Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓު

އިމާރާތުގެ ދަތިކަމުގެ ސަބަބުން ތާވަލު ކުރާ އަޑުއެހުންތައް 50 އިންސައްތައަށްވުރެ ބޮޑަށް ވަނީ ދަށްވެފައި: ކްރިމިނަލް ކޯޓު

ކްރިިމިނަލް ކޯޓުގައި މިހާރު ބޭނުން ކުރަމުން އަންނަނީ ޝަރީއަތް ކުރާ ފަސް މާލަން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 24 އޮކްޓޯބަރު 2023 | އަންގާރަ 02:13
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

އިމާރާތުގެ ދަތިކަމުގެ ސަބަބުން ތާވަލު ކުރާ އަޑުއެހުންތަކުގެ އަދަދު 50 އިންސައްތައަށްވުރެ ބޮޑަށް ދަށްވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ 70 އިންސައްތައަށް ވުރެ ގިނަ މައްސަލަ ހުށަހަޅާ ކޯޓު ކަމަށެވެ. އަދި އެ ކޯޓުގައި މިވަގުތު 11 ގާޒީން ތިއްބެވިއިރު ކޯޓުގެ އިމާރާތުގެ އެއްބައި ބޭނުން ކުރުން ހުއްޓާލުމަށް ޖޭއެސްސީން އެންގުމާ ގުޅިގެން ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

ކްރިިނަލް ކޯޓުގައި މިހާރު ބޭނުން ކުރަމުން އަންނަނީ ޝަރީއަތް ކުރާ ފަސް މާލަމެވެ. މި ފަސް މާލަމުގެ ތެރެއިން އެއް މާލަން ކޮންމެ ދުވަހަކުވެސް ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކަށް ހާއްސަ ކުރެވޭ ކަމަށާއި ބާކީ ހުރި ހަތަރު މާލަން، ގާޒީންގެ މެދުގައި ހަމަހަމަކޮށް ބަހާލައިގެން އަޑުއެހުންތައް ޝެޑިއުލް ކުރާ ކަަމަށް ވެސް އެ ކޯޓުން ބުންޏެވެ.

އިމާރާތުގެ ދަތިކަމުގެ ސަބަބުން އަޑުއެހުންތަކުގެ އަދަދު 50 އިންސައްތައަށްވުރެ ބޮޑަށް ދަށްވެފައިވާކަން ފާހަގަކޮށް ކްރިމިނަލް ކޯޓުން ބުނީ މުވައްޒަފުންނާއި ގާޒީން މަސައްކަތް ކުރުމަށް ރައްކާތެރި މާހައުލެއް ނެތް ކަމަށެވެ. މި ކަމުގެ ސަބަބުން ޝަރީއަތްތަކަށް ބުރޫއެރިނަމަވެސް ބަންދާމެދު ގޮތެއް ނިންމުމާއި އެހެން ކޯޓު އަމުރުތައް ނެރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްގެންދާކަން ވެސް ކޯޓުން ފާހަގަކުރިއެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުގެ އައު އިމާރާތުގެ ކަންކަން ޑީޖޭއޭގެ ބެލުމުގެ ދަށުން ކުރިއަށްގެންދާއިރު އެތަނަށް ބަދަލުވެވޭނެ ތާރީހެއް އަދިވެސް ނޭނގޭ ކަމަށް އެ ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓް ހިންގަމުންދާ އިމާރާތަކީ ބޭނުންކުރުމަށް އެއްވެސް މިންވަރަކަށް ރައްކާތެރި ތަނެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދީފައިވާތީ ކްރިމިނިލް ކޯޓު ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު