Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޓީއޯ

އެސްޓީއޯގެ އާމްދަނީ 9 ޕަސެންޓު އިތުރުވެއްޖެ

އާމްދަނީ އިތުރުވިނަމަވެސް، އެ ކުންފުނީގެ ޖުމްލަ ފައިދާ ވަނީ ދަށަށްގޮސްފައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2023 | އާދީއްތަ 13:46
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ނިމިދިޔަ މުއްދަތުގައި ލިބުނު ޖުމްލަ އާމްދަނީ، ނިމިދިޔަ ކުއާޓަރާ އަޅާބަލާއިރު 9 ޕަސެންޓު އިތުރުވެއްޖެކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯއިން އާންމުކުރި ކުންފުނީގެ މާލީ ތަފާސް ހިސާބުތަކުން ދައްކާގޮތުން، އެސްޓީއޯއަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެގޮތުގައި ލިބުނީ 3.7 ބިލިއަން ރުފިޔާ ލިބުނުނަމަވެސް، އެ ކުންފުނިން ވަނީ އާމްދަނީ ރަނގަޅުކޮށް، ނިމިިދިޔަ ތިންވަނަ ކުއާޓަރުގައި 4.1 ބިލިއަން ރުފިޔާ ހޯދާފައެވެ.

Advertisement - businessAdvertisement

އެހެންނަމަވެސް މިއީ އެ ކުންފުނިން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހޯދި 4.6 ބިލިއަނަށްވުރެ މަދު އަދަދެކެވެ.

އެސްޓީއޯގެ އާމްދަނީ ނިމިދިޔަ ކުއާޓަރުގައި އިތުރުވިނަމަވެސް، އެ ކުންފުންޏަށް ޖުމްލަ ފައިދާގެގޮތުގައި ނިމިދިޔަ ކުއާޓަރުގައި ލިބުނީ 271 މިލިއަން ރުފިޔާއެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 303 މިލިއަން ރުފިޔާއަށްވުރެ މަދު އަދަދެކެވެ.

އެހެން ނަމަވެސް މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު ޖުމްލަ ފައިދާކަމަށްވާ 168 މިލިއަން ރުފިޔާއަށްވުރެ ގާތްގަޑަކަށް 61 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިއާއެކު، އެކުންފުންޏަށް ނިމިދިޔަ ކުއާޓަރުގައި ލިބުނު ހިންގުމުގެ ފައިދާވެސް ވަނީ ދަށަށްގޮސްފައެވެ. އެގޮތުން، ހިންގުމުގެ ފައިދާގެގޮތުގައި އެކުންފުންޏަށް 390 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީގެ ކުއާޓަރާ އަޅާބަލާއިރު 38 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އެސްޓީއޯގެ ފައިދާ ދަށްވެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވިނަމަވެސް، އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެ ނިސްބަތުން ބޮޑުކޮށްފައި ނުވުމުންނެވެ.

އެސްޓީއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

15 އޮކްޓޯބަރު 2025
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

10 އޮކްޓޯބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު