Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަލިމީހުންނަށް ޒިޔާރަތްކުރުން

ބަލިމީހާއަށް ގޮވާލަން ދިޔުމަކީ މާތްﷲގެ ޙަޟްރަތުގައި ހޭދަކޮށްލެވޭ ވަޤުުތުކޮޅެއް: ޚުތުބާ

ބަލިމީހާއަށް ގޮވާލަން ގޮސް އޭނާ ކައިރީގައި އަމިއްލަ ނަފްސަށާއި އޭނާއަށް ހެޔޮ ދުޢާ ކުރަންޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2023 | ހުކުރު 08:01
ބަލި މީހެއް

ބަލި މީހެއް

ބަލިމީހާއަށް ގޮވާލަން ދިޔުމަކީ މާތްﷲ ގެ ޙަޟްރަތުގައި ހޭދަކޮށްލެވޭ ވަޤުތުކޮޅެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ބަލިމީހުންނަށް ޒިޔާރަތްކުރުން މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ ބަލިމީހާއަށް ގޮވާލަން ގޮސް އޭނާ ކައިރީގައި އަމިއްލަ ނަފްސަށާއި އޭނާއަށް ހެޔޮ ދުޢާ ކުރުމަށެވެ. ބަލިމީހެެއްގެ ގާތަށް ނުވަތަ މަރަށް ހާޒިރުވެފައިވާ މީހެއްގެ ގާތަށް ހާޒިރުވެއްޖެނަމަ ފަހެ އޭނާއާ މެދު ހެޔޮބަސްބުނެ ހެޔޮ ދުޢާ ކުރުމަށް ކީރިތި ރަސޫލާ ވަނީ ޙަދީޘް ކުރައްވާފައެވެ. ޚުތުބާގައި ބުނީ މަލާއިކަތް ބޭކަލުން އެމީހުން ބުނާ ބަހަށް އާމީން ވިދާޅުވާނެ ކަމަށެވެ.

Advertisement - newsAdvertisement

މީހަކު ބަލި މީހަކަށް ގޮވާލަން ހިނގައްޖެނަމަ ނުވަތަ އޭނާގެ މުސްލިމް އަޚަކަށް ޒިޔާރަތްކޮށްފިނަމަ، ގޮވާލައްވާ ބޭކަލަކު ގޮވާލައްވާނެ ކަމަށް ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އޭނާއަށް ބާއްޖަވެރިކަން ހުއްޓެވެ. އޭނާގެ އައުން ބާއްޖަވެރި ވެއްޖެއެވެ. އަދި އޭނާއަށް ސުވަރުގެއިން މަންޒިލެއްގައި ވަޒަންވެރި ވެވިއްޖެއެވެ.

ޚުތުބާގައި ބުނީ ކޮންމެ މުސްލިމަކު ވެސް އަނެއް މުސްލިމަކަށް އަދާކޮށްދޭން ޖެހޭ 6 ހައްޤެއްވެއެވެ. އެއީ އޭނާއާ ބައްދަލުވެއްޖެނަމަ އޭނާއަށް ސަލާމްގޮވައިލުމާއި އޭނާ ދައުވަތެއް ދީފިނަމަ އިޖާބަދިނުމާއި އޭނާ ނަސޭހަތަކަށް އެދިއްޖެނަމަ ނަސޭހަތްދިނުމާއި އޭނާ ކިނބިއްސެއް އަޅައި މާތްﷲއަށް ހަމްދުކޮށްފިނަމަ ރަހުމަތް ލެއްވުމަށް އެދި ދުޢާ ކުރުމާއި އޭނާ ބަލިވެއްޖެނަމަ އޭނާއަށް ގޮވާލަން ދިޔުމާއި އޭނާ މަރުވެއްޖެނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުމެވެ.

ބަލިމީހާއަށް ގޮވާލަން ދިޔުމުގެ މާތްކަމާއި ސަވާބާ ބެހޭގޮތުން ކީރިތި ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ބަލިމީހަކަށް ގޮވާލަން ހަވީރުގެ ވަގުތެއްގައި މީހަކު ދިޔަނަމަ އެމީހަކަށް ފާފުއްސަވައިދެއްވުމަށް އެދި 70 ހާސް މަލާއިކަތުން ހެނދުނު ވަންދެން ދުޢާ ކުރައްވާނެތެވެ. އަދި ބަލިމީހަކަށް ގޮވާލަން ހެނދުނުގެ ވަގުތެއްގައި މީހަކު ދިޔަނަމަ އެމީހަކަށް ފާފަފުއްސަވައިދެއްވުމަށް އެދި 70 ހާސް މަލާއިކަތުން ހަވީރު ވަންދެން ދުޢާ ކުރައްވާނެތެވެ. އެމީހަކު ހުންނަނީ ސުވަރުގޭގެ ބަގީޗާތަކުގައެވެ.

ޚުތުބާގައި ބުނީ ދުނިޔޭގައި ކޮންމެ އިންސާނަކު ވެސް ބަލިވާނެއިރު ތަދާއި ވޭނާއި ކެކުޅުންފަދަ ކަންކަމަކީ މާތްﷲ ކުރިމަތިކުރައްވާ އިމްތިޙާނުތައް ކަމަށެވެ. މިކަންކަން ތަހައްމަލުކުރަން ނުޖެހޭ އެެއްވެސް މީހަކު ނުވާނެއެވެ. ބަލިމަޑުކަމާ ކުރިމަތިވުމުން ނޫނީ ދުޅަހެޔޮކަމާއި ޢާފިޔަތުގެ އަގު ވަޒަނެއް ނުކުރެވޭނެއެވެ. އިންސާނާއާ ކުރިމަތި ކުރައްވާ ބޮޑެތި އިމްތިހާނުތަކާއި މުސީބާތްތަކުގެ ތެރޭގައި ބަލިވުން ހިމެެނެއެވެ.

ހުކުރު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު