Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލިޓަން މަރާލި މައްސަލަ

ލިޓަންގެ މަރުގެ މައްސަލަ: ހެކި ރައްކާތެރިކުރުމާ ގުޅޭގޮތުން ދެން އޮންނަ އަޑުއެހުމުގައި ގޮތެއް ނިންމާނެ

ދިފާއީ ވަކީލަށް ހުރިހާ ލިޔުމެއް ނުލިބޭތީ މައްސަލަ ކުރިއަކަށް ނުގެންދެވުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2023 | އަންގާރަ 13:05
މުހައްމަދު ލިޓަންގެ މަރާލިކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު

މުހައްމަދު ލިޓަންގެ މަރާލިކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު

ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކި، ރައްކާތެރިކުރުމާ ގުޅޭގޮތުން ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެކަމަށް މި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި އަންގާރަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމަކީ މި މައްސަލައިގެ އިބްތިދާއީ މަރުހަލާގެ އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ގާޒީ ވިދާޅުވީ މި މައްސަލާގައި އެންމެ ބޮޑު ދަތިކަމަކަށް ދިމާވެފައިވަނީ ދިފާއީ ވަކީލަކު ދައުލަތުން ފޯރުކޮށްދިނުމުގައި ދިމާވެފައި އޮތް ދަތިކަން ކަމަށެވެ. އަދި ވަކީލަކު ދާދިފަހުން ހަމަޖެހިފައި ވާކަމަށާއި، މި މައްސަލައިގެ ލިޔެކިޔުންތައް ހަމަޖެހިފައިވާކަން، ދިފާއީ ވަކީލަކު ހަމަޖެހިފައި ނެތުމުން ކަށަވަރު ނުކުރެވި އޮތްކަމަށްވެސް ގާޒީ ވިދާޅުވިއެވެ. މި މައްސަލާގައި ދިފާއަށް ވަކީލެއް ހަމަޖެހިފައިވަނީ 19 އޮކްޓޯބަރުގައެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދިފާއީ ވަކީލަށް ލިޔުންތައް ލިބިފައިވޭތޯ ސުވާލުކުރެއްވުމުން ދިފާއީ ވަކީލު ވިދާޅުވީ، މައްސަލައިގެ އަޑުއެހުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މައްސަލައާ ގުޅޭ ދެ ލިޔުމެއް ކޯޓުން އަންގާރަ ދުވަހު ލިބިފައިވާ ކަމަށެވެ. އެއީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ހުށަހަޅާ ފޯމަކާއި، ދައުވާ ލިބޭ ފަރާތަށް ފޮނުވޭ ބައެއް ލިޔުންތަކުގެ ތެރޭގައި ހިމެނޭ ސީން އޮފް ކްރައިމް އޮފިސަރުގެ ރިޕޯޓު ކަމަށެވެ.

ދިފާއީ ވަކީލު ވިދާޅުވީ ލިޔުންތަކާއި ގުޅިގެން އެޓަރނީ ޖެނަރަލްގެ އޮފީހަށްވެސް ގުޅުއްވި ކަމަށާއި އެހެންނަމަވެސް ލިޔުންތަކެއް އޭޖީ އޮފީހަށްވެސް ލިބިފައި ނުވާކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ ލިޔުންތައް ހޯދުމަށް އެދިވަޑައިގަންނަވާނެ ކަމަށް އޭޖީ އޮފީހުން ބުނެފައިވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ދިފާއީ ވަކީލު ވިދާޅުވީ، އޭނާ ވަކީލެއްގެ ގޮތުގައި ހަމަޖެއްސިކަމުގެ ލިޔުން ލިބިވަޑައިގަތީ 19 އޮކްޓޯބަރުގައި ކަމަށާއި، ޝަރީއަތް ޝެޑިއުލްކުރަން ކްރިމިނަލް ކޯޓުން ގުޅިކަމަށެވެ. އަދި މައްސަލަ އަވަހަށް ކުރިއަށް ގެންދިއުމާމެދު އިއުތިރާޒެއް ނުކުރައްވާ ކަމަށް ވިދާޅުވި ކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނެފައިވަނީ، މައްސަލައާގުޅޭ ލިޔެކިޔުން ހޯދަން އޭޖީ އޮފީހުން މިހާތަނަށް ރިކުއެސްޓެއް އައިސްފައި ނުވާކަމަށާއި، މައްސަލައާ ގުޅޭގޮތުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ އިތުރުން، ދެ ފަހަރެއްގެ މަތިން އައު ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މައްސަލާގައި މަދުވާ ލިޔެކިޔުންތަކެއް ވޭތޯ ބަލާ ލިޔެކިޔުންތައް އޭޖީ އޮފީސް މެދުވެރިކޮށް ލިޔެކިޔުންތައް ނެންގެވުމަށްފަހު، އެއިން މަދުވާ ލިޔުމެއް ނުވަތަ ސާފުނުވާ ލިޔުމެއް އޮތްނަމަ ލިޔެކިޔުންތައް ހަމަކުރުމަށް ދެފަރާތުގެ ވަކީލުން އިދާރީ ބައްދަލުވުމެއް ބޭއްވުމަށް ކޯޓަށް ހާޒިރުވެގެން އެކަން ކުރުމަށެވެ.

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހާ 5 ވަނަ ދުވަހާ ދެމެދުގައި ބައްދަލުވުން ބޭއްވުން ރަނގަޅުތޯ ގާޒީ ވަނީ އައްސަވާފައެވެ.

ދިފާއީ ވަކީލު ވިދާޅުވީ އޭޖީން މައުލޫމާތު ދިންގޮތުގައި ތަހުގީގު މަރުހަލާގައި އޮތްއިރު ވަކީލަކު ހޯދުމަށް ޝަރީއަތުން ރިކުއެސްޓްކޮށްފައިވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި މައްސަލައިގެ ދައުވާ ހުށަހެޅިކަމެއް އޭޖީއަށް އެނގިފައި ނުވާކަމަށެވެ.

އަދި ގާޒީ ވިދާޅުވި މުއްދަތުގައި ބައްދަލުވުން ބޭއްވުމަށް ދެފަރާތުންވެސް އިއުތިރާޒެއް ނެތްކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެ މުއްދަތު އަންނަންވާއިރަށް އޭޖީ އޮފީސް މެދުވެރިކޮށް ލިޔުންތައް ލިބިފައި ހުންނަންވާނެކަމަށް ގަބޫލުކުރައްވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

ގާޒީ ވަނީ އަންގާރަ ދުވަހުގެ އަޑުއެހުމުގައި، ހެކި ރައްކާތެރިކުރުމަށް އެދި ހުށަހަޅާ ފޯމާ ގުޅޭގޮތުން ދެފަރާތުގެ އިއުތިރާޒެއް ނެތްނަމަ ގޮތެއް ނިންމެވުމަށެވެ.

ނަމަވެސް ދިފާއީ ވަކީލު ވިދާޅުވީ ކުޑަކުޑަ ވަގުތުކޮޅަކަށް ވެފައި އޮއްވާ ލިޔުންތައް ލިބުމުން، އެހެން ދުވަހަކުން އަމުރާމެދު ގޮތެއް ނިންމަވައިދެއްވުމަށެވެ.

ގާޒީ ވިދާޅުވީ ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހެޅި ފޯމާ ގުޅޭގޮތުން ވާހަކަދެއްކުމާއި ގޮތެއް ނިންމުމުގެ އަޑުއެހުމެއް ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި ލިޔެކިޔުންތަކުގެ ބައިތައް ނިންމާލެވުމުން އިބްތިދާއީ އަޑުއެހުމުގެ ބައި ފަސޭހަކަމާއެކު ނިންމާލެވޭނެކަމަށް ގާޒީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓްބަންޑާރަނައިބުގެ އޮފީސްލިޓަންގެ މަރުގެ މައްސަލަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު