Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ތިންވަނަ ކުއާޓަރުގައި ބީއެމްއެލްއަށް 481 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

4 ނޮވެމްބަރު 2023 | ހޮނިހިރު 09:20

ދުވާލެއްގެ މައްޗަށް އޭޓީއެމް މެދުވެރިކޮށް އެވްރެޖުކޮށް 40،000 ޓްރާންސެކްޝަން ހައްދާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 ނޮވެމްބަރު 2023 | ހޮނިހިރު 09:20
ބީއެމްއެލްގެ ކިއުއާރު ޓްރާންސެކްޝަނެއް

ބީއެމްއެލްގެ ކިއުއާރު ޓްރާންސެކްޝަނެއް

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 481 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލުން އާއްމުކޮށްފައިވާ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭންކަށް ވަނީ 1.063 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓާގައި ވެސް އެ ބޭންކަށް ލިބިފައިވާ އާމްދަނީއާ އެއްވަރުގެ އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި ލިބުނީ 1 ބިލިއަން ރުފިޔާއެވެ.

އާމްދަނީއާއެކު މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ލިބުނު ސާފު ފައިދާ ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ބޭންކަށް 367.4 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނުއިރު މިއަހަރުގެ އެ މުއްދަތުގައި ލިބުނީ 481 މިލިއަން ރުފިޔާގެ ސާފު ފައިދާއެކެވެ. މިއީ 31 އިންސައްތައިގެ ކުރިއެރުމެކެވެ.

ބީއެމްއެލްގެ ސާފު ފައިދާ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރަށްވުރެ މިއަހަރުގެ އެ މުއްދަތުގައި އިތުރުވި ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ވަނީ 13 އިންސައްތަ ދަށްވެފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 551.6 މިލިއަން ރުފިޔާ ލިބުނެވެ.

މާލީ ރިޕޯޓުން ދައްކާ ގޮތުގައި ތިންވަނަ ކުއާޓަރުގައި ބީއެމްއެލުން ވަނީ ވިޔަފާރިތަކާއި އަދި ވަކި ކަސްޓަމަރުން ހިމެނޭހެން ޖުމްލަ 3.4 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އޭޓީއެމް މެދުވެރިކޮށް އެވްރެޖުކޮށް 40،000 ޓްރާންސެކްޝަން ހައްދާ ކަމަށާއި 232،000 އަށްވުރެ ގިނަ އިންޓަނެޓް އަދި މޯބައިލް ބޭންކިންގ ޓްރާންސެކްޝަން ދުވާލަކު ހަދާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ތިންވަނަ ކުއާޓަރުގައި ބީއެމްއެލުން ވަނީ އެ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވެސް ގިނަ ޕްރޮޖެކްޓުތަކެއް ހިންގާފައެވެ. މީގެ ތެރޭގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފުރުސަތުތައް ހުޅުވާލުމާއި މަޝްރޫއުތައް ހިންގުމާއި ކުޅިވަރުގެ އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން އައިޖީއެމްއެޗުގައި އަލަށް ގާއިމު ކުރި އޮންކޮލޮޖީ ވޯޑަކީ ވެސް ބީއެމްއެލްގެ އެހީގައި ހުޅުވި ވޯޑެކެވެ. އަދި ޤައުމީ ދާރުލް އާސާރުވެސް ބީއެމްއެލްގެ އެހީގައި ތަރައްގީކޮށް މި އަހަރުގެ އޮގަސްޓް މަހު ވަނީ ހުޅުވައިފައެވެ.

ބީއެމްއެލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
27 އޮކްޓޯބަރު 2025

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

27 އޮކްޓޯބަރު 2025
ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!
22 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

22 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
19 އޮކްޓޯބަރު 2025

ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި

19 އޮކްޓޯބަރު 2025
ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް