Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލީހުގެ ގަވާއިދު އިސްލާހުކުރުން

މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމުގެ މައްސަލައަށް ވީ ކިހިނެއް؟ - "މައްސަލަ އެޖެންޑާކުރަން އީވާއަށް ދަންނަވާފައިވޭ"

ގަވާއިދު އިސްލާހުކުރުމުގެ މައްސަލަ އެޖެންޑާކުރަން އީވާއަށް ދަންނަވާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2023 | އަންގާރަ 13:33
މަޖިލީހުގެ މެމްބަރުން

މަޖިލީހުގެ މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކު، ނިމިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މިއީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ދެވަނަ ފަހަރެވެ. އެ މައްސަލަ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ތަފާތު 5 ފަހަރެއްގެ މަތިން އެޖެންޑާކުރިނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންދެވިފައެއްނުވެއެވެ. އެ މައްސަލަ އެޖެންޑާކުރެއްވި ކޮންމެ ދުވަހަކުވެސް, އާލާސްކަންފުޅާ އުޅުއްވާތީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ސަލާމް ފޮނުއްވާފައެވެ. އަދި މިހާރު އެކަމާގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމްކޯޓުގައި އޮތުމުން، މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެއާއެކު، މަޖިލީހުގެ ޖަލްސާތައް ވަނީ މުޅިން އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ.

ސަބަބަކީ, މަޖިލީހުގެ ހިންގާ ގަވާއިދަށް ބަލާނަމަ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންގޮސް އިތުރު އެހެން މައްސަލައެއް ކުރިއަށް ގެންދެވިދާނެކަމަށް އެމްޑީޕީން ގަބޫލު ނުކުރުމެވެ. އެއާއެކު މަޖިލީހުގެ އިތުރު މަސައްކަތްތަކަށް އެއްބާރުލުން ނުދޭން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނިންމާފައެވެ. ނަމަވެސް މައިނޯރިޓީގައި އޮތް ޑިމޮކްރެޓްސްއާއި މަޖިލީހުގެ އިދާރާއިން ފާހަގަކުރަނީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅިފައި ނުވާތީ މަޖިލީހުގައި އިތުރު މަސައްކަތްތައް ކުރިއަށް ނުގެންދެވިދާނެ ކަމަށެވެ. އަދި މަޖިލީސް ކުރިއަށްނުގެންދެވި އޮތް އޮތުމަށް ހައްލެއް ހޯދުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރެވިދާނެކަމަށް މި ދެ ފަރާތުންވެސް ގަބޫލުކުރެއެވެ.

އެގޮތުން، މަޖިލީހުގެ އިދާރާއިން ވަނީ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ ފުރުސަތު އެމްޑީޕީއަށް އޮތް ކަމަށް ވިދާޅުވެފައެވެ. އެކަން އެހެން އޮތްއިރު، މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް އެމްޑީޕިން މަސައްކަތް ކުރިނަމަވެސް، ރިޔާސަތުން އެއްބާރުލުން ދީފައި ނުވާކަމަށް އެމްޑީޕީން ބުނެއެވެ. މަޖިލީހުގެ ޖަލްސާތައް ކުރިޔަށްނުގެންދެވި ހުއްޓުމަކަށް އައިސްފައިވާތީ، އެކަމަށް ހައްލު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިވަގުތު އިސްލާހުކުރުން މުހިންމުކަމަށް ދެކިވަޑައިގެން، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.

ޖޫން މަހު އެ މައްސަލަ ހުށަހެޅުއްވީ، އޭރު މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެމައްސަލަ ހުށަހަޅާފައި އޮވެ، އެ މައްސަލަ ކުރިއަށް ނުގެންދެވި، މަޖިލީސް ހުއްޓުމަކަށް ގޮސްފައިވާތީ އެކަމަށް ހައްލެއް ގެނައުމަށެވެ. އޭރު ހުށަަހަޅާފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލަތައް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު، އޭރުގެ މަސްލަހަތު އޮތްގޮތަށް ބެލުމަށްފަހު އެމްޑީޕީން ވަނީ އަނބުރާ ގެންދަވާފައެވެ. އެ ހިސާބަށްވެސް މަޖިލީހުގެ ގަވާއިދުގެ މައްސަލަ އިސްލާހުކުރުން އެޖެންޑާކޮށް ކުރިއަށް ގެންދަވާފައެއްނުވެއެވެ.

މި ދެންނެވި ގަވާއިދު އިސްލާހުކުރުމުގެ މައްސަލައާމެދު މިހާތަނަށް މަޖިލީހުގެ މެމްބަރުންގެ މެދުގައި ވާހަކަދެކެވެމުން އައީ އޮޅުންއަރާ ގޮތަކަށެވެ. މައްސަލަ ހުށަހެޅުއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ފާހަގަކުރައްވާފައިވަނީ، އެ މައްސަލައަކީ ކުރިން ފާހަގަކުރި އިތުބާރު ނެތްކަމުގެ މައްސަލަތަކުގެ ގަރާރާ ގުޅިގެން ހުށަހެޅުއްވި މައްސަލައެއް ކަމަށް ވާތީ ކަމަށް ވިދާޅުވެ، އެ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަން އަންގަވާފައި ވާކަމަށެވެ. ނަމަވެސް އެ މައްސަލައަކީ އެއީ ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުންހުރި މައްސަލައެއް ނޫންކަން އަސްލަމް ފާހަގަކުރައްވައެވެ. އަދި މަޖިލީހުގެ ތަޅުމުގައި އެ މައްސަލަ އެބައޮތްކަމަށާއި، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ފަހުން ވިދާޅުވެފައި ވާކަމަށް، އޮކްޓޯބަރު މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ އެ މައްސަލަ މަޖިލީހުގައި ނެތްކަމަށާއި، މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް އެމްޑީޕީން ކުރިއަށް ނުގެންދާކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން، މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އޮތްތޯ ނުވަތަ ނެތްތޯ ސުވާލު އުފެދުނެވެ. އަދި އެ މައްސަލަ އޮތްކަމަށް ވާނަމަ ،އެކަން އެޖެންޑާ ކުރައްވާފައި ނުވަނީ ކީއްވެގެންތޯވެސް ސުވާލު އުފެދުނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންގޮސް މަޖިލިސް ހުއްޓިފައި އޮތުމުން، އެމްޑީޕީން ހުށަހެޅި މަޖިލީހުގެ ގަވައިދު މާނަކުރުމާގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް އެބަދެއެވެ. އެހެންކަމުން މަޖިލީހުގެ މަސައްކަތްތަކާމެދު އެކި ގޮތްގޮތަށް ދެކެވޭ ވާހަކަތައް ވަރަށް ބޮޑަށް ސާފުވެއެވެ.

އޭގެ ތެރެއިން އެއްކަމަކީ، މި ފާހަގަކުރި މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ މައްސަލައެވެ. އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި މި މައްސަލައާ ގުޅިގެން ބޭއްވި އަޑުއެހުމުގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ މަޖިލީހުގެ ތެރެއިން ހައްލުކުރެވޭނެ މައްސަލައެއް ކަމަށް ޑިމޮކްރެޓްސްއިން ވަނީ ވަކާލާތު ކޮށްފައެވެ. އެގޮތުން ޑިމޮކްރެޓްސްގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވަނީ، މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން މި މައްސަލާގައި ކުރިއަށް ދިއުމުގެ ފުރުސަތު އޮތްކަމަށް ވަކާލާތު ކުރައްވާފައެވެ. ޑިމޮކްރެޓްސްއިން ބުނީ، އެމްޑީޕީގެ 54 މެމްބަރުން ތިއްބެވުމާއެކު އެ ފުރުސަތު މިހާރުވެސް އޮތްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޑިމޮކްރެޓްސްއިން އެކަން ފާހަގަކުރުމުން ޝަރީއަތުން ވަނީ، ގަވާއިދު އިސްލާހުކުރުމަށް މީގެކުރިން ހުށަހަޅާފައި ނުވޭތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ޑިމޮކްރެޓްސްއިން ބުނީ މަޖިލީހަށް ހުށަހަޅާފައިވާ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތަކީ އޭރު ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށްނުދާތީ އެކަން ހައްލުކުުރުމަށް ހުށަހެޅި މައްސަލައެއް ކަަމަށެވެ. އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން ނިންމުމުން މަޖިލީހުގެ އިދާރާއިން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމީކަމަށް ގަބޫލުކުރެވޭ ކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ. އަދި ދެވަނަ ފަހަރު އެމްޑީޕީގެ ފަރާތުން އެ މައްސަލަ ހުށަހެޅި ކަަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީން ފާހަގަކޮށްފައިވަނީ މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމުގެ މައްސަލަ އެޖެންޑާ ނުކުރައްވައި، މަޖިލީހުގެ ރިޔާސަތުން މަސައްކަތްތައް ކުރިއަށް ގެންދަވާކަމަށެވެ. އެމްޑީޕީގެ ފަރާތުން މި މައްސަލާގައި ވަކާލާތު ކުރައްވަމުންދާ ގާނޫނީ ވަކީލު އަބްދުﷲ އަފީފް ވިދާޅުވީ، މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް ގާނޫނީ ޕްރޮސެސް ކުރިއަށްގެންދަން މަސައްކަތްކުރިނަމަވެސް މަޖިލީހުގެ ތެރެއިން އެ ފުރުސަތު ލިބިފައި ނުވާކަމަށެވެ.

މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ، އެންމެ ފުރަތަމަ މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް ހުށަހެޅުއްވި މައްސަލައަކީ އޭރު މަޖިލީހަށް ހުށަހެޅިފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލަތަކާ ގުޅިގެން އެ ކަންކަން ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް ހުށަހެޅި މައްސަލައެއް ކަަމަށް ވިދާޅުވެފައެވެ. އެ ސިޓީގައި އެގޮތަށް އޮތުމުން، އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމުން ގަވާއިދު އިސްލާހުކުރުމުގެ މައްސަލަވެސް ކުރިއަށް ނުގެންދަވާނެ ކަމަށް ބެލެވޭކަމަށް އަމީން އާއްމު ފާހަގަކުރެއްވުމުން ކަމަށް ފިލްޒާ ވިދާޅުވިއެވެ. ނަމަވެސް ފަހުން މައްސަލަ ކުރިއަށްގެންދަވަން ބޭނުންފުޅުވާކަން މެމްބަރު އަސްލަމް ފާހަގަކުރައްވާފައިވާތީ އެ މައްސަލަ ކުރިއަށްގެންދިއުމަށް މަޖިލީހުގެ ނައިބު ރައީސް އީވާއަށް ދަންނަވާފައި ވާނެކަމަށް ފިލްޒާ ވިދާޅުވިއެވެ. އެ މައްސަލަ އެޖެންޑާކުރަން އީވާއަށް ދަންނަވާފައި ވާނެކަން ފިލްޒާ ވަނީ ސާފުކޮށްދެއްވާފައެވެ.

ފިލްޒާގެ އެ ވާހަކަފުޅުތަކާ ގުޅިގެން އެމްޑީޕީން ވަނީ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް މަޖިލީހުން ނިންމަވައި، ސިޓީފުޅެއް ފޮނުއްވިކަން ފާހަކުރައްވާފައެވެ. އެކަން ސާފުކޮށްދެއްވައި ފިލްޒާ ވަނީ، އެއީ އެންމެ ފުރަތަމަ މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމުގެ މައްސަލާގައި ނިންމި ގޮތްކަމަށާއި، އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެ މައްސަލަ އެޖެންޑާކޮށްދިނުމަށް މެމްބަރު އެދިވަޑައިގެންފައި ވާކަަމަށް ވިދާޅުވެފައެވެ. އެމްޑީޕީން ވަނީ ކުރިއަށް ނުގެންގޮސް ބޭރުކޮށްފައިވާ މައްސަލައެއް ކުރިއަށް ގެންދެވުނު ގޮތާމެދު ސުވާލު އުފައްދާފައެވެ.

ޝަރީއަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކުން، މަޖިލީހުގެ ތަޅުމުގައި ގަވާއިދު އިސްލާހުކުރުމުގެ މައްސަލަ އޮތްކަމަށް މަޖިލީހުގެ އަމީން އާއްމާއި ކައުންސިލް ޖެނެރަލް ގަބޫލުކުރައްވާކަން ހާމަވެއެވެ. އަދި އެ މައްސަލަ އެޖެންޑާކޮށްދެއްވުމަށް ރިޔާސަތަށް ދެންނެވިކަންވެސް އެނގެއެވެ. އެމްޑީޕީން ޝަރީއަތުގައިވެސް ފާހަގަކުރިކަމަކީ، މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މައްސަލަތައް އެޖެންޑާކުރައްވަނީ މަޖިލީހުގެ ރައީސްކަމަށް ވުމާއެކު، އެ މައްސަލަވެސް ހުއްޓެނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހަމައިންކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

23 އެޕްރީލު 2017
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު