Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

އިއްބެ ދެވަނަ ޑިވިޝަން ކުޅެން މަސްއޮޑިއަށް!

22 އޮކްޓޯބަރު 2023 | އާދީއްތަ 01:55

މަސްއޮޑި ޓީމްގެ ކޯޗަކީ އާތީ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 22 އޮކްޓޯބަރު 2023 | އާދީއްތަ 01:55
އިއްބެ މަސްއޮޑި ސކ އަށް ސޮއިކުރުމަށްފަހު: ފޮޓޯ-މަސްއޮޑި ސކ

އިއްބެ މަސްއޮޑި ސކ އަށް ސޮއިކުރުމަށްފަހު: ފޮޓޯ-މަސްއޮޑި ސކ

މިސީޒަންގައި ކްލަބް ވެލެންސިޔާއަށް ކުޅެން ސޮއިކުރި ނަމަވެސް, ކްލަބް އޮތް ހާލަތުން ކުޅުމުގެ ފުރުޞަތު ގެއްލުނު މިޑްފީލްޑަރ އިބްރާހީމް ވަހީދު (އިއްބެ) ދެވަނަ ޑިވިޝަންގައި މަސްއޮޑި ސްޕޯރޓްސް ކްލަބަށް ކުޅެން ސޮއިކޮށްފިއެވެ.

ޤައުމީ ޓީމްގެވެސް މިޑްފީލްޑަރަށް މިސީޒަންގައި ފުރަތަމަ ޑިވިޝަންގައި ކުޅުމުގެ ފުރުޞަތެއް ނުލިބުނެވެ. އެއީ ވެލެންސިޔާއަށް ސޮއިކުރި ނަމަވެސް ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އެކްލަބަށް ފީފާއިން ދީފައިވާ އަދަބުން ސަލާމަތްނުވެވުމުންނެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަތަކެއް ފީފާއަށް ހުށަހަޅާފައިވާތީ އެކަން ހައްލުކުރަން ދިން މުއްދަތުގައި ވެލެންސިޔާއަށް އެކަން ހައްލެއް ނުކުރެވުނެވެ. ޓީމަށް ކުޅެން ފުރުޞަތު ނުލިބުނަސް މިއަހަރުވެސް އިއްބެއަށް ގައުމީ ޓީމުން ފުރުޞަތު ދިނެވެ.

އިއްބެ ވެލެންސިޔާއަށް ބަދަލުވީ މާޒިޔާގައި ކާމިޔާބީތަކެއް ހޯދުމަށްފަހުއެވެ. އޭގެކުރިން އޭނާ ފާހަގަވީ ޓީސީ ސްޕޯރޓްސް ކްލަބުންނެވެ. އެކްލަބާއެކު ލީގު ހޯދިއެވެ. އެކަމަކު އެންމެ ފުރަތަމަ 2013 ވަނަ އަހަރު އޭނާ ކުޅެން އައީ ނިއުރޭޑިއަންޓަށެވެ. އިއްބެ އަކީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމްގެ މުހިއްމު ކުޅުންތެރިއެކެވެ. 2016 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ގައުމީ ޓީމަށް ކުޅެމުންނެވެ. އެކަމަކު ވަރލްޑް ކަޕް ކޮލިފައިންގައި އެންމެ ފަހުން ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެން ނެގި ޓީމްގެ ސްކޮޑްގައި ނުހިމެނެއެވެ.

ދެވަނަ ޑިވިޝަނަށް ހަތަރު ޓީމަކުން އަންނަނީ ރަނގަޅަށް ތައްޔާރުވަމުންނެވެ. އެއީ ރައްޖޭގެ އެންމެ ކާމިޔާބު ދެކްލަބް ނިއުރޭޑިއަންޓާއި, ވިކްޓްރީގެ އިތުރުން ލެގޫންސް ސްޕޯރޓްސް ކްލަބާއި މަސްއޮޑި ސްޕޯރޓްސް ކްލަބެވެ. މަސްއޮޑި ސްޕޯރޓްސް ކްލަބްގެ ކޯޗަކީ މުޙައްމަދު އާތިފް އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް