Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފަލަސްތީނު އިސްރާއީލް ހަނގުރާމަ

ޣައްޒާގެ މަސްރަހުން: ގައުމީ ލޯތްބާއި ދަރުމައަށް މަސައްކަތްކުރުމުގެ ހިތްގައިމު މަންޒަރުތަކެއް

25 އޮކްޓޯބަރު 2023 | ބުދަ 10:40

މި ވަގުތަކީ ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހުގެ އިތުރުން ތެލުގެ ސަޕްލައިވެސް ޣައްޒާއިން ހުސްވަމުންދާ ވަގުތު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 25 އޮކްޓޯބަރު 2023 | ބުދަ 10:40
އިޒްރޭލުން ދިން އިންޒާރާއެކު، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތައް ދޫކޮށް، ދެކުނުގެ ވަގުތީ ހިޔާތަކަށް ބަދަލުވެފައި

އިޒްރޭލުން ދިން އިންޒާރާއެކު، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތައް ދޫކޮށް، ދެކުނުގެ ވަގުތީ ހިޔާތަކަށް ބަދަލުވެފައި

އިޒްރޭލުގެ ޔަހޫދީން ދެމުންދާ އުދުވާނީ ހަމަލާތަކުގައި މުޅި ޣައްޒާ ސުންނާފަތި ކުރަމުންދާތާ 2 ހަފުތާއަށްވުރެ ގިނަ ދުވަސް ފާއިތުވެ ގޮސްފައިވާއިރު، ޣައްޒާގެ މަސްރަހުން ފެނިގެންދާ އިންސާނިއްޔަތުކަމާއި ދަރުމަވެރިކަމުގެ ލާމަސީލު ނަމޫނާއަށް މުޅި ދުނިޔޭގެ ތަރުހީބު ހައްގު ނުވާނެ އެއްގޮތެއްވެސް ނެތެވެ. އިންސާނީ ކަރާމާތާއި އިންސާނިއްޔަތުކަމަކީ ކޮބައިކަން ދެނެގަންނަން ބޭނުންނުވާ ޔަހޫދީން ދެމުންދާ އުދުވާނީ ހަމަލާތަކާއެކު، 2.3 މިލިއަން މީހުންގެ އާބާދީ އޮތް ޣައްޒާގައި ހަމަޖެހިލައިގެން ދިރިއުޅޭ ހަމަ އެކަކުވެސް ނެތެވެ.

ބިރުވެރިކަމާއި ނަމާންކަމުގެ ޖަލެއްގައި ގައިދުވެފައިވާ ހާލުގައިވެސް، ޣައްޒާގެ ރަށްވެހިން ދަނީ، އެކަކު އަނެކަކަށް އެހީތެރިވުމުގައި މުޅި ދުނިޔެއަށް މިސާލު ދައްކައިދެމުންނެވެ. މި ވަގުތަށް އޮތް އެންމެ ރައްކާތެރި މަންޒިލް ކަމަށް ދެކިގެން، އެތައް ބަޔަކު ވަނީ އދ.ން ހިންގާ ސްކޫލު އިމާރާތްތަކަށް އެމީހުންގެ ދިރިއުޅުން ބަދަލު ކޮށްފައެވެ. ލައިގެންހުރި އަންނައުނު ފިޔަވާ އިތުރު އެއްވެސް އެއްޗެއް އެމީހުންގެ އަތުގައި ނެތް ހާލުގައި ދިރިއުޅެމުންދާ އެތައް ލައްކަ ބަޔަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ ކުރީ ސަފުގައިވެސް ހަރަކާތްތެރިވަނީ ހަމަ އެފަދަ ގޮތަކަށް ހާލުގައި ޖެހިފައި ތިބި މީހުންނެވެ.

މި މިވަގުތަކީ ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހުގެ އިތުރުން ތެލުގެ ސަޕްލައިވެސް ޣައްޒާއިން ހުސްވަމުންދާ ވަގުތެކެވެ. ނަމަވެސް، ދަރުމަވެރިންގެ ދީލަތި ލޯގަނޑުތަކުން އެ މަންޒަރެއް ނުފެނެއެވެ. ލިބުނު އެއްޗަކުން ފުއްދާލައިގެން، ހިލޭ ސާބަހަށް ޚިދުމަތް ކުރަމުން އެދަނީ ހަމަ ތިބާފަދަ އަޚުންނާއި އުޚުތުންނަށްޓަކައެވެ.

އިޒްރޭލުން ދިން އިންޒާރާއެކު، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތައް ދޫކޮށް، ދެކުނުގެ ވަގުތީ ހިޔާތަކަށް ބަދަލުވެފައެވެ. އެއީ ސަލާމަތާއި ރައްކާތެރިކަމަށް އެދިގެން އެމީހުން ކުރި ކަމަކަށް ވީނަމަވެސް، ދެކުނަށް އަމާޒުކޮށްގެން އިޒްރޭލުން ދޭ ހަމަލާތައް ވަކި މަދެއްނުވެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފަށައިގެން އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު، އޮކްޓޯބަރު 24 ވަނަ ދުވަހަށް އަލިވިލުނުއިރު 5000ން މައްޗަށް ވަނީ އަރާފައެވެ. އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެއެވެ. މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، ވަގުތީ ހިޔާތަކުގައި ހިތްދަތިކަމާއި ނާމާންކަމުގެ ތެރޭގައި ދުވަސްތައް ގުނަން ޖެހިފައިވާއިރު، އޭގެ ތެރޭގައިވެސް ގިނައީ ކުށެއް ނެތް، މައުސޫމު ކުޑަކުދިންނެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
07 ޖޫން 2025

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް
16 މެއި 2025

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި
15 މެއި 2025

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
20 މާރިޗު 2025

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 
04 ފެބުރުއަރީ 2025

ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ

04 ފެބުރުއަރީ 2025
ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ
01 ފެބުރުއަރީ 2025

ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި

01 ފެބުރުއަރީ 2025
ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި
26 ޖެނުއަރީ 2025

ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"

26 ޖެނުއަރީ 2025
ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"
26 ޖެނުއަރީ 2025

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި

26 ޖެނުއަރީ 2025
ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި
25 ޖެނުއަރީ 2025

ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި

25 ޖެނުއަރީ 2025
ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް