Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މާދަމާ ޖަލްސާއެއް ބާއްވައިދިނުމަށް މަޖިލީހުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން އެދިއްޖެ

1 ނޮވެމްބަރު 2023 | ބުދަ 09:13

އިތުބާރު ގެއްލޭ ފަދަ ގިނަ ކަންކަން ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެނިފައިވޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 1 ނޮވެމްބަރު 2023 | ބުދަ 09:13
މަޖިލިސް މެންބަރުން އިހުތިޖާޖުކުރަނީ

މަޖިލިސް މެންބަރުން އިހުތިޖާޖުކުރަނީ

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވައިދިނުމަށް މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން އެދިއްޖެ އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހުގެ އިދާރާގައި އެގޮތަށް އެދިފައިވަނީ ބުދަ ދުވަހުއެވެ.

ބުދަ ދުވަހު އެމްޑީޕީން ވަނީ މި މައްސަލަ މަޖިލީހުން ކުރިއަށް ނުގެންދާތީ އެކަމާ އިހުތިޖާޖު ވެސް ކޮށްފައެވެ. އެގޮތުން ނަޝީދަށް އިތުބާރު ގެއްލިފައިވާކަމާއި، އިތުބާރު ގެއްލުމުން އެންމެ ރަނގަޅު ގޮތަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުންކަމަށް ލިޔެފައިވާ ބެނަރއެއް ހިފައިގެން މެންބަރުން ވަނީ އިޖުތިޖާޖުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަފުޅު ދައްކަވަމުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، ބުދަ ދުވަހުގެ 11:00 ޖެހިއިރު އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވަވައި، މި މައްސަލައިގައި ކުރިއަށްދާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އަދި މި މައްސަލަ ވަކި ކޮޅެއްގައި ޖެހެންދެން އެމްޑީޕީން އިހުތިޖާޖު ކުރިއަށް ގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަޝީދަށް މެންބަރުންގެ އިތުބާރު ނެތްކަން ސާފުކޮށް އެނގިވަޑައިގަންނަވާއިރު، ގަދަބާރުން މަޖިލީހުގައި އެމަނިކުފާނު ހުންނެވުމުގެ ބޭނުމެއް ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އޭގެ އިތުރުން، އިތުބާރު ނެތްކަމުގެ މައްސަލައަކީ އިތުބާރު ގެއްލޭ ފަދަ ގިނަ ކަންކަން ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެނުމުގެ ސަބަބުން ހުށަހެޅި މައްސަލައެއް ކަމަށާއި، އެ މައްސަލަ ނިމުމުން 24 ގަޑިއިރު މަޖިލީހުގައި ތިއްބަވައިގެން އަދި އިތުރު ޖަލްސާތައް އެޖެންޑާ ކުރައްވައިގެން ނަމަވެސް، މަސައްކަތްތައް ނިންމަވާނެކަމަށް ވެސް އެމްޑީޕީ ޕީޖީ ގުރޫޕުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އާދިއްތަ ދުވަހާއި ހޯމަ ދުވަހުގެ ޖަލްސާއަށް މަޖިލީހުގެ ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރިއެވެ. އެހެންނަމަވެސް ސިއްހީ ހާލަތު ހުރިގޮތުން ކަމަށް ވިދާޅުވެ، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަޖިލީހަށް ދެ ދުވަހުވެސް ވަޑައިގެންފައެއް ނުވެއެވެ.

މި މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމާ ގުޅިގެން އެ ޖަލްސާ ވެސް ވަނީ ކެންސަލް ކޮށްފައެވެ.

އެމްޑީޕީން މިހާރު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު، އަންނަ ހޯމަ ދުވަހަށް ވަނީ ސުޕްރީމް ކޯޓުގައި މި މައްސަލަތާވަލުކޮށްފައެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް