Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު

2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު - އެންމެ މަދުން ވޯޓުލާން ދިޔައީ ޒުވާން އުމުރުފުރާގެ މީހުންތަ؟

6 ނޮވެމްބަރު 2023 | ހޯމަ 03:13

އެ އިންތިޚާބުގައި 87 ދާއިރާ އަށް 264،442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބުނު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ނޮވެމްބަރު 2023 | ހޯމަ 03:13
2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވޯޓު ދީފައިވާ ގޮތް

2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވޯޓު ދީފައިވާ ގޮތް

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ވޯޓު ދިން މީހުންނާއި ވޯޓު ނުދޭ މީހުންގެ އިންސައްތަ ފެންނާނެ ފަދަ ތަފާސްހިސާބުތައް ހިމެނޭ ޗާޓެއް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ވަނީ މީސްމީޑިއާގައި ހިއްސާކުރައްވާފައެވެ.

އެ އިންތިޚާބުގައި 87 ދާއިރާ އަށް 264،442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބުނެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، އުމުރުން 75 އަހަރުން މަތީގެ މީހުންގެ ތެރެއިން 70.62 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. މި އުމުރުފުރާގެ މީހުންގެ ތެރެއިން ވޯޓު ނުދޭ މީހުންގެ އިންސައްތަ އަކީ 29.38 އެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ނިސްބަތަށް ބަލާ ނަމަ އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓު ނުލާ އުމުރުފުރައެވެ. މި ތަފާސްހިސާބުތައް ހާމަކޮށްފައި ވަނީ 7 އުމުރުފުރާ ހިމެނޭ ގޮތަށެވެ. އެއީ 18-24 އަހަރާއި ދެމެދުގެ އުމުރުފުރާ، 25-34 އަހަރާއި ދެމެދުގެ އުމުރުފުރާ، 35-44 އަހަރާއި ދެމެދުގެ އުމުރުފުރާ، 55-64 އަހަރާއި ދެމެދުގެ އުމުރުފުރާ، 65-74 އަހަރާއި ދެމެދުގެ އުމުރުފުރާ އަދި 75 އަހަރުން މަތީގެ އުމުރުފުރައެވެ.

މި ތަފާސްހިސާބުތަކުން އެނގޭ ގޮތުން 75 އަހަރުން މަތީގެ އުމުރުފުރާ ފިޔަވައި ދެން އެންމެ ގިނައިން ވޯޓު ނުލާ މީހުން ގިނައީ 18-24 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނެވެ. މި އުމުރުފުރައަށް ނިސްބަތްވާ މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 75.34 އިންސައްތަ މީހުންނެވެ. ވޯޓު ނުލާ 24.66 އިންސައްތަ މީހުން ތިއްބެވެ. ދެން އެންމެ މަދުން ވޯޓުލާފައި ވަނީ 25-34 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނެވެ. މި އުމުރުފުރާގެ މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 79.05 އިންސައްތަ މީހުންނެވެ. ވޯޓު ނުލާ 20.95 އިންސައްތަ މީހުން ތިއްބެވެ.

ވޯޓުލީ މީހުންގެ ނިސްބަތުން ބަލާނަމަ އެ އަހަރު އެންމެ ގިނައިން ވޯޓުލާފައި ވަނީ 55-64 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނެވެ. އެ އުމުރުފުރާގެ 88.76 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. އެ އުމުރުފުރާގެ މީހުންގެ ތެރެއިން ވޯޓު ނުލާ 11.24 އިންސައްތަ މީހުން ތިއްބެވެ. ދެން އެންމެ ގިނައިން ވޯޓުލީ 45-54 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނެވެ. އެ އުމުރުފުރާގެ 87.07 އިންސައްތަ މީހުން ވޯޓުލާފައިވާއިރު ބާކީ 12.94 އިންސައްތަ މީހުން ވޯޓުލާފައެއް ނުވެއެވެ. އަދި 35-44 އަހަރާއި ދެމެދުގެ 82.67 އިންސައްތަ މީހުން ވޯޓުލާފައިވާއިރު ވޯޓު ލާފައިނުވަނީ 17.33 އިންސައްތަ މީހުންނެވެ. 65-74 ދެމެދުގެ އުމުރުފުރާގެ 85.76 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. މި އުމުރުފުރައަށް ނިސްބަތްވާ މީހުންގެ ތެރެއިން ވޯޓު ނުލަނީ 14.19 އިންސައްތަ މީހުންނެވެ.

2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި 3،059 މީހުންނަށް އަލަށް ވޯޓުލެވުނެވެ. އަދި ރާއްޖޭގެ ވޯޓުލާ އާބާދީގެ ބޮޑުބައެއް ހިއްސާކުރަނީ ޒުވާނުން ކަމަށްވުމާ އެކު، އަދަދުގެ ގޮތުން ބަލާނަމަ ވޯޓު ނުލާ ޒުވާނުންގެ އަދަދު މަދެއް ނޫނެވެ. ނަމަވެސް އެންމެ ގިނައިން ވޯޓު ނުދޭ މީހުން ތިބީ 75 އަހަރުން މަތީގެ އުމުރުފުރާގައެވެ. އެހެންކަމުން ވޯޓުލާން ނުދަނީ ހަމައެކަނި ޒުވާން އުމުރުފުރާގެ މީހުންކަމަށް ބުނެވޭކަށް ނެތެވެ. ނަމަވެސް 18-24 އަހަރާއި ދެމެދުގެ އުމުރުފުރައަށް ނިސްބަތްވާ ވޯޓު ނުލާ ގިނަ މީހުން އެ އިންތިޚާބުގައި ތިބިކަން ފާހަގަކުރެވެއެވެ.

އިންތިޚާބުތަކުގައި ޒުވާނުން އަދި އެހެނިހެން އާއްމުން ވެސް ވޯޓުލާން ނުދާ ސަބަބުތަކުގެ ތެރޭގައި ނިޒާމަށް އޮތް އިތުބާރު ކުޑަވުމާއި، ވޯޓުލުމަކީ ސިޔާސީ ކަމެއްގެ ގޮތުގައި އެކަނި ދެކުން ހިމެނޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވެއެވެ. އެފަދަ ކަންކަމަށް ހައްލު ލިބޭނީ ފުޅާ ދާއިރާއެއްގައި ދިރާސާތަކެއްކޮށް އުމުރުފުރާތަކަށް ފޯކަސްކޮށްގެން ރަނގަޅު މަސައްކަތްތަކެއް ކުރެވިގެން ކަމަށް ވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް