Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ރެއާލްގެ އެއްބަސްވުން ކަމަވިންގާ އައު ކޮށްފި

ރެއާލާއެކު ކަމަވިންގާ ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2023 | ބުދަ 00:29
ރެއާލްގެ އެއްބަސްވުން އައު ކުރުމަށް ފަހު ކަމަވިންގާ

ރެއާލްގެ އެއްބަސްވުން އައު ކުރުމަށް ފަހު ކަމަވިންގާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ ރެއާލަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ރެނޭސް ގައި ހުރުމަށް ފަހު އޭނާ ރެއާލަށް ބަދަލުވީ، ހަ އަހަރު ދުވަހުގެ އެއްބަަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ ހަތަރު އަހަރު އޮއްވާ ރެއާލުން ވަނީ ދިގު މުއްދަތަކަށް އޭނާގެ އެއްބަަސްވުން އައު ކޮށްފަ އެވެ. ރެއާލާއެކު ކަމަވިންގާ ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ދިގު މުއްދަތަކަށް ކަމަވިންގާ ބަހައްޓަން ރެއާލުން ބޭނުންވަނީ، ޒުވާން އުމުރުގައި ވެސް އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުންނެވެ.

ކަމަވިންގާ ވަނީ މިހާތަނަށް ރެއާލަށް 114 މެޗު ކުޅެދީ، ދެ ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ހަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސްޕެނިޝް ލީގު، ކޮޕަ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެވެ. ކަމަވިންގާ އަކީ ރެއާލްގެ ފުރަތަމަ 11 އިން ކޯޗު ކާލޯ އަންޗެލޮޓީ އިސްކަން ދެމުން އަންނަ ކުޅުންތެރިޔެކެވެ. އެގޮތުން އޭނާގެ ހުނަރާމެދު އަންޗެލޮޓީ ވަނީ އެކި ފަހަރު މަތިން ތައުރީފު ވެސް ކޮށްފަ އެވެ.

މީގެ އިތުރުން ކަމަވިންގާ އަކީ ފްރާންސް ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ. ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް ވަނީ ޤައުމީ ޓީމަށް 13 މެޗު ކުޅެދީ، އެއް ލަނޑު ޖަހައިފަ އެވެ. ފްރާންސް އިން މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް އެކުލަވާލި ސްކޮޑުގައި އޭނާ ހިމެނުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު