Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާނޫނު ތަންފީޒުކުރުމަށް ހުރަސްއެޅުން

ޤާނޫނު ތަންފީޒުކުރުމަށް ހުރަސްއެޅުމުން ޝާބިލްގެ މައްޗަށް ކުރި ޙުކުމް، 21600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްދީފި

ޝާބިލްގެ ފޯނު ހުޅުވޭނެ ލޮކް ކޯޑް ޖަހާ ފޯނު ހުޅުވާ ދީފައި ނުވާކަން ސާބިތުކުރުމަށް ވަނީ ހުށަހަޅާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2023 | ހުކުރު 03:10
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ޤާނޫނު ތަންފީޒުކުރުމަށް ހުރަސްއެޅި މީހެއްގެ ޖަލުހުކުމް 21600 ރުފިޔާގެ ޖޫރިމަނާ އަށް ބަދަލުކޮށްދީފިއެވެ.

ބުދަ ދުވަހު ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށް ސާބިތުވެ 21600 ރުފިޔާ އިން ޖޫރިމަނާކޮށްފައިވަނީ ކ.މާލެ، ގ. ކެރަފާާގެ މުޙައްމަދު ޝާބިލް އިސްމާޢީލެވެ.

Advertisement - newsAdvertisement

މި މައްސަލަ އަކީ 20 މެއި 2018ގައި 13:30 އެހާކަށް ހާއިރު، ޝާބިލްގެ މައްޗަށް ތުހުމަތު ކުރާ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭގައިވާ މައުލޫމާތު ސާފުކުރުމުގެ ބޭނުމަށް، ފޯނުގެ ލޮކް ކޯޑް ޖަހާ ފޯނު ހުޅުވާދިނުމަށް އެދުމުން، ފޯނު ހުޅުވޭނެ ލޮކް ކޯޑް ޖަހާ ފޯނު ހުޅުވާ ދީފައި ނުވާކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ އަށް ޝާބިލް އިންކާރު ކުރި ނަމަވެސް އޭނާގެ ފަރާތުން ދިފާއީ ހެތްކެއް ހުށަހަޅާފައެއް ނުވެއެވެ.

ޝާބިލްގެ ފޯނުގައިވާ މައުލޫމާތު ހޯދަން މަސައްކަތް ކުރީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ހިނގާފައިވާ ފޭރުމުގެ މައްސަލައެއްގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވިގެންނެވެ. އެ މައްސަލަ ދައުލަތުން ހުށަހެޅި ހެތްކާއި ގަރީނާގެ މައްޗަށް ބަލާއިރު ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް މައްސަލައިގެ ޙުކުމްގައި ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން އެ ކުށުގެ އުޤޫބާތެއްގެ ގޮތުން ޝާބިލް އިސްމާއީލް 3 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ.

އޭނާ ވަނީ އަދަބު ވީހާވެސް ލުއިކޮށްދިނުމަށް ޝަރީއަތުގައި އެދިފައެވެ. މި މައްސަލަ އަކީ ޖިނާއީ ބޮޑު ކުށަކަށް ދައުވާ ކުރާ މައްސަލައަކަށް ނުވާތީ އާއި މިފަދަ ކުށްތަކުގައި ޖަލަށް ލުމުގެ އަދަބު ކަނޑައެޅުމުން ދައުލަތުގެ މައްޗަށް އޮންނަ މާލީ އަދި އިދާރީ ބުރައަށާއި ކުށުގެ ވެށިން ދުރުވުމަށް ބާރު އެޅޭ މިންވަރަށް ރިއާޔަތްކުރާއިރު ޖަލު އަދަބު ކަނޑައެޅުމަށް ވުރެ އެހެން އަދަބެއް ކަނޑައެޅުމުގެ މަސްލަހަތު ބޮޑު ކަމަށް މައްސަލަ ބެއްލެވި ގާޒީ ވަނީ ވިދާޅުވެފައެވެ.

އަދަބު ކަނޑައެޅުމުގައި ކުށްވެރިޔާގެ މައްޗަށް ޖަލަށް ލުމަށް ކަނޑައެޅޭ އަދަބު ފިޔަވައި އެހެން ބާވަތެއްގެ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. މި މައްސަލަ ބައްލަވާފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބެވެ. އެހެންކަމުން ފަނޑިޔާރަށް ލިބޭ އިޚްތިޔާރުގެ ދަށުން ޝާބިލްގެ މައްޗަށް ކަނޑައެޅި 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމް ޖޫރިމަނާގެ އަދަބަކަށް ވަނީ ބަދަލުކޮށްދީފައެވެ. އެފަދައިން ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކުރުމުން 21600 ރުފިޔާގެ ޖޫރިމަނާ އެއް ކުރުމަށް ވަނީ ކަނޑައަޅާފައެވެ. އެ ފައިސާ 25 އޮކްޓޯބަރު އިން ފެށިގެން 4 މަސްދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށް ވެސް ވަނީ ޙުކުމްކޮށްފައެވެ.

ގ. ކެރަފާގެ މުހައްމަދު ޝާބިލް އިސްމާއީލް އަކީ ކުރީގެ ހޯމް މިިނިސްޓަރު އުމަރު ނަސީރުގެ ވަޒީރުކަމުގައި ގޭންގުތަކުގައި ހަރަކާތްތެރިވާތީ މޮނިކޮން އަމުރު ހައިކޯޓުން ނެރެދީފައިވާ މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ. 

ކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު