Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ

މެސީގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރާނަން: ބެކަމް

އަހަރުމެން ރަނގަޅު ޕާޓީއެއް ބާއްވާނެކަން ޔަގީން: ބެކަމް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 31 އޮކްޓޯބަރު 2023 | އަންގާރަ 06:43
ބެލޮންޑީއޯ އެވޯޑާއެކު މެސީ އާއި ޑޭވިޑް ބެކަމް

ބެލޮންޑީއޯ އެވޯޑާއެކު މެސީ އާއި ޑޭވިޑް ބެކަމް

އަށް ވަނަ ފަހަރަށް ބެލޮންޑީއޯ އެވޯޑް ލަޔޮނަލް މެސީ ހޯދުމުން އެކަން ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް އިންޓަމިއާމީއިން ބުނެފި އެވެ.

އެމެރިކާގެ މިއާމީ ކުލަބުގެ އެއް ހިއްސާދާރު ކަމަށްވާ އިނގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އެވޯޑް ހަފުލާގައި ބުނީ މިއާމީގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށްދޭ ބެލޮންޑީއޯ އެވޯޑް މެސީ ހޯދުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.

ބެލޮންޑީއޯ އަށް ވަނަ ފަހަރަށް މެސީ ހޯދުމަކީ އަތުނުވާނެ ކަމަށް ބެލެވޭ ރެކޯޑެކެވެ. އޭނާ އަށް ފަހު އެންމެ ގިނައިން އެވޯޑް ހޯދި ކުޅުންތެރިޔާ އަށް ހޯދިފައިވަނީ އެންމެ ފަސް އެވޯޑެވެ. ފްރާންސްގައި ރޭ ބޭއްވި ހަފުލާގައި މެސީ އަށް އެވޯޑް ދިނުމަށް އެވޯޑް އިންތިޒާމް ކޮމިޓީން ހަމަޖެއްސީ ވެސް ބެކަމް އެވެ.

އޭނާ ބުނީ ފްރާންސްގެ ޕެރިހަކީ އޭނާ އަށް ހާއްސަ ތަނެއް ކަމަށާއި އެއީ ފުޓްބޯޅަ ކުޅުން ހުއްޓާލި ފަސްގަނޑު ކަމަށެވެ. އަދި ފްރާންސްގެ ޕީއެސްޖީ އަށް ކުޅުނު ދުވަސްވަރު އޭނާ އާއި އޭނާގެ އާއިލާއިން ގިނަ ކަންކަން ފާހަގަ ކުރުމަށް ހާއްސަ ހަފުލާތަކެއް ވެސް ބޭއްވި ކަމަށާއި ޕެރިހުގައި މެސީ އަށް އެވޯޑް ހަވާލުކުރަން ފުރުސަތު ލިބުމުން އެކަމާ އުފާވާ ކަމަށެވެ.

މެސީ އަށް ވޯލްޑްކަޕް ލިބުނީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެނިކޮށެވެ. ނަމަވެސް އެކުލަބުން ވަނީ ވޯލްޑްކަޕް ކާމިޔާބުކުރުމުން އެކަން ކުލަގަދަކޮށް ފާހަގަކުރަން އުޒުރުވެރިވެފަ އެވެ. މިހެންވެ މެސީ ބުނީ އޭނާ އަކީ ވޯލްޑްކަޕް ކާމިޔާބުކުރުމުން ކުލަބުގައި އެކަން ފާހަގަ ކުރަން ފުރުސަތު ނުލިބުނު އާޖެންޓީނާގެ ހަމައެކަނި ކުޅުންތެރިޔާ ކަމަށެވެ.

ލިއޮނެލް މެސީބަލޮންޑޯ އެވޯޑްޑޭވިޑް ބޭކަމް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު