Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހި އަދަބު ކުރިއެރުވުން

އޮންލައިން އަދަބީ އީދު 2021 ބޭއްވުމަށް ނިންމައިފި

8 ޖޫން 2021 | އަންގާރަ 03:11

މި އަދަބީ އީދު ޚާއްސަ ކޮށްފައިވާނީ މައިގަނޑު 3 އުމުރު ފުރައަކަށް

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖޫން 2021 | އަންގާރަ 03:11
ދިވެހިބަހުގެ އެކެޑަމީ،

ދިވެހިބަހުގެ އެކެޑަމީ،

ދިވެހި އަދަބު ކުރިއެރުވުމާއި އަދަބީ އުފެއްދުންތައް ހުށަހެޅުމުގެ ހުނަރު ތަރައްގީކޮށް ދެމެހެއްޓުމަށްޓަކައި ތަފާތު އަދަބީ މުބާރާތްތަކެއް ހިމެނޭ ގޮތަށް އޮންލައިން އަދަބީ އީދެއް ބާއްވަން ނިންމައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނީ މިއީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ އަދަބީ އީދެއް ކަމަށާއި، މި އަދަބީ އީދު ޚާއްސަ ކޮށްފައިވާނީ މައިގަނޑު 3 އުމުރު ފުރައަކަށް ކަމަށެވެ. އެއީ 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ، 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ، 17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.

Advertisement - newsAdvertisement

ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތްތަކަކީ ބަނދި ކިޔުން، ޅެން ކިޔުން، ވާހަކަ ހުށަހެޅުން އަދި ރައިވަރު ކިޔުން ކަމަށް އެކެޑަމީން ބުނެއެވެ.

އެކެޑަމީން ބުނީ އޮންލައިން އަދަބީ އީދުގެ މުބާރާތްތަކުގައި ބައިވެރިވެވޭނީ އެކަމަށް ތައްޔާރުކޮށްފައިވާ ގޫގުލްފޯމު މެދުވެރިކޮށް ކަމަށާއި، މުބާރާތަށް ހުށަހަޅާ އަދަބީ އުފެއްދުންތައް ހުށަހަޅާނީ އެކެޑަމީގެ 7986230 ނަންބަރުގެ ޓެލެގުރާމަށް ކަމަށެވެ. ހުށަހަޅާ އަދަބީ އުފެއްދުންތައް ހުންނަން ވާނީ އެމް.ޕީ 4 ފޯމެޓުގައި ލޭންޑްސްކޭޕްކޮށް ކަމަށާއި، ޓެލެގުރާމަށް ފޮނުވާ އަދަބީ އުފެއްދުމުގައި ކޮންމެ ބައިވެރިއެއްގެ ނަމާއި އެޑްރެހާއި އުމުރުފުރާ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖަހައި ވީޑިއޯއާ އެކު މެސެޖެއް ފޮނުވަން ވާނެ ކަމަށެވެ.

އޮންލައިން އަދަބީ އީދުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމަށް 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން 28 ޖޫންގެ ކުރިން، 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ ކުދިން 29 ޖޫންގެ ކުރިން، 17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން 30 ޖޫންގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ. އަދި ފޯމް ހުށަހަޅާއިރު، ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00ށް ކުރިން ފޯމް ހުށަހެޅުމަށް އެކެޑަމީން އެދިފައިވެއެވެ.

ކޮންމެ ބައިވެރިއަކަށް ވެސް ބައިވެރިވެވޭނީ ގިނަވެގެން 2 މުބާރާތުގައެވެ.

ދިވެހި ބަހުގެ އެކަޑަމީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2023

ދިވެހި ބަހުގެ އެކަޑަމީގެ "އަސްކަނި މައުރަޒު" ވަރަށް ކާމިޔާބު

02 ނޮވެމްބަރު 2023
ދިވެހި ބަހުގެ އެކަޑަމީގެ "އަސްކަނި މައުރަޒު" ވަރަށް ކާމިޔާބު
13 ޖެނުއަރީ 2023

ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 ޖެނުއަރީ 2023
ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 އެޕްރީލު 2022

ބަހާއި ބަހުރުވަތަކާމެދު މަގޭ ފިކުރު!

14 އެޕްރީލު 2022
ބަހާއި ބަހުރުވަތަކާމެދު މަގޭ ފިކުރު!
18 ފެބުރުއަރީ 2022

33 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކޮށްފި

18 ފެބުރުއަރީ 2022
33 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކޮށްފި
10 ސެޕްޓެމްބަރު 2021

ދިވެހިބަހުގެ އަސަރާއި ފޮނިކަން ސީނުކަރައަށް

10 ސެޕްޓެމްބަރު 2021
ދިވެހިބަހުގެ އަސަރާއި ފޮނިކަން ސީނުކަރައަށް
09 ސެޕްޓެމްބަރު 2021

ދިވެހިބަސް ދަސްކޮށްދޭ ކޯހެއް ޗައިނާގެ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވަރސިޓީގައި ފަށައިފި

09 ސެޕްޓެމްބަރު 2021
ދިވެހިބަސް ދަސްކޮށްދޭ ކޯހެއް ޗައިނާގެ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވަރސިޓީގައި ފަށައިފި
12 އޯގަސްޓު 2021

އަބްދުﷲ ސާދިގު (ސޯދުބެ)

12 އޯގަސްޓު 2021
އަބްދުﷲ ސާދިގު (ސޯދުބެ)
08 އޯގަސްޓު 2021

ބަހުގެ އެކަޑަމީއަށް 3 މެންބަރުން ޢައްޔަނުކޮށްފި

08 އޯގަސްޓު 2021
ބަހުގެ އެކަޑަމީއަށް 3 މެންބަރުން ޢައްޔަނުކޮށްފި
15 އެޕްރީލު 2021

ދިވެހިބަހުގެ ދުވަހު ދިވެހިބަހުގެ އެކެޑެމީން ޓިކްޓޮކަށް

15 އެޕްރީލު 2021
ދިވެހިބަހުގެ ދުވަހު ދިވެހިބަހުގެ އެކެޑެމީން ޓިކްޓޮކަށް
14 އެޕްރީލު 2021

ރާއްޖެ ފަދަ ގައުމަކަށް އަމިއްލަ ބަހެއް ލިބިފައި އޮތުމަކީ ބޮޑު ނަސީބެއް: ޔުމްނާ

14 އެޕްރީލު 2021
ރާއްޖެ ފަދަ ގައުމަކަށް އަމިއްލަ ބަހެއް ލިބިފައި އޮތުމަކީ ބޮޑު ނަސީބެއް: ޔުމްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް