Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯ

މަހުގެ އަގު ކުޑަކުރަން ނުނިންމާ: މިފްކޯ

މަސް ގަންނަ އަގު ކިލޯއެއް 17 ރުފިޔާއިން 25 ރުފިޔާއަށް ސަރުކާރުން ބޮޑުކުރީ މިދިޔަ ސެޕްޓެމްބަރު މަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2023 | އަންގާރަ 11:38
މިފްކޯގެ ޖަރީޒާ 103 އަށް މަސްކިރަނީ

މިފްކޯގެ ޖަރީޒާ 103 އަށް މަސްކިރަނީ

މިފްކޯއިން މަސް ގަންނަ އަގު ކުޑަކުރަން ނޫޅޭ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އަންގާރަ ދުވަހު އެ ކުންފުނިން މިހެން ބުނެފައިވަނީ މަސް ގަންނަ އަގު ރިވިއު ކުރުމަށް މިފްކޯއިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެ ޚަބަރުތައް ފަތުރަމުންދާތީ ނެރުނު ބަޔާނެއްގައެވެ. އެގޮތުން، މަހުގެ އަގު ބޮޑުކުރި ދުވަހުން ފެށިގެން އެ ކުންފުނިން، ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި މަސްވެރިން އަތުން މަސް ގަންނަމުންދާ ކަމަށާއި އެ އަގު އެއްވެސް ވަރަކަށް ކުޑަކުރަން ވިސްނުމެއް ނުގެންގުޅޭ ކަމަށް މިފްކޯއިން ވަނީ މަސްވެރިންނަށް ޔަގީންކަން ދީފައެވެ.

Advertisement - newsAdvertisement

މަސް ގަންނަ އަގު ކިލޯއެއް 17 ރުފިޔާއިން 25 ރުފިޔާއަށް ސަރުކާރުން ބޮޑުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. މިގޮތަށް ސަރުކާރުން ނިންމީ ޔޫރަޕުގެ މާކެޓަށް ވިއްކާ މަހުން ނަގާ 22 އިންސައްތައިގެ ޑިއުޓީ ކަނޑާލަން ދިވެހި ސަރުކާރާއި ޔޫރަޕިއަން ޔޫނިއަނާއެކު ކުރެވުނު މަޝްވަރާތައް ޕޮޒިޓިވްކޮށް ކުރިއަށްގޮސްފައިވާތީއެވެ. އަގު ބޮޑުކުރަން ސަރުކާރުން ނިންމި ދުވަހުން ފެށިގެން މިފްކޯއިން މަސް ގަންނަމުން ދަނީ ކިލޯއެއް 25 ރުފިޔާއަށެވެ.

އެ ކުންފުނިން މަހުގެ އަގު ކުޑަކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އެ އަގު ރިވިއު ކުރަން ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ އިދާރާތަކާއެކު ސީދާ މަޝްވަރާތަކެއް ވެސް ކުރިއަށް ނުދާ ކަމަށެވެ. އަދި މަސްކިރުމަށްފަހު އަގު ނުދެވި ހުރި ފަރާތްތަކަށް ފައިސާ ދައްކައި ޚަލާސް ކުރުމަށް މަައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

މީގެ އިތުރުން މިފްކޯއިން ވަނީ މަަސްވެރިން އަތުން ގަނެފައިވާ މަހަށް ބަރާބަރަށް ފައިސާ ދައްކަމުން ދާނެ ކަމުގެ ޔަގީންކަން ދިވެހި މަސްވެރިންނަށް ދީފައެވެ.

މިފްކޯއިން ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރިނަމަވެސް މުޅި ރާއްޖޭގައި ވެސް މަސްވެރިކަން ރަނގަޅު ކަމަށެވެ. އެގޮތުން، ދުވާލަކަށް އެވްރެޖުކޮށް 450 ޓަނަށްވުރެ ގިނަ މަސް މިފްކޯގެ ސެންޓަރުތަކާއި ބޯޓުތަކުން ގަންނަމުންދާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު