Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސްކައިފޯލް ރެސްޓޯރެންޓް

ތަފާތު މީރު ރަހަތަކާއެކު، ސްކައިފޯލްގެ އައު މެނޫ!

ސްކައިފޯލްއަކީ ދިވެހިންނަށް ކަމުދާކަހަލަ ކެއުމާއި ބުއިންތައް ލިބެން ހުންނަ، ހިތްގައިމު ރެސްޓޯރެންޓެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2023 | އާދީއްތަ 12:54
ސްކައިފޯލްގައި ތައްޔާރުކޮށްފައިވާ ކެއުމެއް

ސްކައިފޯލްގައި ތައްޔާރުކޮށްފައިވާ ކެއުމެއް

ތަފާތު މީރު ރަހަތަކާއެކު، ސްކައިފޯލްގެ އައު މެނޫ ތައާރަފްކޮށްފިއެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސްކައިފޯލް ރެސްޓޯރަންޓް އެންޑް ލައުންޖްއަކީ އަަބަދުވެސް އެންމެ ފަހުގެ ޓްރެންޑްތަކާ އެއްގޮތަށް ދިވެހިންނަށް ކަމުދާކަހަލަ ކެއުމާއި ބުއިންތައް ލިބެން ހުންނަ، ހިތްގައިމު ރެސްޓޯރެންޓެކެވެ. 3 ނޮވެމްބަރުގައި އަލަށް ލޯންޗުކުރި ސްކައިފޯލްގެ މެނޫއާއެކު ސްކައިފޯލްއިން ދެމުން އައި ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެން ގޮސްފައިވާއިރު, މި މެނޫއަކީ ހެނދުގެ ނާސްތާއާއި މެންދުރާއި ރޭގަނޑުގެ ކެއުމުގެ އިތުރުން ހަވީރުގެ ސައިގެ ވަގުތަށް ވެސް ޚާއްސަ ކެއުމާއި ބުއިންތަކާއެކު އެކުލަވާލާފައިވާ މެނޫއެކެވެ.

Advertisement - businessAdvertisement

ސްކައިފޯލްއިން އެތައް ބާވަތްތަކެއް ލިބެން ހުންނައިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މިތަނުން ލިބެންހުރި ތަފާތު ބުއިންތަކުގެ ގިނަ ވެރައިޓީތަކެވެ. ކުޑަކުދިންނަށް ކަމުދާ މިލްކްޝޭކްފަދަ ބުއިންތަކުން ފެށިގެން، ޒުވާނުންނަށް ކަމުދާ ކޮފީގެ ރަހަ އެކުލެވޭ ބުއިންތަކާއި، ތާޒާ މޭވާ ޖޫސްފަދަ މީރު އެތައް ބުއިމަކުން މި މެނޫ ވަނީ މުއްސަނދިކޮށްފައެވެ. އަދި އައު ރަހަތަކުގެ އަޖުމަ ބަލައިލަން ބޭނުންވާނަމަ އެތައް އޮޕްޝަނެއް ހަމައެކަނި ބުއިންތަކަށް ބަލައިލިޔަސް ފެންނަން އެބަހުއްޓެވެ.

ދެން އޮތީ ކެއުމުގެ ވާހަކައެވެ. ކެއުމަށް ބަލާއިރު؛ އިންޑިއަން އިޓާލިއަން އަދި މި ނޫނަސް ދިވެހިންނަށް ކަމުދާ އެތައް ރަހައެއް ސްކައިފޯލްގެ މެނޫއިން ފެންނަން އެބަހުއްޓެވެ. މެންދުރު ނުވަތަ ރޭގަނޑުގެ ކެއުމުގެ ވަގުތު، ހިތްހަމަޖެހޭ ރީތި މާހައުލެއްގައި ހޭދަކޮށްލަން ބޭނުންނަމަ އެކަމަށް އެންމެ ފުރިހަމަ ތަނަކަށް ސްކައިފޯލް ވެގެންދާނެއެވެ. އެހެންކަމުން އައު ރަހަތަކުގެ އަޖުމަ ބަލައިލުމަށާއި، ތަފާތު އެކި އިހްތިފާލްތަކުގައި ހިތްހަމަޖެހޭ ވަގުތުކޮޅަކަށް ސްކައިފޯލް ވަރެއް ނެތޭ ބުނެވިދާނެއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ހަވީރު 4:00ން 6:00ށް ހަވީރު ސައި ތައްޔާރުކޮށްފައި ވުމާއެކު، މިއީ އާއިލާއާއި ގާތް ރަހުމަތްތެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން، ސްކައިފޯލްއަށް ދާން އެންމެ ކަމުދާނެ ވަގުތަކަށް ވާނެއެވެ. ކުރުކޮށް ބުނާނަމަ، ސްކައިފޯލްއަކީ ހުރިހާ އުމުރުފުރައަކާ ގުޅޭ، ޚާއްސަ ދުވަސްތައް އެތަނެއްގައި ހޭދަކޮށްލަން އެންމެ ކަމުދާނެ ތަނަށް ވެގެންދާނެއެވެ. އަދި ސްކައިފޯލްއިން މެންދުރުގެ ކެއުން ޑެލިވަރީ ކޮށްދިނުމަކީ، މެންދުރުގެ ވަގުތުގައި އަވަދިނެތި އުޅޭ އެތައް ބަޔަކަށް، އަނގަޔަށް މީރު ހިތްހަމަޖެހޭ ކެއުމެއް ކާލަން ލިބޭ ފަހި ފުރުސަތެކެވެ.

ނާސްތާއަށް ބަލާނަމަ، ނާސްތާވެސް އެހާމެ ޚާއްސައެވެ. އެގޮތުން މަސްހުނި އަދި ކުޅިމަސްފަދަ ދިވެހި ރަހަތައް ސްކައިފޯލްގެ ހެނދުނުގެ ނާސްތާއިން ފެންނާނެއެވެ. ހަމައެއާއެކު މިހާރު އެކި އުމުރުފުރާތަކުގެ ދިވެހިންގެ މެދުގައި މަގުބޫލްކަން ހޯދާފައިވާ ވޮފްލްސް ފަދަ މީރު ފޮނިކާނާގެ ބާވަތްތައް ހެނދުނުގެ ނާސްތާގައިވެސް ލިބެން ހުންނާނެއެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް ޚާއްސަ، އެ މީހަކު ގަޔާވާނެ ރަހައެއް ސްކައިފޯލްގެ އައު މެނޫއިން ފެންނާނެއެވެ.

މީރު ރަހަތަކަށް އިތުރުކޮށްދޭ ފުރިހަަމަކަމަކީ ހިނިތުންވުމާއެކު ޚިދުމަތުގައި ތިބި ސްކައިފޯލްގެ ސްޓާފުންނެވެ. ސްކައިފޯލްގެ ކޮންމެ ކެއުމެއްވެސް އާއްމުންނާއި ހަމައަށް ގެނެސްދެނީ ލޯތްބާ އެކުގައެވެ. ޝެފްގެ ބަދިގެއިން ފެށިގެން ކަސްޓަމަރުގެ މޭޒާ ހަމައަށް ގެނެސްދޭ ކެއިންބުއިމުގެ ކޮންމެ ބާވަތަކީވެސް ނުހަނު ޝައުގުވެެރިކަމާއެކު، ކަސްޓަމަރުންނަށް ކަމުދާނެ ގޮތަށް ތައްޔާރުކުރާ އައިޓަމެކެވެ. ސްކައިފޯލްގެ ޝެފް ދޭ ޔަގީންކަމަކީ، އައު މެނޫގައި ކޮންމެ މީހަކަށްވެސް އެ މީހަކަށް ކަމުދާނެ ރަހައެއް ހިމަނާފައި ވާނެކަމެވެ. ކުދިބޮޑު އެންމެންނަށް ކަމުދާނެ ރަހަތަކުން މަސްހުނިވެފައިވާ މި މެނޫގެ ރަހަތައް ތަޖުރިބާކޮށްލުމަކީ އޭނާއާއި ސްކައިފޯލްގެ މުޅި ޓީމުގެވެސް އެދުމެވެ.

ހ. ނީސްގެ 10 ވަނަ ފްލޯރގައި ހުންނަ ސްކައިފޯލްއަކީ، މާލޭގެ އެންމެ ރީތި އެއް މަންޒަރު އެ ތަނަނުން ފެންނާނެ ތަނެކެވެ. ބްރިޖުގެ ކާރުބާރު ފެންނަ ހިސާބުގައި، ރާޅުގެ ހިމޭން އަޑު އިވޭ ހިސާބެއްގައި ކެއިން ބުއިމަށް ވަގުތުކޮޅެއް ހޭދަކޮށްލުން ވާނީ ތަފާތު ތަޖުރިބާއަކަށެވެ. މިއީ ބައިވެރިޔާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން އެންމެ "ރޮމޭންޓިކް" އެއް މާހައުލެވެ. އާއިލާއާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލައި، މީރު ކާބޯތަކެތީގެ އަޖުމަ ބަލައިލަންވެސް އެހާ ކަމުދާނެ ތަނެކެވެ. ކައިވެނި ހަފްލާތަކަށްވެސް ސްކައިފޯލްއިން ތިބީ މަރުހަބާ ކިޔަން ފުރިހަމައަށް ތައްޔާރަށެވެ.

ސްކައި ފޯލްއަށް ބުކިންގ ހެދުމަށްޓަކައި ގުޅާނީ 9639393 އަދި 9779771 އަށެވެ.

ސްކައިފޯލް

ކޮމެންޓް

އިތުރަށް ކިޔާލަން

އާ އަހަރު ފާހަގަކޮށްލަން މި ފަހަރު ދާންވީ ސްކައިފޯލް އަށް - ކަމުދާނެ ގާލާ ޑިނާ އެއް!

އާ އަހަރު ފާހަގަކޮށްލަން މި ފަހަރު ދާންވީ ސްކައިފޯލް އަށް - ކަމުދާނެ ގާލާ ޑިނާ އެއް!

25 ޑިސެމްބަރު 2023
އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި

އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި

02 އޮކްޓޯބަރު 2017
"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި

"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި

21 ސެޕްޓެމްބަރު 2017
އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅު ކުރުމަށް އައު ޓަގްބޯޓަކާއި ބާޖެއް ގެނެސްފި

އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅު ކުރުމަށް އައު ޓަގްބޯޓަކާއި ބާޖެއް ގެނެސްފި

19 ސެޕްޓެމްބަރު 2017
XLގެ އައު ރޭންޖެއް ބީއެޗްއެމްއިން ބާޒާރަށް ނެރެފި

XLގެ އައު ރޭންޖެއް ބީއެޗްއެމްއިން ބާޒާރަށް ނެރެފި

18 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު