އާސަންދަ ކަނޑާލުމާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ކުރި ސުވާލެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ އާސަންދަ އާއި ޕީޕީއެމްއާ ގުޅުމެއް ނެތް ކަމަށެވެ. އެ ބޭފުޅުން ބޭފުޅުންފުޅުވާ ހިނދެއްގައި ކަމެއްގައި، ޕީޕީއެމްއަކީ ސަރުކާރެވެ. ސަރުކާރަކީ ޕީޕީއެމްއަށް ވެސް ވާ ހާލަތަށް ދެއެވެ.

ނަވެސް ރައްޔިތުންނަށް އެންމެ މުހިންމު ހިދުމަތް ކަމުގައިވާ އާސަންދައިގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުންނާއި ސެނެހިޔާއިން އަދި އަމިއްލަ ކްލިނިކް ތަކުން ނުލިބޭނެ ގޮތަށް ސިޔާސަތު ބަދަލުކުރުމުން، ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ކެރިވަޑައި ނުގަތެވެ.

ހެލްތު މިނިސްޓަރުގެ ހާލަތަކީ ވެސް މިއީ އެވެ. މި މައްސަލައިގައ މިހާތަނަށް ހެލްތު މިނިސްޓަރު އެއްވެސް ބަހެއް ވިދާޅެއް ނުވެ އެވެ.

މިކަމުން ދޭހަކޮށް ދެނީ ސަރުކާރު ބަލިކަށިވާ ކޮންމެ ވަގުތެއްގައި، ދަނޑިވަޅެއްގައި ކިތަންމެ ފަދަ ބޮޑު ގެއްލުމެއް ވެސް ރައްޔިތުންނަށް ލިބޭނެ ފަދަ ކަމެއް ކޮށްފާނެ ކަމެވެ. އާސަންދަ މި ކަނޑާލީ ރައްޔިތުންނަށް ދަތި އުނދަގޫ ކުރުމަށް، ޖެއްސުން ކުރުމަށް ނޫނެވެ. ހުސްނުވާ އާސަންދަ ދިނުމަށް ފަހު މިހާރު މިވަނީ ހިތްދަތިކަން ދީފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަމްލާ ޕަގްލަ ދިވާނާ ޕިރްސޭގެ ފެށުން ހީކުރިވަރެއް ނުވި!

ޔަމްލާ ޕަގްލަ ދިވާނާ ޕިރްސޭގެ ފެށުން ހީކުރިވަރެއް ނުވި!

02 ސެޕްޓެމްބަރު 2018
ފަންނޭ ޚާންގެ ފެށުން ރަނގަޅެއް ނުވި

ފަންނޭ ޚާންގެ ފެށުން ރަނގަޅެއް ނުވި

06 އޯގަސްޓު 2018
ވޯލްޑްކަޕް ބަލަން އަންނަ ބޭރުމީހުންނާ ޖިންސީގުޅުން ނުހިންގުމަށް ރަޝިއާ ރައްޔިތުންގެ ކިބައިން އެދެފި

ވޯލްޑްކަޕް ބަލަން އަންނަ ބޭރުމީހުންނާ ޖިންސީގުޅުން ނުހިންގުމަށް ރަޝިއާ ރައްޔިތުންގެ ކިބައިން އެދެފި

14 ޖޫން 2018
އޮސްކާގެ ރައީސް ޖޯން ބެއިލީއަށް ކުރި ޖިންސީ ގޯނާގެ ތުހުމަތު ސާބިތެއް ނުވި

އޮސްކާގެ ރައީސް ޖޯން ބެއިލީއަށް ކުރި ޖިންސީ ގޯނާގެ ތުހުމަތު ސާބިތެއް ނުވި

01 އެޕްރީލު 2018
ކިތަންމެ މިލިއަން ޑޮލަރެއް ހުށަހެޅިއަސް ދަރިފުޅު ޝިކާގޯގެ ފޮޓޯއެއް ނުވިއްކާނަން: ކިމް އާއި ކާންޔޭ

ކިތަންމެ މިލިއަން ޑޮލަރެއް ހުށަހެޅިއަސް ދަރިފުޅު ޝިކާގޯގެ ފޮޓޯއެއް ނުވިއްކާނަން: ކިމް އާއި ކާންޔޭ

22 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު