Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ތަހުގީގަށް

ބަލައި ފާސްކުރުމުގައި ހިފަހައްޓާ ތަކެތި 48 ގަޑިއިރުގެ ތެރޭގައި ވެރިފަރާތާއި ޙަވާލުކުރަން ޖެހޭނެކަމަށް އޮންނަ ޤަވާއިދަށް ބަަދަލުތަކެއް

8 ނޮވެމްބަރު 2023 | ބުދަ 07:18

ވަގުތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމާއެކު ބަލައި ފާސްކުރި ތަނުގެ ފޮޓޯ ރިޕޯޓެއް ހުށަހަޅަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ނޮވެމްބަރު 2023 | ބުދަ 07:18
އިންވެންޓްރީ ހަވާލުކުރުމުގެ ވަގުތު އިތުރުކޮށްދިނުމަށް އެދި ތަޙުޤީޤީ އިދާރާއަކުން ސަބަބު ބަޔާންކޮށް ޕީޖީގައި އެދެވިދާނެ

އިންވެންޓްރީ ހަވާލުކުރުމުގެ ވަގުތު އިތުރުކޮށްދިނުމަށް އެދި ތަޙުޤީޤީ އިދާރާއަކުން ސަބަބު ބަޔާންކޮށް ޕީޖީގައި އެދެވިދާނެ

ފުލުހުންނާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި ހިފަހައްޓާ ތަކެތި 48 ގަޑިއިރުގެ ތެރޭގައި ވެރިފަރާތާއި ޙަވާލުކުރަން ޖެހޭނެކަމަށް ބަޔާންކުރާ ޤަވާއިދަށް ބަަދަލުތަކެއް ގެނެސްފިއެވެ.

ޕްރޮސެކިއުޓް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤަވާއިދުގައެވެ.

Advertisement - newsAdvertisement

އެ ޤަވާއިދުގައިވާ އިންވެންޓްރީ ބެލެހެއްޓުމުގެ މާއްދާއަށް ބަދަލު ގެނެސްފައިވާއިރު، އެ މާއްދާގެ (ބ) ގައި ކުރިން އޮންނަނީ ހިފެހެއްޓޭ މުދަލުގެ އިންވެންޓްރީ އެކުލަވައިލުމަށްފަހު އެ އިންވެންޓްރީގެ ކޮޕީއެއް ބަލައި ފާސްކުރެވުނުތާ 48 ގަޑިއިރުގެ ތެރޭގައި އެ މުދަލުގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަޞްލަޙަތު ޙިމާޔަތް ކޮށްދެވޭނެ ފަރާތަކަށް ދޭންވާނެ ކަމަށެވެ.

އެހެންނަމަވެސް އެ މާއްދާއަށް މިހާރު ވަނީ އިސްލާޙު ގެނެސްފައެވެ.

އިސްލާޙުގައިވާ ގޮތުން އެ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް 48 ގަޑިއިރުގެ ތެރޭގައި އިންވެންޓްރީ ހަވާލު ކުރެވިދާނެކަމަށް ނުފެންނަނަމަ، އިންވެންޓްރީ ހަވާލުކުރުމުގެ ވަގުތު އިތުރުކޮށްދިނުމަށް އެދި ތަޙުޤީޤީ އިދާރާއަކުން ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ގެ އޮފީހުގައި އެދެވިދާނެއެވެ.

އަދި ވަގުތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމާއެކު ބަލައި ފާސްކުރި ތަނުގެ ފޮޓޯ ރިޕޯޓެއް ހުށަހަޅަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އިސްލާޙުގައި ބުނެފައިވާ ގޮތުގައި މިގޮތަށް ހުށަހަޅާ ހުށަހެޅުމާއި އެ ހުށަހެޅުން ބިނާކުރި ސަބަބުތަކުގެ މައްޗަށް ބަލައި އިންވެންޓްރީ ތައްޔާރުކޮށް ހަވާލުކުރުމުގެ ވަގުތު ގިނަވެގެން 7 ދުވަހުގެ މުއްދަތަށް އިތުރުކޮށްދެވިދާނެއެވެ.

ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ބަލައި ފާސްކުރުމުގައި ހިފެހެއްޓޭ އެއްޗެހީގެ އިންވެންޓްރީއެއް އެކުލަވައިލަން އެ ޤަވާއިދުން ލާޒިމުކުރެއެވެ.

އަދި އެކަން ކުރަންވާނީ ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ތަންފީޒުކުރާ އޮފިސަރުގެ އިތުރުން، ޤާނޫނު ތަންފީޒުކުރާ އިދާރާގެ އެހެން އޮފިސަރަކާއި، ތަކެތީގެ ވެރިފަރާތް ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަޞްލަޙަތު ޙިމާޔަތް ކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައި ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް