Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއާމަލާތް ކުރުމުގެ އަހްލާގު

ސުލްހަ މަސަލަސްކަން މަތީ ދިރިއުޅެން ނޭނގޭ މީހަކީ ހެވާއި ލާބައިން މަހްރޫމްވެފައިވާ މީހެއް: ޚުތުބާ

ވިސްނުންތެރިކަމާއި އިންސާފުވެރިކަމާއެކު މުއާމަލާތް ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2023 | ހުކުރު 08:09
މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ

މިސްކިތުގައި ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ

މީސްތަކުންގެ ލޯބިން މަހްރޫމްވެ، ސުލްހަ މަސަލަސްކަން މަތީ ދިރިއުޅެން ނޭނގޭ މީހަކީ ހެވާއި ލާބައިން މަހްރޫމްވެފައިވާ މީހެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''މުއާމަލާތް ކުރުމުގެ އަހްލާގު'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މުސްލިމުންނަކީ ހިތްތިރި މުއާމަލާތް ކުރުން ރިވެތި މީސްތަކުންނަށް އެމީހުންގެ ކަންތައްތައް ލުއިކޮށްދޭ ސާދާ ބައެއް ކަމަށެވެ. އެމީހުންނަކީ މީސްތަކުންނާ ގުޅިގެން އުޅޭ ބައެއް ކަމަށާއި، މީސްތަކުން ދެކެ ލޯބިވާ އަދި މީސްތަކުން އެބަޔަކުދެކެ ލޯބިވާ ބައެއް ކަމަށެވެ. އަދި މިސިފަތަކުގެ ވެރި މުއުމިނުންނަށް މާތްﷲ ނަރަކަ ހަރާމް ކުރައްވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މީސްތަކުންގެ ލޯބިން މަހްރޫމްވެފައިވާ މީހަކީ އަދި މީސްތަކުންނާއެކު ސުލްހަ މަސަލަސްކަން މަތީގައި ދިރިއުޅެން ނޭނގޭ މީހަކީ ހެވާއި ލާބައިން މަހްރޫމްވެފައިވާ މީހެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މީސްތަކުންނާއެކު ސުލްހަވެރި އަމާން ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާ މީސްތަކުންނަށް ހެޔޮ ފޯރުވާން ޖެހޭނެ ކަމަށާއި، އެމީހުންގެ ފުށުން ފެންނަ އިހުމާލުތަކަށް ކެތްތެރިވެ، އެމީހުންގެ އައިބުތައް ވަންހަނާކޮށް، އެމީހުންގެ ކުށް ހޯދައި އެމީހުން ބޭޒާރުކޮށްގެން ނުވާނެ ކަމަށެވެ. ޚުތުބާގައި ބުނީ އެމީހުންނަށް ފުރައްސާރަކޮށް މަލާމާތް ކޮށްގެން ނުވާނެ ކަމަށާއި، އެމީހުންގެ އަބުރަށް އަރައިގަނެގެން ނުވާނެ ކަމަށެވެ. އަދި މުއުމިނުންނަކީ ބަސްމަގު ރިވެތި ހިތްސާފު މީހުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުސްލިމުން ވިސްނުންތެރިކަމާއި އިންސާފުވެރިކަމާއެކު މުއާމަލާތް ކުރަންޖެހޭ ކަމަށާއި، މީސްތަކުންނާއި މުއާމަލާތު ކުރުމުގައި ހިތްހަރުކަމާއި ހަރުކަށިކަމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.

އިސްލާމްދީނަކީ ބިނާކުރުމުގެ ދީންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެދީން ގޮވައިލަނީ އިންސާނާ ބިނާ ކުރުމަށް ކަމަށާއި، ވަތަން ބިނާ ކުރުމަށް ކަމަށެވެ. ތަޅައިފޮޅުމާއި، އަރާރުންވުމާއި އެކަކު އަނެކަކަށް ފުރަގަސް ދިނުން އިސްލާމް ދީން މަނާކުރެއްވި ކަމަށެވެ. އެއްވެސް ގައުމަކަށް ކުރިއަށް ދެވޭނީ އެގައުމުގެ ރައްޔިތުންގެ ސަފުތައް އެކަތިގަނޑަކަށް ވެގެން ކަމަށާއި، ތަރައްގީއާއި ތަހުޒީބުގެ މައިދާނުގައި ކުރިއެރުން ހޯދޭނީ ރައްޔިތުންގެ މެދުގައި ގުޅުންތައް ހަރުދަނާ ކޮށްގެންް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އެހެން މީހުންނާއި މުއާމަލާތު ކުރާއިރު، އެމީހުންގެ ރައުޔަށާއި، ޚިޔާލަށް އިޙުތިރާމް ކުރަންޖެހޭ ކަމަށާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ މިންގަނޑުގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށެވެ. އޮފީހެއްގެ ވެރިއެއް ކަމުގައި ވިޔަސް، މުއައްސަސާއެއްގެ ވެރިއެއް ކަމުގައި ވިޔަސް މެނޭޖަރަކަށް ވިޔަސް، އޭނާގެ ދަށުގައި މަސައްކަތް ކުރާ މީހުންގެ ޚިޔާލަށާއި، ރައުޔަށް އިޙުތިރާމު ކުރާންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ތަނެއް ކުރިއަރާނީ އެތަނެއްގެ އެންމެންގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ބޭންކުތަކުގެ ވެރީންނަށާއި، މުއްސަނދީންނަށް މާތްﷲ އަންގަވަނީ ރިބާގެ އުސޫލުތަކާއި ދުރުހެލިވެ ދަރަނި ދިނުމުގައްޔާއި ދަރަނި އަދާކުރުމުގައި ލުއި ފަސޭހަކޮށް މުއާމަލާތު ކުރުމަށް ކަމަށެވެ. މީހުންލައްވާ މަސައްކަތް ކުރުވާ މީހުން ވެސް އެމީހުންނާމެދު މުއާމަލާތު ކުރާންޖެހޭނީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ކަމަށާއި، މަސައްކަތުގެ ވެރިފަރާތުން މަސައްކަތު މީހާގެ ހައްގުތައް ނުހިފެހެއްޓުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އިސްލާމް ދީން ބިނާވެފައިވަނީ މުއާމަލާތުގެ ރިވެތިކަމުގެ މައްޗަށް ކަމަށާއި، އަޅުކަންތައް އަދާކުރުމުގެ އިތުރަށް ދޭދޭ އަފްރާދުންގެ މެދުގައި ކުރެވޭ މުއާމަލާތު ރަނގަޅުނުކޮށް އާހިރަތް ބާއްޖަވެރިއެއްނުވާނެ ކަމަށެވެ. ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ މުއާމަލާތުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ސީދާކުރެވޭ މުއާމާތުތައް އެކަނި ނޫން ކަމަށާއި، ނުސީދާކޮށް އެކިއެކި މީޑިއާތަކުގެ ފަތުރާ ވާހަކަތައް ވެސް ހިމެނެނީ މުއާމަލާތުގެ ތެރޭގައި ކަމަށާއި، ހޮޅުއަށިތަކާއި މައިޒާންތަކުގެ ދައްކާ ވާހަކަވެސް ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން މުއާމަލާތު ކުރުމުގައި އަޚުލާގީ މިންގަނޑުތަކަށް އިސްލާމް ދީނުގައިވާ ގޮތަށް ތަބާވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ހުކުރު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު