Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޖެސޫސްގެ ރެއެއް، އާސެނަލް މޮޅު!

ސެވިއްޔާ އަތުން މޮޅުވީ 2-1 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 25 އޮކްޓޯބަރު 2023 | ބުދަ 02:11
މެޗަށްފަހު ޖެސޫސް އުފާ ފާޅުކުރަނީ؛ ފޮޓޯ-ރޮއިޓަރސް

މެޗަށްފަހު ޖެސޫސް އުފާ ފާޅުކުރަނީ؛ ފޮޓޯ-ރޮއިޓަރސް

ގެބްރިއެލް ޖެސޫސްގެ މޮޅު ކުޅުމާއެކު ޗެމްޕިއަންސް ލީގުގައި އާސެނަލްއިން ސެވިއްޔާ ބަލިކޮށްފިއެވެ.

ހަ އަހަރަށްފަހު ޗެމްޕިއަންސް ލީގު ޖާގަހޯދި އާސެނަލްއިން, ހަތް ފަހަރު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ސެވިއްޔާ ބަލިކުރީ 2-1 ނެވެ. މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އާސެނަލްއަށް ފުރަތަމަ ލަނޑު ޖަހާ ކުރިހޯދައިދިނީ ގަބްރިއެލް މާޓިނެލިއެވެ. އެކަމަކު އެ ލަނޑުގައި އެންމެބޮޑު ހިއްސާއެއްވީ ޖެސޫސްއެވެ. ޖެސޫސް ތަނަވަސްކޮށްދިން ފުރުސަތުން އޭނާގެ ފެންވަރު ސާބިތުކޮށްދިނެވެ. މެޗުގެ ދެވަނަ ހާފްގައި ރައިސް ތަނަވަސްކޮށްދިން ފުރުޞަތަކުން ދެވަނަ ލަނޑު ޖެހީވެސް ޖެސޫސްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ޖެސޫސް ވަނީ މިސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުގައިވެސް ލަނޑު ޖަހާފައެވެ. އެކަމަކު މެޗުގެ ދެވަނަ ހާފްގައި އަނިޔާވެ ޖެސޫސް ބަދަލުކުރަން ޖެހުމަކީ ކޯޗު އާޓެޓާއަށް އޮތް ބޮލުގައި ރިހުމެކެވެ. އާސެނަލް އިން ދެ ލަނޑު ޖެހިފަހުން ނެމަންޖާ ގުޑޭލްއެވެ. މިލަނޑާއެކު އާސެނަލްއަށް ޕެރަޝަރ ކުރިމަތިވި ނަމަވެސް ނަތީޖާ ހިފެހެއްޓިއެވެ.

މިމެޗުގެ ކުރިން ޗެމްޕިއަންސް ލީގުގައި އާސެނަލް ވަނީ 2-1 ން ލެންސް އަތުން ބަލިވެފައެވެ. އާސެނަލް އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނާގައެވެ. ދެވަނާގައި އޮތީ ފަސް ޕޮއިންޓާއެކު ލެންސް އެވެ. ސެވިއްޔާ އޮތީ ދެ ޕޮއިންޓާއެކުއެވެ.

ޗެމްޕިއަންސް ލީގުއާސެނަލްގަބްރިއެލް ޖީސޫސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު