Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕޯޓޯ

ޕެޕޭ ލަނޑު ޖެހީ މަންމަގެ އުފަން ދުވަހު، މަންމަ އަށް ޚާއްސަ ކުރަން!

މެޗުގައި ލަނޑެއް ޖަހާނެ ވާހަކަ މަންމަ ގާތު ބުނެފައިވާނެ، އެ ލަނޑު ޚާއްސަ ކުރަނީ މަންމަ އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2023 | ބުރާސްފަތި 00:18
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕެޕޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޕެޕޭ އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޓޯ އިން ރޯޔަލް އެންޓްވާޕާާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހީ، މަންމަގެ އުފަން ދުވަހު މަންމަ އަށް ޚާއްސަ ކުރުމުގެ ގޮތުން ކަމަށް ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ބުނެފި އެވެ.

ރޯޔަލް އެންޓްވާޕާ ދެކޮޅަށް އުމުރުން 40 އަހަރުގެ ޕެޕޭ ޖެހި ލަނޑާއެކު، އޭނާ އަށް ވަނީ ޗެމްޕިއަންސް ލީގުގެ ޚާއްސަ ރެކޯޑެއް ވެސް ލިބިފަ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ލަނޑު ޖެހީ އެންމެ ދޮށީ ކުޅުންތެރިޔާ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕެޕޭ ބުނީ އެ ދުވަހަކީ ވަރަށް ޚާއްސަ ދުވަހެއް ކަމަށާއި، އެއީ އޭނާގެ މަންމަގެ އުފަން ދުވަސް ކަމަށެވެ. އެހެންކަމުން، އެ މެޗުގައި ލަނޑެއް ޖަހާނެ ވާހަކަ މަންމަ ގާތު ބުނެފައިވާނެ ކަމަށާއި، އެ ލަނޑު ޚާއްސަ ކުރަނީ މަންމަ އަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް ޕެޕޭ ބުނީ އުމުރުން 40 އަހަރުގައި ވެސް ޗެމްޕިއަންސް ލީގުގައި ކުޅުމަކީ ވަރަށް ތަފާތު ކަމެއް ކަމަށެވެ. އެކަމަށްޓަކައި އެތައް މަސައްކަތްތަކެއްކޮށް، އެތައް ޤަުރުބާނީއެއް ވާން ޖެހޭކަން ޕެޕޭ ވަނީ ފާހަގަކޮށްފަ އެވެ. ޕެޕޭ ބުނި ގޮތުގައި އެކަން އޭނާ ކުރަނީ ފުޓުބޯޅަ އަށް އޮންނަ ލޯތްބެއްގެ ސަބަބުންނެވެ. ޕެޕޭ ފާހަގަ ކުރި ގޮތުގައި ފުޓުބޯޅަ ކުޅުމަކީ އަބަދު ވެސް އޭނާ އެންމެ ކުރަން ބޭނުންވި ކަންތަކެވެ. އުމުރުން މިހާ ހިސާބަށް އައިއިރު، ފުޓުބޯޅަ ކުޅުން ހުއްޓާލަން ޖެހޭ ދުވަސް ކައިރީގައި އޮތްކަން ފާހަގަކޮށް ޕެޕޭ ބުނީ، ލިބޭ ކޮންމެ ވަގުތުގެއްގައި މަސައްކަތް ކުރާނީ ޕޯޓޯ އަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށެވެ.

ބެސިކްޓާސް ދޫކޮށް ޕެޕޭ ޕޯޓޯ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭރު އޭނާ ޕޯޓޯ އަށް ބަދަލުވީ ދެ އަހަރާ ބައިގެ މުއްދަތަކަށެވެ. އޭގެ ފަހުން ޑެނީލޯ ޕެރެއިރާ ޕޯޓޯ ދޫކޮށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވުމާއެކު، 2020 ވަނަ އަހަރު ޕެޕޭ އަށް ވަނީ ޕޯޓޯގެ ކެޕްޓަން ބޭންޑު ހަވާލުކޮށްފަ އެވެ. އޭގެ ފަހުން ޕެޕޭ ވަނީ ޕޯޓޯގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައުކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، ޕެޕޭ ވަނީ ޕޯޓޯގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައު ކޮށްފަ އެވެ. އެހެންކަމުން މިހާރުގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު