Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މޫސުން

މެދުރާއްޖެއަށް ވަރަށް ވިއްސާރަ، މާލެ ފެނު އަޑީގައި

3 ނޮވެމްބަރު 2023 | ހުކުރު 05:46

މެޓް އޮފީހުން ވަނީ މާލެ އަތޮޅު ހިމެނޭހެން، ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރަފައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 3 ނޮވެމްބަރު 2023 | ހުކުރު 05:46
މާލެ ސިޓީއައް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުން -- ވަން ފޮޓޯ/

މާލެ ސިޓީއައް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުން -- ވަން ފޮޓޯ/

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މާލެ އަދި ހުޅުމާލެ އަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު ލަފާކުރި ގޮތުން، ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އެއާއެކު ހުދު ސަމާލު މެޓް އޮފީހުން އޭރު ނެރުނެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް އޭގެ ގަޑިއިރެއް ފަހުން މެޓް އޮފީހުން ވަނީ މާލެ އަތޮޅު ހިމެނޭހެން، ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރަފަ އެވެ. އެގޮތުން އެ އަތޮޅުތަކުގެ މަތީގައި ބޯކޮށް ވިއްސާރަ ވިލާތައް އުފެދިފައިވާ ކަމަށް މެޓް އިން ބުނެ އެވެ.

މިއާ އެކު، މިއަދު ހެނދުނު 7 ޖެހި އިރު މާލެ އަދި ހުޅުމާލެ އަށް ބޯކޮށް ވާރޭވެހެން ފެށުމާއެކު، މަގުތަކުގައި ވަރަށް ބޮޑަށް ވަނީ ފެން ހެދިފަ އެވެ.

މެޓް އިން ބުނި ގޮތުގައި މެދުރާއްޖެ އަދި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އިރު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުން ވެސް އެކަށީގެން ވެ އެވެ. އަދި ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް އެ އިދާރާއިން ލަފާ ކުރެ އެވެ.

އެހެން ނަމަވެސް މެޓުން ލަފާ ކުރާ ގޮތުގައި، ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް، އެހެން ހިސާބުތަކުގައި މަޑުވާނެ އެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ އުތުރު އަދި މެދު ރާއްޖޭގައި ތިން ފޫޓާއި އެއް ފޫޓާއި ދެމެދު ނަމަވެސް، ދެކުނުގައި ތިން ފޫޓާއި ފަސް ފޫޓުގެ ދެމެދުގައި އެވެ.

ރާއްޖޭގެ އެންމެ އުތުރު އަދި މެދުރާއްޖެއަށް ހުކުރު ދުވަހުން ފެށިގެން ވިއްސާރަ ކުރަމުން ދިޔަ ނަމަވެސް، ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައިވަނީ ގދ. ތިނަދޫ އަށެވެ. އެގޮތުން އެ ސިޓީއަށް 22.1 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.

މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

28 ނޮވެމްބަރު 2025
ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ
27 ނޮވެމްބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް
23 އޮކްޓޯބަރު 2025

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
17 އޮކްޓޯބަރު 2025

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ
15 އޮކްޓޯބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
14 އޮކްޓޯބަރު 2025

މޫސުމާ ބެހޭ އޮފީހުގެ އިރުޝާދަށް ވެރިމީހާ ބެލުމެއް ނެތެވެ އެކަމަކު އާންމު މީހާ އެއަށް ތަބާ ވާން ޖެހެއެވެ!

14 އޮކްޓޯބަރު 2025
މޫސުމާ ބެހޭ އޮފީހުގެ އިރުޝާދަށް ވެރިމީހާ ބެލުމެއް ނެތެވެ އެކަމަކު އާންމު މީހާ އެއަށް ތަބާ ވާން ޖެހެއެވެ!
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
04 އޯގަސްޓު 2025

ކަނޑުދަތުރފަތުރު ކުރާ އިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

04 އޯގަސްޓު 2025
ކަނޑުދަތުރފަތުރު ކުރާ އިރު ސަމާލުވުމަށް އިލްތިމާސްކޮށްފި
18 ޖުލައި 2025

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު

18 ޖުލައި 2025
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު
18 ނޮވެމްބަރު 2024

ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ

18 ނޮވެމްބަރު 2024
ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ، ސަމާލުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް