Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2025 | އަންގާރަ 10:01
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އަދި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އަދި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް
ރޮއިޓަރސް
އެމެރިކާ
އިންތިޚާބުގައި ވާދަ ނުކުރަށްވަން ބައިޑަން އަށް ލަފާ ނުދިނީ އަމިއްލަ އެދުން އިސް ކުރަން ބޭނުން ނުވާތީ: ކަމަލާ
ކަމަލާ ވިދާޅުވެފައި ވަނީ އޭރު ބައިޑަންގެ އުމުރުފުޅުން 81 އަހަރުވެފައި ވީ ނަމަވެސް، ބައިޑަން ހުންނެވީ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވޭ ޙާލަތުގައި ކަމަށާއި، އަދި ބައިޑަންގެ ޤާބިލުކަމާ މެދު ސުވާލެއް ނެތް ކަމަށެވެ. އެހެން ނަމަވެސް، އިތުރު އިންތިޚާބެއްގައި ވާދަ ކުރައްވައި، އިންތިޚާބުގެ ބުރަ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމާ މެދު ކަންބޮޑުވުން ތަކެއް އޮތް ކަމަށް ކަމަލާ ފާހަގަ ކުރެއްވި އެވެ.

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް އޭރުގެ ރައީސް ޖޯ ބައިޑަން އަށް ލަފާ ދީފައި ނުވާނެ ކަމަށާއި، އެކަން ނުކުރީ ސަބަބު ތަކެއް ހުރުމުން ކަމަށް ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވެއްޖެ އެވެ.

ކަމަލާ އެހެން ވިދާޅުވީ "ސަންޑޭ ވިތު ލޯރާ ކުއެންސްބާގް: ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އިންތިޚާބުގައި ވާދަ ނުކުރުމުގެ ލަފާ އޭރު ބައިޑަން އަށް ދީފައި ނުވި ނަމަވެސް، އެ މަޝްވަރާ އަކީ އޭރު ކުރަން ޖެހުނު ކަމެއް ކަމަށް މިހާރު ވިސްނޭ ކަމަށް ކަމަލާ ވިދާޅުވި އެވެ.

ޑިމޮކްރަޓިކް ޕާޓީ އިން އެންމެ ފުރަތަމަ ވާދަ ކުރުމަށް ބައިޑަން ނިންމެވިއިރު، ބައިޑަންގެ ޞިއްޙީ ޙާލުކޮޅާ މެދު އޭރު ދިޔައީ ސުވާލު ތަކެއް އުފެދެމުންނެވެ. އެގޮތުން ބައިޑަން ހުންނެވީ ޞިއްޙީ ގޮތުން އަދި އުމުރުގެ ގޮތުން ވެސް ހަތަރު އަހަރުގެ އިތުރު ދައުރެއް އަދާ ކުރެވޭ ޙާލަތުގައި ނޫން ކަަމަށް އެތައް ބަޔަކު ބުނަމުން ދިޔަ އެވެ.

ނަމަވެސް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު އޮތް ރިޔާސީ ބަހުސްގައި ބައިޑަންގެ ފަރާތުން ފެނުނު ދަށް ޕާފޮމަންސްއާ ގުޅިގެން އޭނާ އަށް އެތައް ފާޑު ކިޔުން ތަކެއް އަމާޒުވެ، އެންމެ ފަހުން ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވާން ނިންމައިފަ އެވެ. އެއާއެކު، ދެން އިންތިޚާބުގައި ވާދަ ކުރެއްވީ ކަމަލާ އެވެ.

ކަމަލާގެ "107 ދުވަސް" ފޮތުގައި ބުނެފައި ވަނީ، ބައިޑަންގެ ޤާބިލުކަމާއި، ފެންވަރާ މެދު އޮތް ކަންބޮޑުވުން އެ ދުވަސްވަރު އޭނާ ބައިޑަންއާ ހިއްސާ ކޮށްފައި ނުވާނެ ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވައި އެ ފޮތުގައި ކަމަލާ ވިދާޅުވެފައި ވަނީ، އަމިއްލަ ނަފްސުގެ ބޮޑާކަމާއި، އަމިއްލަ ވަކި ކަމެއް ޙާސިލު ކުރުމުގެ ނިޔަތުގައި ނިންމަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އިތުރަށް ކަމަލާ ވިދާޅުވެފައި ވަނީ އޭރު ބައިޑަންގެ އުމުރުފުޅުން 81 އަހަރުވެފައި ވީ ނަމަވެސް، ބައިޑަން ހުންނެވީ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވޭ ޙާލަތުގައި ކަމަށާއި، އަދި ބައިޑަންގެ ޤާބިލުކަމާ މެދު ސުވާލެއް ނެތް ކަމަށެވެ. އެހެން ނަމަވެސް، އިތުރު އިންތިޚާބެއްގައި ވާދަ ކުރައްވައި، އިންތިޚާބުގެ ބުރަ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމާ މެދު ކަންބޮޑުވުން ތަކެއް އޮތް ކަމަށް ކަމަލާ ފާހަގަ ކުރެއްވި އެވެ.

ޚާއްސަކޮށް އިންތިޚާބުގައި ވާދަ ކުރަން ޖެހުނީ ޓްރަމްޕްއާ ކަމަށްވާއިރު، އެއީ ބައިޑަން އަށް އޮތް އިތުރު ގޮން ޖެހުން ތަކެއް ކަމަށް ކަމަލާ ވިދާޅުވެފައިވެ އެވެ. ނަމަވެސް، އޭރު އެ ވާހަކަތައް ބައިޑަންއާ ހިއްސާ ނުކުރެއްވީ އަމިއްލަ ސިޔާސީ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު އަމާޒުވެދާނެތީ ކަމަށް ކަމަލާ ވިދާޅުވެފައިވެ އެވެ. އެކަމުގެ ކަންބޮޑުވުން އޮތުމާ އެކު، އެ ވާހަކަތައް ހިއްސާ ކުރުމަށް ފަސް ޖެހުނު ކަމަށް ކަމަލާ ފާހަގަ ކުރެއްވި އެވެ.

ހެރިސް ވިދާޅުވީ އޭރު 81 އަހަރުގެ އުމުރުފުޅުގައި ހުންނެވި ބައިޑެންގެ ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ގާބިލުކަމާ މެދު ސުވާލެއް ނެތް ނަމަވެސް، އިންތިޚާބީ ވާދައިގެ ބުރަ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމާމެދު ކަންބޮޑުވުން އޮތް ކަމަށެވެ. ޚާއްސަކޮށް ޓްރަމްޕާ ދެކޮޅަށް ވާދަކުރުމަކީ އިތުރު ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށް ވިދާޅުވިއެވެ.

ޖޭކް ޓެޕާ އަދި އެލެކްސް ތޮމްޕްސަންގެ "އޮރިޖިނަލް ސިން" ފޮތުގައި ބުނެފައި ވަނީ ބައިޑަންގެ ގާތް ފަރާތްތަކުން އޭނާގެ ޖިސްމާނީ ބަލިކަށިކަން އާންމުންނަށް ފޮރުވުމަށް މަސައްކަތް ކުރި ކަމަށާއި، އެއީ އިންތިޚާބަށް ކޮށްފާނެ އަސަރެއްގެ ސަބަބުން ކުރި ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ބައިޑަންގެ ގާތް ބޭފުޅުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

ބައިޑަންގެ ގާތް ފަރާތްތަކުން ބުނެފައި ވަނީ އޭރު ބައިޑަން އަށް ކުރިމަތިވެފައި ވަނީ އުމުރުފުޅާ ގުޅިގެން އައި ބަދަލު ތަކެއް ކަމަށާއި، އިތުރު ޞިއްޙީ މައްސަލައެއް ބައިޑަންގެ ފާހަގަ ވާން ނެތް ކަމަަށެވެ. އޭގެ ފަހުން މިހާރު ބައިޑަން ގެންދަވަނީ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ. އެކަން ދެނެގަނެވިފައި ވަނީ ބައިޑަންގެ ރިޔާސީ ދައުރު ނިމުނު ފަހުން، މިއަހަރުގެ ތެރޭގަ އެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް