Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑެންއާއި ޝީ ބައްދަލުކުރައްވަނީ

ބައިޑެންއާއި ޝީ، ނޮވެމްބަރު މަހު ބައްދަލުކުރައްވަނީ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 28 އޮކްޓޯބަރު 2023 | ހޮނިހިރު 07:17
ބައިޑަންއާއި ޝީ މީގެ އަހަރެއްހާ ދުވަސް ކުރިން ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ބައިޑަންއާއި ޝީ މީގެ އަހަރެއްހާ ދުވަސް ކުރިން ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޖޯ ބައިޑެން، އަންނަ މަހު ސެން ފްރެންސިސްކޯގައި ބާއްވާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވާނެ ކަމަށް، ދެ ގައުމުގެ ދެމެދުގައި ދާދި ފަހުން ބޭއްވި މަތީ ފެންވަރުގެ މަޝްވަރާތަކުގެ ރީޑްއައުޓްތަކުން ދައްކައިފިއެވެ.

ބައިޑެންއާއި ޝީ ބައްދަލުކުރައްވަން ހަމަޖެހިފައި މި ވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވޮޝިންޓަނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެންނެވެ. ތިން ދުވަހުގެ ތެރޭގައި ވަންގް ވަނީ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ޖޭކް ސުލިވަންއާއި ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންފަދަ އެމެރިކާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި، ވަންގް ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް އިހުތިރާމާއި ސުލްހަވެރި އެކުވެރިކަމާއި ވިން- ކޯޕަރޭޝަންގެ މައްޗަށް ބިނާކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ޗައިނާއިން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އިސްރާއީލު-ހަމާސް ހަނގުރާމައާއި، ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާއި، ޓައިވާނާމެދު އުފެދިފައިވާ ނުތަނަވަސްކަންފަދަ ޖިއޮޕޮލިޓިކަލް އެކި މައްސަލަތަކާ ބެހޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ބައެއް އޮބްޒަރވަރުން ލަފާކުރާގޮތުގައި އިސްރާއީލާއި އަރަބި ގައުމުތަކާ އޮންނަ ގުޅުމަށް ބަލާއިރު، ޣައްޒާގައި ޗައިނާއަށް ބިނާކުރަނިވި ދައުރެއް އަދާކުރެވިދާނެއެވެ. ބައިޑެން ވަނީ މެދުއިރުމަތީގެ މައްސަލަފަދަ، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެމެރިކާއާއި ޗައިނާ ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ވަންގްއަށް އަރިހުގައި ވިދާޅުވެފައެވެ. ނަމަވެސް ޓައިވާނާއި ދެކުނު ޗައިނާ ކަނޑުފަދަ މައުލޫތަކުގައި ނުތަނަވަސްކަން އަދިވެސް އެބަހުއްޓެވެ.

ބައިޑެންއާއި ޝީގެ ބައްދަލުވުމަކީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ޖީ-20 ސަމިޓަށްފަހު، ދެ ބޭފުޅުން އަމިއްލަފުޅަށް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. މިއީ އެމެރިކާއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ހަމައަކަށް އެޅުވުމަށް ދެ ގައުމުގެ މަސްލަހަތު އޮތްކަމުގެ އިޝާރާތެކެވެ. ނަމަވެސް ސަރަހައްދީ ފްލޭޝްޕޮއިންޓުތަކާއި ދުނިޔޭގެ ނުފޫޒާމެދު ބޮޑެތި ޚިޔާލު ތަފާތުވުންތައް އަދިވެސް އެބަހުއްޓެވެ.

އޭޕެކް ސަމިޓަށް މަހެއްހާ ދުވަސް ވެފައި ވަނިކޮށް، ދެ ލީޑަރުން ކުރިމަތިލައްވަން ތައްޔާރުވެވަޑައިގަންނަވާ ކަމަށް ބެލެވެއެވެ. ނަމަވެސް މަޝްވަރާތައް އިތުރަށް އެއްބާރުލުން ދެއްވައިގެން ކުރިއަށް ގެންދެވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދެ ގައުމުގެ ގުޅުން އަދިވެސް އޮތީ ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމަށް ވުމެވެ.

ޖޯ ބައިޑަންޗައިނާގެ ރައީސް ޝީ ޖީންޕިންގް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
05 ނޮވެމްބަރު 2025

ސިޔާސީ ޙަރަކާތްތަކާ ދުރުގައި ހުންނެވި ބައިޑަން ފެނުނީ ރެސްޓޯރެންޓެއް ގައި ފަރިއްކުޅުވަން އިންނަވަނިކޮށް

05 ނޮވެމްބަރު 2025
ސިޔާސީ ޙަރަކާތްތަކާ ދުރުގައި ހުންނެވި ބައިޑަން ފެނުނީ ރެސްޓޯރެންޓެއް ގައި ފަރިއްކުޅުވަން އިންނަވަނިކޮށް
02 ނޮވެމްބަރު 2025

ބައިޑަން ޖަލަށް ލާން ޖެހޭ ކަމަށް ގޮވާލައި ޓްރަމްޕް ވިދާޅުވީ، އެއީ ނާކާމިޔާބު މީހެއް ކަމަށް

02 ނޮވެމްބަރު 2025
ބައިޑަން ޖަލަށް ލާން ޖެހޭ ކަމަށް ގޮވާލައި ޓްރަމްޕް ވިދާޅުވީ، އެއީ ނާކާމިޔާބު މީހެއް ކަމަށް
30 އޮކްޓޯބަރު 2025

ޓްރަމްޕްގެ ވެރިކަމަކީ އެމެރިކާ އަށް އަނދިރި ދުވަސް ތަކެއް، ރައްޔިތުން ހިތްވަރު ކުރަން ޖެހޭ: ބައިޑަން

30 އޮކްޓޯބަރު 2025
ޓްރަމްޕްގެ ވެރިކަމަކީ އެމެރިކާ އަށް އަނދިރި ދުވަސް ތަކެއް، ރައްޔިތުން ހިތްވަރު ކުރަން ޖެހޭ: ބައިޑަން
28 އޮކްޓޯބަރު 2025

އިންތިޚާބުގައި ވާދަ ނުކުރަށްވަން ބައިޑަން އަށް ލަފާ ނުދިނީ އަމިއްލަ އެދުން އިސް ކުރަން ބޭނުން ނުވާތީ: ކަމަލާ

28 އޮކްޓޯބަރު 2025
އިންތިޚާބުގައި ވާދަ ނުކުރަށްވަން ބައިޑަން އަށް ލަފާ ނުދިނީ އަމިއްލަ އެދުން އިސް ކުރަން ބޭނުން ނުވާތީ: ކަމަލާ
23 އޮކްޓޯބަރު 2025

ބައިޑަންއާ މެދު ކަންތައް ކުރީ "ވަރަށް ދެރަކޮށް" ކަމަށް ވިދާޅުވެ، ކުރީގެ ޕްރެސް ސެކްރެޓަރީގެ ފާޑު ކިޔުން ޑިމޮކްރަޓިކް ޕާޓީ އަށް

23 އޮކްޓޯބަރު 2025
ބައިޑަންއާ މެދު ކަންތައް ކުރީ "ވަރަށް ދެރަކޮށް" ކަމަށް ވިދާޅުވެ، ކުރީގެ ޕްރެސް ސެކްރެޓަރީގެ ފާޑު ކިޔުން ޑިމޮކްރަޓިކް ޕާޓީ އަށް
22 އޮކްޓޯބަރު 2025

ބައިޑަން، ކެންސަރު ފަރުވާގެ ރޭޑިއޭޝަންގެ ފުރަތަމަ މަރުހަލާ ނިންމާލައިފި

22 އޮކްޓޯބަރު 2025
ބައިޑަން، ކެންސަރު ފަރުވާގެ ރޭޑިއޭޝަންގެ ފުރަތަމަ މަރުހަލާ ނިންމާލައިފި
15 އޮކްޓޯބަރު 2025

ބައިޑަން އާއި ބްލިންކެން ފާހަގަ ކުރީ، އޭރުގެ ސަރުކާރުން ޣައްޒާ ހަނގުރާމަ ނިންމަން ކޮށްފައިވާ ކަންކަން

15 އޮކްޓޯބަރު 2025
ބައިޑަން އާއި ބްލިންކެން ފާހަގަ ކުރީ، އޭރުގެ ސަރުކާރުން ޣައްޒާ ހަނގުރާމަ ނިންމަން ކޮށްފައިވާ ކަންކަން
12 އޮކްޓޯބަރު 2025

ބައިޑަން، ޕްރޮސްޓޭޓް ކެންސަރަށް ރޭޑިއޭޝަންގެ ފަރުވާ ހޯއްދަވަން ފައްޓަވައިފި

12 އޮކްޓޯބަރު 2025
ބައިޑަން، ޕްރޮސްޓޭޓް ކެންސަރަށް ރޭޑިއޭޝަންގެ ފަރުވާ ހޯއްދަވަން ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު