Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެސްއޯއީ ކޮމެޓީ

މައުލޫމާތު ހާމަނުކުރާތީ، އެސްޓީއޯގެ ވެރިން، އެސްއޯއީ ކޮމެޓީއަށް ހާޒިރުކުރަނީ

ކޮމިޓީން ޖަވާބު ހޯދުމަށް ހަތަރު ސިޓީއެއް އެސްޓީއޯއަށް ފޮނުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2023 | ބުދަ 11:17
އެސްޓީއޯގެ އެމްޑީ، އަބްދުﷲ ސައީދު

އެސްޓީއޯގެ އެމްޑީ، އަބްދުﷲ ސައީދު

ސައުކާރުގެ މައި ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ލިޔުމުން ހޯދަން އެދުނު މައުލޫމާތުތަކެއް ހާމަނުކުރާތީ، އެ ކުންފުނީގެ ވެރިން، އެ ކޮމެޓީއަށް ހާޒިރު ކުރުމަށް އެ ކޮމިޓީން ފާސްކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ކޮމިޓީގެ އެޖެންޑާކުރެވި މަޝްވަރާކުރެވުނީ އެސްޓީއޯއިން ހޯދަން ބޭނުންވި މައުލޫމާތުތަކެއް ހޯދުމަށް އެދި ފޮނުވި ހަތަރު ސިޓީއަށް، އެ ކުންފުނީގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައިނުވާ މައްސަލައެވެ. އެއީ ކޮން މައުލޫމާތުތަކެއް ކަމެއް އެ ކޮމިޓީން ބަޔާންކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ސަބަބުން، ޖަވާބުދާރީވުމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދުގެ އިތުރުން، އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް އަބްދުލް ވާހިދު މޫސާ، އަދި މެޑިކަލްގެ އިސްވެރިން އެ ކޮމެޓީއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

އެސްއޯއީ ކޮމިޓީގެ މެންޑޭޓްތަކުގެ ތެރޭގައި؛ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރީގެ ތަންތަން މެނޭޖްކުރަނީ ކޯޕަރޭޓް ގަވަރނަންސް މެކޭނިޒަމްގެ ތެރެއިން ހަރުދަނާ ވިޔަފާރީގެ އުސޫލުތައް ބޭނުންކޮށްގެންތޯ ބެލުމާއި، އެފަދަ ކުންފުނިތަކުގެ ބޯޑުގެ މަސްއޫލިއްޔަތުތަކާއި މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެވިފައިވޭތޯ ބެލުމެވެ.

އަދި ބޯޑަށް ގޮންޖެހުންތަކެއް ހުރިތޯއާއި، ކުންފުންޏާ ގުޅުންހުރި މުއާމަލާތްތައް ކުރިއަށްގެންދަނީ ކުންފުނީގެ ހިންގާ ގަވާއިދާއި، އަސާސީ ގަވާއިދާއި، އަދި ބޯޑުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބަލައި ޔަގީން ކުރުމަކީވެސް އެ ކޮމިޓީގެ ޒިންމާއެކެވެ.

އެސްޓީއޯސަރުކާރު ހިއްސާވާ ކުންފުނިތައްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

15 އޮކްޓޯބަރު 2025
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

10 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު