Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ

ނޭމާ: ފަސް އަހަރުތެރޭ 16 އަނިޔާ، ކުޅުނު ދުވަހަށްވުރެ ނުކުޅޭ ދުވަސް ގިނަ!

ދުވަހުން ބަލާނަމަ 640 ދުވަހު ނުވަތަ ގާތްގަނޑަކަށް ދެ އަހަރު ބޯޅައާ ނުކުޅެ ހުންނަން ޖެހުނު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 21 އޮކްޓޯބަރު 2023 | ހޮނިހިރު 09:33
އުރުގުއޭ މެޗުގައި އަނިޔާވުމުން ނޭމާ ދަނޑު މަތީގައި: ފޮޓޯ-ރޮއިޓަރސް

އުރުގުއޭ މެޗުގައި އަނިޔާވުމުން ނޭމާ ދަނޑު މަތީގައި: ފޮޓޯ-ރޮއިޓަރސް

ނޭމާ އިންޖަރީވެއްޖެ, ނޭމާގެ އަނިޔާ ސީރިއަސް, ނޭމާ ހަ މަހަށް ކުޅުމާ ދުރަށް، ނޭމާ ފިޓެއްނޫން، ނޭމާއަށް އަނެއްކާ ވެސް އަނިޔާވެއްޖެ, މިއީ ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ބްރެޒިލްގެ ތަރި ނޭމާ ސަންޓޯސްއާއި ބެހޭ ގޮތުން މީޑިއާތަކުން އެންމެ ގިނައިން ދެއްކި ވާހަކަ ތަކެވެ.

ތެދެކެވެ. އޭނާ އަށް އަނެއްކާ ވެސް މިވަނީ އަނިޔާވެފަ އެވެ. ކުރީގެ އަނިޔާތައް މުޅިން ފިލައިނުދަނީސް އަނެއްކާ ވެސް ބަލި އެނދަށް ދާން މަޖުބޫރުވީ ވޯލްޑްކަޕް ކޮލިފައިންގައި ގައުމީ ޓީމަށް ކުޅެނިކޮށެވެ.

އަވަސް އަވަހަށް ނޭމާއަށް ދިމާވާންފެށި އަނިޔާތައް ފެށުނީ ދުނިޔޭގެ ރެކޯޑް ފީއަކަށް ބާސެލޯނާ ދޫކޮށް، ފްރާންސްގެ ޕީއެސްޖީ އަށް ދިޔަ ހިސާބުންނެވެ. އޭގެފަހުން ނޭމާ އަށް ރަނގަޅަށް ހަމަނޭވާ ނުލެވެއޭ ބުނުމަކީ ދޮގަކަށްނުވާނެ އެވެ. ދަނޑުބޭރުގެ އަހުލާގީ މައްސަލަ ތަކާވެސްއެކު އަބަދުހެން އުޅެން ޖެހުނީ ކޮންމެވެސް ކަމަކަށް ފަރުވާކުރާށެވެ.  އޭނާގެ ކުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ދަށްވަމުންނެވެ. ސައުދީ އަރަބިއާގެ އަލް ހިލާލަށް މި ސީޒަން ފެށުމުގެ ކުރިން 98.6 މިލިއަން ޑޮލަރަށް އޭނާ ބަދަލުވީ ޕީއެސްޖީގެ މެނޭޖްމަންޓާއި ސަޕޯޓަރުން އޭނާ އެކުލަބު ދޫކޮށްލަން ޕްރެޝަރު ކުރުމުންނެވެ. ސައޫދީ އަށް ދާން މަޖުބޫރުވީ ޔޫރަޕުގައި އޭނާ ގެންދާނެ ކުލަބެއް ނެތުމުންނެވެ. ސަބަބަކަށްވީ ގާތްގާތުގައި އަނިޔާވުމާއި، އޭނާ އަށް ދޭންޖެހޭ މުސާރަ އާއި އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ އެވެ.

ތަފާސް ހިސާބަށް ބަލާއިރު 2018އިން ފެށިގެން ފާއިތުވެދިޔަ ހަތް ސީޒަނުގައި މިހާތަނަށް 16 ފަހަރު ނޭމާ އަށް އަނިޔާވެއްޖެ އެވެ. މިއީ ދުވަހުން ބަލާނަމަ 640 ދުވަސް ނުވަތަ ގާތްގަނޑަކަށް ދެ އަހަރު ބޯޅައާ ނުކުޅެ ހުންނަންޖެހުނު މުއްދަތެކެވެ.

· ފެބްރުއަރީ 2018: ކަނާތު ފައިތިލައަށް އަނޔާވެ 100 ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނު

· ޖެނުއަރީ 2019: ވާތު ކުޑަވާ އިނގިއްޔަށް އަނިޔާވެ 88 ދުވަހު ކުޅުމާ ދުރުގައި ހުރި.

· އޭޕްރީލް 2019: ކަނާތު ކަކުލަށް އަނިޔާވެ 90 ދުވަހު ނުކުޅެ ހުންނަންޖެހުނު

· 2019/20 ސީޒަން: ތަފާތު އަނިޔާތަކުގައި 45 ދުވަހު ނުކުޅެ ހުންނަންޖެހުނު.

މި ފަހަރުގެ އަނިޔާގެ ސަބަބުން 31 އަހަރުގެ ނޭމާ އަށް އެއްކޮށް ކުޅުމާ ދުރަށް ދާން ޖެހިދާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ. އެކަމަކު އިންސްޓަގްރާމުގައި ތިބި އޭނާގެ 215 މިލިއަން ފޮލޮވަރުން ދަނީ އަވަސް ޝިފާއަށް އެދެމުންނެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު